ކީރިތި ޤުރުއާނާބެހޭ މަރުކަޒު
ދިވެހިރާއްޖެ
ޤުރުއާން މުދައްރިސުން

ކީރިތި ޤުރްއާނާބެހޭ މަރްކަޒުން ގދ. ތިނަދޫ، ހއ. ހޯރަފުށި، ކ. ދިއްފުށި، ހދ. މަކުނުދޫ، ތ. ގުރައިދޫ ގައި ހިންގުމަށް ހަމަޖެހިފައިވާ ޤާރީކޯސްތަކުގައި ކިޔަވައިދިނުމަށް ރިސޯސް ޤުރްއާން މުދައްރިސުން ބޭނުންވެއެވެ.

ބޭނުންވާ ޢަދަދު:   5

މުސާރަ:       ނަގައިދޭ  ކޮންމެ  ގަޑިއަކަށް -/ 100 ރުފިޔާ

ޝަރުޠު:       ޤުރްއާން މުދައްރިސް ޑިޕްލޮމާ ހަދާފައިވުން.

މުއްދަތު:      2 އަހަރު

ވީމާ، ޝަރުޠު ހަމަވާ ފަރާތްތަކުން 23 ފެބުރުވަރީ 2015 ވާ ހޯމަ ދުވަހުގެ އޮފީސް ބަންދުވުމުގެކުރިން ސިޓީއަކާއެކު ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ (އެކްރެޑިޓް ކުރެވިފައިވާ) ކޮޕީއާއި އައިޑީކާޑުގެ ކޮޕީ ޤުރްއާނާބެހޭ މަރުކަޒަށް ހުށަހެޅުއްވުން އެދެމެވެ. މުދައްރިސުން ހޮވުމުގައި ކޯސް ހިންގުމަށް ހަމަޖެހިފައިވާ ރަށުގައި ދިރިއުޅުއްވާ ކިޔަވައިދިނުމުގެ ތަޖުރިބާ ހުރި ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

22  ރަބީޢުލްއާޚިރު 1436

12 ފެބުރުވަރީ 2015
ހޯދާ