މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސްވެރިންގެ ހިޔާ ތަރައްޤީކުރުން

ޕްރޮޖެކްޓް ނަންބަރު PRO/308/2023/07

މަސްވެރިންގެ ހިޔާގައި ކުރަންހުރި ތިރީގައި ދަންނަވާފައިވާ މަސައްކަތްތައް އަމިއްލަތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

މަސައްކަތާއިގުޅޭ މަޢުލޫމާތުތައް

  1. މަސްވެރިންގެ ހިޔާގެ ފުރާޅުގެ އަސްކަނިތަކުގައި ދިޔަދޮވި އަޅުވައި ބިމާއި ހަމައަށް ހޮޅިއަޅާ ފެން ވައިރުކުރުން.
  2. ފާޚާނާގެ ފެންވައިރިންއެޅުން.
  3. ފާޚާނާގެ ތަޅުމާއި ބިތްތަކުގައި މުށި ޖަހައި ގުރައުޓްއެޅުން. (ތަޅުމުގައި ޖަހާނީ ތަޅުމަށް ޚާއްޞަ މުށްޓެވެ. ބިތްތަކުގައި ޖަހާނީ ބިތުގައި ޖެހުމަށް ޚާއްޞަ މުށްޓެވެ.)
  4. ފާޚަނާ ސީލިންގކުރުމާއި ސަރފޭސްމައުންޓް ސީލިންގ ލައިޓެއް ހަރުކުރުމާއި މަސްވެރިންގެ ހިޔާގެ ކަރަންޓް ނެޓްވޯކާއި ގުޅުމާއި ލައިޓް ދިއްލުން.
  5. ފާޚާނާ ސެޓް ހަރުކުރުން. (ފާޚާނާތަށި، މޫނުދޮންނަތަށި، އިސްކުރު، މުސްމިލް ޝަވަރ، މޫނުދޮންތަށީގެ އިސްކުރު ،މޫނުބަލާ ލޯގަނޑުހަރުކުރުން)

ރަޖިސްޓްރީކުރުން

2023 އޯގަސްޓް 15 ވާ އަންގާރަ ދުވަހުގެ 13:00ގެ ކުރިން ބިޑް ރަޖިސްޓްރީކުރަންވާނެއެވެ. ބިޑް ރަޖިސްޓްރީ ފޯމުގެ ލިންކް ތިރީގައި އެވަނީއެވެ.

މަސްވެރިންގެ ހިޔާ ތަރައްޤީކުރުން (google.com)ބިޑް ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކުގެ ބިޑް ބަލައިނުގަންނާނެ ވާހަކަ ދަންނަވަމެވެ.

މަޢުލޫމާތު ސާފުކުރުން

މި މަސައްކަތާއި ގުޅޭގޮތުން މަޢުލޫމާތު ސާފުކުރުމަށް އީ-މެއިލް ކުރައްވާނީ 2023 އޮގަސްޓް 15 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން ތިރީގައި ދަންނަވާފައިވާ އެޑްރެހަށެވެ. އީމެއިލްކުރައްވާއިރު ސަބްޖެކްޓްގައި އިޢުލާނު ނަންބަރާއި ބީލަމުގެ ނަން ލިޔަންވާނެއެވެ.

އީމެއިލް އެޑްރެސް:  [email protected]

ކޮޕީ: [email protected]

އަންދާސީ ހިސާބު ހުށަހެޅުމުގެ ސުންގަނޑި އާއި ހުށަހަޅާނެގޮތް

  • 2023 އޮގަސްޓް 16 ވާ ބުދަ ދުވަހުގެ 13:00 އަށް.
  • އަންދާސީ ހިސާބު ހުށަހަޅާނީ މިއިދާރާއަށް ވަޑައިގެންނެވެ.
  • އަންދާސީ  ހިސާބު ހުޅުވުން އޮންނާނީ އަންދާސީ ހިސާބު ހުށަހަޅާ ދުވަހު އަންދާސީ ހިސާބު ހުށަހަޅާ ގަޑީގައެވެ.

އަގު ހުށަހަޅަންވީ ގޮތް:

-  އަގު ހުށަހަޅަންވާނީ ދިވެހި ރުފިޔާއިންނެވެ.

-  އަންދާސީ ހިސާބު ހުށަހަޅަންވާނީ މިއިދާރާއިން ދޫކޮށްފައިވާ މިމަސައްކަތަށް އަންދާސީ ހިސާބު ހުށަހަޅާ ފޯމްގައެވެ.

-  އަންދާސީ ހިސާބު އިވެލުވޭޓް ކުރާއިރު ބެންޗްމާރކްގެ ގޮތުގައި ބަލާނީ ހުށަހަޅާފައި އޮންނަ އެންމެ ކުޑަ އަގެވެ.

-  އަންދާސީ ހިސާބު ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައިއެވެ.

-  ސިޓީއުރައިގައި ބަންދުކުރެވިފައިވާ ލިޔެކިޔުން ފިޔަވާ އެހެން ލިޔުމެއް ފަހުން ބަލައެއް ނުގަނެވޭނެއެވެ. އަދި ބަންދުކުރެވިފައިވާ ސިޓީއުރައިގެ ބޭރުގައި އިޢުލާން ނަންބަރު އަދި ތިރީގައިވާގޮތަށް އެޑްރެސްކުރެވިފައި އޮންނަންވާނެއެވެ.

"މަސްވެރިންގެ ހިޔާ ތަރައްޤީކުރުން"

                      މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ ކައުންސިލްގެ އިދާރާ

                             ރ. މަޑުއްވަރި، ދިވެހިރާއްޖެ

  •  ހުށަހަޅަން ޖެހޭ ލިޔެކިޔުންތައް:

-  ކުންފުނި/އިންވެސްޓްމެންޓްގެ މުއްދަތު ހަމަނުވާ ރަޖިސްޓްރީގެ ކޮޕީ

-  ކުންފުނީގެ ޕްރޮފައިލް

-  ތަޖުރިބާގެ ލިޔުންތައް

-  އަންދާސީ ހިސާބު ހުށަހަޅާ ފޯމް

  •  މާކްސް ދެވޭގޮތުގެ ތަފްސީލު:
  1. މާކްސް ދިނުމުގައި ބަލާ މިންގަނޑު ތަކަކަކީ :

-  އަގު %85

-  މުއްދަތު

-  ތަޖުރިބާ %5

  1. 100،000.00 (އެއްލައްކަ) ރުފިޔާއިން މަތީގެ މަސައްކަތްތަކަށް ކޮންމެ ލިޔުމަކަށް 05 ޕޮއިންޓް ލިބޭނެއެވެ.
  2. 100،000.00 (އެއްލައްކަ) ރުފިޔާއިން ދަށުގެ މަސައްކަތްތަކުގެ ލިޔުންތަކަށް ކޮންމެ ލިޔުމަކަށް 01 ޕޮއިންޓް ލިބޭނެއެވެ.
  3. ބިޑް އިވެލުއޭޓް ކުރާނީ މިއިދާރާގެ ބިޑް އިވެލުއޭޝަން ކޮމިޓީންނެވެ.
  4. ބިޑް އިވެލުއޭޝަން ކޮމިޓީން އިވެލުއޭޓްކުރުމަށް ފަހު، ބިޑުތައް ކާމިޔާބު ކުރެވުނު ފަރާތަށާއި ނުކުރެވުނު ފަރާތްތަކަށް އެންގޭނެއެވެ.
  5. ބިޑް އިވެލުއޭޝަނާއި ގުޅިގެން އެއްވެސް ޝަކުވާއެއް އޮތްނަމަ "ބީލަންވެރިޔާ މައްސަލަ ހުށަހަޅާ ފޯމް" ހުށަހެޅުމުން އެފަރާތަކަށް ޖަވާބުދެވޭނެއެވެ. މިފޯމް މިކައުންސިލްގެ ވެބްސައިޓުން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.

އިތުރު މަޢުލޫމާތު ސާފުކުރުން

  1. ވިޔަފާރީގެ ވެރިފަރާތް ފިޔަވައި އެހެން ފަރާތެއް ބީލަން ހުށަހެޅުމަށް ވަޑައިގަންނަވާނަމަ ބަދަލުގައި ވަޑައިގަންނަވާ ފަރާތެއްކަން އަންގައިދޭ ލިޔުން ގެންނަވަންވާނެއެވެ.
  2. މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބުތަކާއި ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ހުށަހަޅާފައިނުވާ އަންދާސީ ހިސާބުތައް ބާޠިލުކުރެވޭނެއެވެ.

މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

08 އޮގަސްޓް 2023
ހޯދާ