މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް
ދިވެހިރާއްޖެ
މާފުށީ ޖަލުގެ ޔުނިޓް-2، 3 އަދި 4 މަންޑޭލާ ރޫލްސްއާއި އެއްގޮތަށް ބަދަލު ގެނައުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ.

މި ސަރވިސްގެ ދަށުން ހިންގަމުންގެންދާ މާފުށީ ޖަލުގެ ޔުނިޓް 2، 3 އަދި 4 މަންޑޭލާ ރޫލްސްއާ އެއްގޮތަށް ބަދަލު ގެނައުމަށްޓަކައި، އެ 3 ޔުނިޓްގެ ގޮޅިތަކުގެ ފާޚާނާ ފާރުތަށް އުސްކުރުމާއި ފާޚާނާތަކުގައި ދޮރުފަތް ހަރުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ވީމާ، މި މަސައްކަތް ކުރުމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން ތިރީގައި ދަންނަވާފައިވާ ދުވަހާއި ގަޑިއަށް މި ސަރވިސްގެ ހެޑް އޮފީހަށް (ރޭޑިއޯ ބިލްޑިންގ، އަމީނީމަގު) ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

ގަޑިއަށް ހާޒިރުނުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދެންނެވީމެވެ.

ތަފްޞީލް

ތާރީޚް

ދުވަސް

ގަޑި

މަޢުލޫމާތު ސާފްކުރުން

15 އޯގަސްޓް 2023

އަންގާރަ

11:00

އަންދާސީ ހިސާބު ހުށައެޅުން

21 އޯގަސްޓް 2023

ހޯމަ

11:30

06 އޮގަސްޓް 2023
ހޯދާ