މާޅޮސްމަޑުލު ދެކުނުބުރީ ދޮންފަނު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރައްޔިތުންނާއި ބައްދަލުކުރުން

ރަށުގެ ލޭންޑް ޔޫސް ޕްލޭން ހެދުމުގެ މަސައްކަތް ޙަވާލުކޮށްފައިވާ ރިޔަން ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ތައްޔާރުކޮށްފައިވާ ލޭންޑް ޔޫސް ޕްލޭންގެ ފައިނަލް ޑްރާފްޓް ރައްޔިތުންނަށް ހިއްސާކުރުމަށް ބާއްވާ ބައްދަލުވުން 04 އޯގަސްޓް 2023 ވާ ހުކުރު ދުވަހުގެ ރޭގަނޑު 8:45 ގައި ޑީ ޕްރީސުކޫލްގައި އޮންނާނެއެވެ.

ވީމާ މިބައްދަލުވުމަށް ބ.ދޮންފަނުގެ ލޮބުވެތި ރައްޔިތުންނަށް ދަޢުވަތު އަރުވަމެވެ. އަދި މި ތާރީޚުގައި ރަށުގައި ނުހުރެވޭ ބޭފުޅުންނަށް މިބައްދަލުވުމުގައި އޮންލައިންކޮށް ބައިވެވޭނެ އިންތިޒާމް ހަމަޖެހިފައިވާކަމުގައި ދެންނެވީމެވެ. އޮންލައިން ބައްދަލުވުމުގެ ލިންކް ކައުންސިލްގެ ވައިބަރ ކޮމިއުނިޓީ ގްރޫޕްގައި ފަހުން ހިއްސާކުރެވޭނެކަމުގައި ދެންނެވީމެވެ.

މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

02 އޮގަސްޓް 2023
ހޯދާ