އަރިއަތޮޅު އުތުރުބުރީ ބޮޑުފޮޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިކައުންސިލުން ބަލަހައްޓާ ގެސްޓް ބީޗް އައުޓްސޯސްކޮށް، ސާފުކޮށް ބަލަހައްޓާދޭނެ ފަރާތެއް ހޯދުމާއި ގުޅޭ:

މިކައުންސިލުން ބަލަހައްޓާ ގެސްޓް ބީޗް އައުޓްސޯސްކޮށް، ސާފުކޮށް ބަލަހައްޓާދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. މިކަމަށް ކަނޑައެޅިފައިވާ އަގަކީ މަހަކު -/7،000ރ (ހަތްހާސް ރުފިޔާ) އެވެ.

 

ކުރަންޖެހޭ މަސައްކަތްތައް:

 

1. ކޮންމެދުވަހަކުވެސް މަދުވެގެން އެއްފަހަރު ބީޗް ކުނިކަހައި ސާފުކުރުމާއިއެކު ބީޗްގައި ހުންނަ ކުދި، ބޮޑު ގައުތައް ނަގައި ސާފުކުރުން.

2. ބީޗަށް ލައްގާ އެކިބާވަތްތަކުގެ ކުނި، މަދުވެގެން ދުވާލަކު އެއްފަހަރު ނަގައި ސާފުކުރުން.

3. ބީޗްގައި ބަހައްޓާފައިހުންނަ ގޮނޑި، މޭޒު ފަދަތަކެތި މަދުވެގެން ދުވާލަކު އެއްފަހަރު ފޮޅައި، ސާފުކޮށް އަދި ތަރުތީބު ކުރުން.

4. ބީޗްގައި ހުރި ގަސްތަކުން ތިރިޔަށް އެލިފައިހުންނަ އަދި އެލެމުންދާ ނުވަތަ ތިރިވަމުންދާ ގޮފިތައް ކަނޑައި، ސާފުކޮށް އުކުން.

5. ކޮންމެ ދުވަހެއްގެ ހަވީރު 5:30 އާއި ރޭގަނޑު 07:00 އާއި ދެމެދު ބީޗްގައި ބަހައްޓާފައި ހުންނަ ގޮނޑި، މޭޒްފަދަ ތަކެތި (މޫދަށް އޮޔާނުދާނެހެން) އެއްގަމަށް އެރުވުން.

6. ކޮންމެ ދުވަހެއްގެ ހެނދުނު 9:00ގެ ކުރިން ސޮއިކުރަން ކަނޑައެޅިފައިވާ އިދާރާއަކަށް ދުރުވެ އެދުވަހަކު ހާޒިރުވިކަމުގެ ސޮއި ކުރުން.

7. ކައުންސިލުން ކަނޑައަޅަ ގޮތެއްގެ މަތިން ގެސްޓް ބީޗްގައި ހުންނަ ކައުންސިލުގެ މުދަލުގެ ރައްކާތެރިކަން ކަށަވަރުކުރުން.

 

މަޤާމަށް ކުރިމަތިލުމުގެ ޝަރުޠުތައް: 
1. ލިޔަންކިޔަން އެނގުން
2. ދިވެއްސަކު ކަމުގައިވުން

         ވީމާ،  މިކަމަށް ޝައުޤު ވެރިވެލައްވާ ފަރާތްތަކުން 2023 އޯގަސްޓް 13ވާ އާދިއްތަ ދުވަހު 13:00ށް، ކުރިމަތިލުމަށް އެދޭ ސިޓީ ހިފައިގެން ދުރުވުމަށް ދަންނަވަމެވެ. އަދި ގަޑިޖެހުމަށްފަހު ދުރުވާ ފަރާތްތަކަށް ބައިވެރި ނުވެވޭނެ ވާހަކަވެސް ދަންނަވަމެވެ.

          އަދި މިކަމަމަށް އެދި އެއްފަރާތަކަށްވުރެ ގިނަފަރާތްތަކަކުން ކުރިމަތި ލައިފިނަމަ، މަސައްކަތް ހަވާލުކުރާނެ ފަރާތެއް ކަނޑައަޅާނީ ގުރުއަތު ލައިގެންނެވެ.

          ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

06 އޮގަސްޓް 2023
ހޯދާ