ބ.އަތޮޅު މަދަރުސާ
ދިވެހިރާއްޖެ
ބ. އަތޮޅު މަދަރުސާގެ އޭވީ ރޫމް ސެޓަޕްޤާއިމްކުރުމަށް ބޭނުންވާތަކެތި ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް

ބ. އަތޮޅު މަދަރުސާގެ އޭވީ ރޫމް ސެޓަޕްޤާއިމްކުރުމަށް ބޭނުންވާތަކެތި ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް

  • މި މަދަރުސާގެ އޭވީ ރޫމް ސެޓަޕްޤާއިމްކުރުމަށް ބޭނުންވާ ތަކެތި ފޯރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މި މަސައްކަތްތައް ކޮށްދެއްވުމަށް ޝަރުތު ހަމަވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
  • މިބީލަން ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު ( ޤާނޫނު ނަމްބަރު: 2014/18)ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
  • މިބީލަން ތަކުގައި  ބައިވެރިވާން އެދޭ ފަރާތްތަކުން ، 2023 އޮގަސްޓް 08 ން 2023 އޮގަސްޓް 15 ގެ ނިޔަލަށް ، ތިރީގައިވާ ލިންކު މެދުވެރިކޮށް "ބިޑް ރަޖިސްޓްރީ ފޯމް" ފުރިހަމަކޮށް ރަޖިސްޓްރީ ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.
  • "ބިޑް ރަޖިސްޓްރީ ފޯމް" ގެ ލިންކު: https://forms.gle/MxBXcKwgYWPswqku5

ރެޖިސްޓަރ ކުރުމަށް ލިންކްގައިވާ ފޯމް ފޮނުވުމަށްފަހު ނުވަތަ އީމެއިލް ކުރެއްވުމަށްފަހު މިސްކޫލް ނަންބަރު 6600034 އަށް ރަސްމީ ގަޑީގައި ގުޅުއްވާ ކަށަވަރުކުރުން އެދެމެވެ.

  • މިޕްރޮޖެކްޓާއި ގުޅޭގޮތުން އެއްވެސް ސުވާލެއް ވާނަމަ 2023 އޮގަސްޓް 16 ވާ ބުދަ ދުވަހުގެ 12.00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް  އީމެއިލް މެދުވެރިކޮށް ފޮނުއްވުންއެދެމެވެ.
  • ބިޑް ހުށަހެޅުމާއި، ހުޅުވުން އޮންނާނީ 20 އޮގަސްޓް 2023 ވާ އާދީއްތަ ދުވަހުގެ 13:00ގައި  ބ. އަތޮޅުމަދަރުސާގެ އޮފީހުގައެވެ.

މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު ޢާއްމު ކުރެވިފައިވާނެއެވެ.

އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

  • ބ. އަތޮޅު މަދަރުސާ
  • ބ. ދަރަވަންދޫ
  • ފޯން:  6600034
  • އީ-މެއިލް:[email protected] 

 

 

08 އޮގަސްޓް 2023
ހޯދާ