މާޅޮސްމަޑުލު އުތުރުބުރީ ހުޅުދުއްފާރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބިން އަމިއްލަ ކުރުމުގެ އަގު ޢާންމުކުރުން

ޤަވާއިދު ނަންބަރު R-181/2022 (ދިރިއުޅުމަށް ދޫކޮށްފައިވާ ބަންޑާރަ ގޯތި އަމިއްލަކުރުމާއި، ގަނެވިއްކުމާއި ބެހޭ ޤަވާއިދު) ގެ ދަށުން ދިރިއުޅުމަށް ދޫކޮށްފައިވާ ބަންޑާރަގޯތި އަމިއްލަކުރުމުގެ އަގު ކަނޑައެޅުމަށް މިޤަވާއިދުގެ 9 ވަނަ މާއްދާގެ (ހ) ގެ ދަށުން ރ.ހުޅުދުއްފާރުން ދިރިއުޅުމަށް ދޫކޮށްފައިވާ ބަންޑާރަ ގޯތި އަމިއްލަކުރުމަށްޓަކައި ދައްކަންޖެހޭ އެންމެ ކުޑަ އަގަކީ އަކަފޫޓަކަށް -/70 (ހަތްދިހަ) ރުފިޔާ ކަމަށް ހުޅުދުއްފާރު ކައުންސިލްގެ 04 ވަނަ ދައުރުގެ 109 ވަނަ ބައްދަލުވުމުން ވަނީ ނިންމާފައެވެ. އަދި ވިޔަފާރި އުޞޫލުން ދޫކުރެވިފައި ހުންނަ ބިންތައް އަމިއްލަ ކުރުމަށް ދައްކަން ޖެހޭނެ އެންމެ ކުޑަ އަގަކީ އަކަފޫޓަކަށް -/100 (އެއްސަތޭކަ) ރުފިޔާ ކަމަށްވެސްވަނީ ނިންމާފައެވެ.

ވީމާ، މިކަން ޢާއްމުކޮށް އެންގުމަށް އިޢުލާންކުރީމެވެ.

13 މުޙައްރަމް 1445

31 ޖުލައި 2023
ހޯދާ