ކީރިތި ޤުރުއާނާބެހޭ މަރުކަޒު
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

އިޢުލާން

ކީރިތި ޤުރްއާނާބެހޭ މަރުކަޒުން ބ. ހިތާދޫ ގޮފީގައި ހިންގުމަށް ހަމަޖެހިފައިވާ ޤާރީކޯސްތަކުގައި ކިޔަވައިދިނުމަށް ރިސޯސް ޤުރްއާން މުދައްރިސަކު ބޭނުންވެއެވެ.

ބޭނުންވާ ޢަދަދު:   1

މުސާރަ:        ނަގައިދޭ  ކޮންމެ  ގަޑިއަކަށް -/200 ރުފިޔާ

ޝަރުޠު:       ޤުރްއާން މުދައްރިސް ޑިޕްލޮމާ ހަދާފައިވުން.

މުއްދަތު:       2 އަހަރު

ވީމާ، ޝަރުޠު ހަމަވާ ފަރާތްތަކުން 23 ފެބުރުވަރީ 2015 ވާ ހޯމަ ދުވަހުގެ އޮފީސް ބަންދުވުމުގެކުރިން ސިޓީއަކާއެކު ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ (އެކްރެޑިޓް ކުރެވިފައިވާ) ކޮޕީއާއި އައިޑީކާޑުގެ ކޮޕީ ޤުރްއާނާބެހޭ މަރުކަޒަށް ހުށަހެޅުއްވުން އެދެމެވެ. މުދައްރިސުން ހޮވުމުގައި ކޯސް ހިންގުމަށް ހަމަޖެހިފައިވާ ރަށުގައި ދިރިއުޅުއްވާ ކިޔަވައިދިނުމުގެ ތަޖުރިބާހުރި ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

22  ރަބީޢުލްއާޚިރު 1436

12 ފެބުރުވަރީ 2015
ހޯދާ