ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަން
ދިވެހިރާއްޖެ
ކެމްބްރިޖް އިންގްލިޝް އިމްތިޙާނު ބޭއްވުމަށްޓަކައި ކްލާސްރޫމް ހޯދުމަށް

ކެމްބްރިޖް އިންގްލިޝް އިމްތިޙާނު ބޭއްވުމަށްޓަކައި ކްލާސްރޫމް ހޯދުމަށް

 

  1. 2023 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 24 ވަނަ ދުވަހުން ފެށިގެން 2023 ވަނަ އަހަރުގެ ޑިސެންބަރު 03 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ ކެމްބްރިޖް އިންގްލިޝް އިމްތިޙާނު ބޭއްވުމަށްޓަކައި 13 ކްލާސްރޫމް ބޭނުންވެއެވެ.
  2. މި ޕްރޮޖެކްޓަށް ބީލަން ހުށަހެޅޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރި ގިންތިއެއްގައި ރަޖިސްޓްރީ ކޮށްފައިވާ ދިވެހި ވިޔަފާރިތަކަށެވެ.  މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ އިތުރު ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
  3. މި ޕްރޮޖެކްޓްގައި ރަޖިސްޓްރީ ކުރުމަށް، 2023 އޮގަސްޓު 09 ން 2023 އޮގަސްޓު 15 ވަނަ ދުވަހުގެ 12:00 އާއި ހަމައަށް "ބިޑް ރަޖިސްޓްރީ ފޯމު" (ލިންކު: https://forms.gle/E49yGysoS6CLZiiB8 ) މެދުވެރިކޮށް "ބިޑް ރަޖިސްޓްރީ ފޯމް" ފުރިހަމަކޮށް ރަޖިސްޓްރީ ކުރެއްވުމަށް ދެންނެވީމެވެ.
  4. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.
  5. މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2023 އޮގަސްޓު 09 ން 2023 އޮގަސްޓު 16 ވަނަ ދުވަހުގެ   12:00 ގެ ކުރިން މި އިޢުލާނުގެ 8 ވަނަ ނަންބަރުގައިވާ މެއިލް މެދުވެރިކޮށް ފޮނުއްވުންއެދެމެވެ.
  6. ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 2023 އޮގަސްޓު 17 ވާ ބުރާސްފަތި ދުވަހުގެ 10:00 ގައިމި ޑިޕާޓްމަންޓް ހިނގަމުންދާ ހ. އަސްރަފީވިލާ 3 ވަނަ ފަންގިފިލާގެ މީޓިންގ ރޫމްގައެވެ. 
  7. މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.
  8. މިޕްރޮޖެކްޓާގުޅޭ އިތުރު މަޢުލޫމާތު [email protected]  މެއިލު މެދުވެރިކޮށް އަދި، ލޮޖިސްޓިކްސް އެންޑް ޕްރޮކިއުމަންޓް ސެކްޝަންގެ ފޯން:  4003966 / 7533006 އިން ލިބިވަޑައިގަންނަވާނެއެވެ.

 

                             22 މުޙައްރަމް 1445

                              09 އޮގަސްޓު 2023

09 އޮގަސްޓް 2023
ހޯދާ