މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ
ދިވެހިރާއްޖެ
އެކްރެޑިޓޭޝަން/ އެޕްރޫވަލް އާ ޚިލާފަށް ކޯސްތައް ހިންގުމާ ގުޅޭ

"ދިވެހިރާއްޖޭގެ މަތީ ތަޢުލީމާއި ތަމްރީނުގެ ޤާނޫނު" (ޤާނޫނު ނަންބަރު: 7/2021) ގައި ވާ ގޮތުގެ މަތީން އެމް.ކިއު.އޭ އިން މި އަންނަނީ އެމް.ކިއު.އޭ ގެ މަސައްކަތްތަކާ ގުޅޭ އެކިއެކި އުޞޫލުތަކާއި ޤަވާއިދުތައް ހަދާ ތަންފީޒުކޮށް އެމް.ކިއު.އޭ ގެ މަސައްކަތްތައް ހަރުދަނާ ކުރަމުންނެވެ. އެގޮތުގެ މަތިން ޕްރޮގްރާމް އޮޑިޓް މަރުހަލާގައި މޮނިޓަރިންގ އިތުރަށް ހަރުދަނާކުރުމަށްޓަކައި ކަމާ ބެހޭ ޤަވާއިދުތައް ހަދާ ތަންފީޒުކުރަން ވަނީ ފައްޓާފައެވެ.

މަތީ ތަޢުލީމު ދޭ މަރުކަޒުތަކުން ކޯސް ހިންގާ ނިމުމުން އެމް.ކިއު.އޭ އަށް ހުށަހަޅާ ފައިނަލް ބެޗް އޮޑިޓްގެ ތެރެއިން މަތީ ތަޢުލީމު ދޭ ބައެއް މަރުކަޒުތަކުން އެމް.ކިއު.އޭ އިން އެޕްރޫވް ކޮށްދީފައިވާ ނުވަތަ އެކްރެޑިޓް ކޮށްދީފައިވާ ގޮތާ ޚިލާފަށް ކޯސްތައް ހިންގާފައިވާކަން ވަނީ ފާހަގަކުރެވިފައެވެ. މިގޮތުން އެމް.ކިއު.އޭ އިން އެޕްރޫވްކޮށްދީފައިވާ ނުވަތަ އެކްރެޑިޓް ކޮށްދީފައިވާ ކޯހުގެ މޮޑިއުލްތަކާ ތަފާތު މޮޑިއުލްތަކެއް ދަރިވަރުންނަށް ކިޔަވައިދީފައިވާ ޙާލަތްތައް ވެސް ފައިނަލް ބެޗް އޮޑިޓް ގެ މަރުޙަލާގައި ދަނީ ފާހަގަކުރެވެމުންނެވެ.

މިކަންތައްތައް ރަނގަޅުކުރުމަށް މި އޮތޯރިޓީން އެކި މަރުކަޒުތަކަށް މި ދަނީ އަންގަމުންނެވެ. މިހެންވެ މިކަން އެންމެހާ ފަރާތްތަކުގެ ސަމާލުކަމަށްޓަކައި ދެންނެވީމެވެ.

10 އޮގަސްޓް 2023
ހޯދާ