މާމެންދޫ ސްކޫލް، ގއ.މާމެންދޫ
ދިވެހިރާއްޖެ
ސްކޫލުގެ ސެކިއުރިޓީ ބަލަހައްޓާނެ ފަރާތެއް ހޯދުން

`

 
   

މާމެންދޫ ސްކޫލް

  ގއ. މާމެންދޫ

     ދިވެހިރާއްޖެ                

                 

އިޢުލާން

ސެކިއުރިޓީ ބަލަހައްޓާނެ ފަރާތެއް ހޯދުން:

ވިޔަފާރީގެ އުސޫލުން މި ސްކޫލުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

މިކަމަށް އެދި އަންދާސީ ހިސާބު ހުށައެޅުއްވޭނީ ވިޔަފާރި ޤާނޫނު 2014/18 ގެ ދަށުން ރަޖިސްޓްރީވެފައިވާ ކުންފުނިތަކަށާއި އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު 2014/19 ގެ ދަށުން ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށެވެ.

ވީމާ މި ބީލަމުގައި ބައިވެރިވުމަށް ޝައުޤު ވެރިވެލައްވާ ފަރާތްތަކުން 09 އޮގަސްޓް 2023 އާއި 14 އޮގަސްޓް 2023 ގެ 10:00 ން 01:00 އާއި ދެމެދު މާމެންދޫ ސްކޫލާއި ގުޅުއްވައިގެން ނުވަތަ [email protected]  އީމެއިލް އަށް މަޢުލޫމާތު ފޮނުއްވައިގެން ނަންނޯޓު ކުރުމަށް ދަންނަވަމެވެ.

މިބީލަމާއި ގުޅޭގޮތުން މަޢުލޫމާތު ދިނުން އޮންނާނީ 15 އޮގަސްޓް 2023 ވާ އަންގާރަ ދުވަހުގެ މެންދުރު 1.00 ގައި މާމެންދޫ ސްކޫލުގައެވެ.

ބިޑް ހުށަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ  22 އޮގަސްޓް 2023 ވާ އަންގާރަ ދުވަހުގެ މެންދުރު 1.00 ގައި  މާމެންދޫ ސްކޫލުގައެވެ. ބީލަން ހުށަހަޅާ ފަރާތަކުން ބަދަލުގައި މީހަކު ފޮނުވާކަމުގައިވާނަމަ، ސިޓީއަކާ އެކެ ބަދަލުގައި އަންނަ ފަރާތުގެ އައިޑީކާޑް ކޮޕީ އެއް ހުށަހަޅަންވާނެއެވެ.

މި ޕްރޮޖެކްޓާ ގުޅޭ ބީލަން ފޮތާއި މަޢުލޫމާތު ކަރުދާސް މި އިޢުލާނާއެކު ހިމެނިފައިވާނެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ނަންނޯޓު ކުރުމަށް ދެންނެވިފައިވާ ތާރީޚުގެ ކުރިން ނަން ނޯޓު ކުރެއްވުން އެދެމެވެ. އަދި ބީލަން ހުށަހެޅުމަށް ކަނޑައެޅިފައިވާ ގަޑިއަށް ވަޑައިގެން ބީލަން ހުށަހެޅުއްވުން އެދެވެ. ބީލަމުގައި ނަންނޯޓް ނުކުރާ ފަރާތްތަކަށް ބީލަން ހުށައެއް ނޭޅޭނެއެވެ. ނަމަވެސް ނަންނޯޓް ކުރުމަށް ފަހު މައުލޫމާތު ސެޝަން އަށް ހާޒިރު ނުވެވުނަސް ބީލަން ހުށަހެޅޭނެއެވެ.

އިދާރާ

08 އޮގަސްޓް 2023
ހޯދާ