ހެލްތު ޕްރޮޓެކްޝަން އެޖެންސީ
ދިވެހިރާއްޖެ
ޕޯޓް ހެލްތު ސެކްޝަނުގެ ނަން އިންޓަރނޭޝަނަލް ބޯޑަރ ހެލްތުގެ ނަމަށް ބަދަލުކުރުން

ދިވެހިރާއްޖޭގެ ބައިނަލްއަޤްވާމީ ކަނޑާއި ވައިގެ ބަނދަރުތަކުގައި ޤާއިމުކުރެވިފައިވާ މިއެޖެންސީގެ ޕޯޓްހެލްތު ސެކްޝަނުގެ ނަން "އިންޓަރނޭޝަނަލް ބޯޑަރ ހެލްތު"ގެ ނަމަށް ވަނީ ބަދަލުކުރެވިފައެވެ.

ކުރިއެކޭވެސް އެއްފަދައިން ދިވެހިރާއްޖެ އެތެރެކުރުމަށް ގެނެވޭ ކާބޯތަކެއްޗާއި، ރާއްޖެއިން ބޭރުން އަންނަ އަދި ރާއްޖެއިން ބޭރަށް ފުރާ ކަނޑާ ވައިގެ އުޅަނދުތަކާއި، ކުރޫއިންނާއި ފަސިންޖަރުންނާއި އެފަދަ ބަނދަރުތަކުގެ ޞިއްޙީ ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ރާއްޖެތެރޭގެ އެކި ސަރަޙައްދުތަކުގައި ޤާއިމުކުރެވިފައިވާ އިންޓަރނޭޝަނަލް ބޯޑަރ ހެލްތު ޔުނިޓްތަކުން ކުރަމުން ގެންދާނެއެވެ.

އެގޮތުން "އިންޓަރ ނޭޝަނަލް ބޯޑަރ ހެލްތު" ސެކްޝަނުގެ ދަށުން ހިނގަމުންދާނެ ޔުނިޓްތަކަކީ؛

1- މާލެ ސީޕޯޓް ޔުނިޓް

2- ހުޅުލެ އެއަރޕޯޓް ޔުނިޓް

3- ހއ.އުލިގަމު ޔުނިޓް

4- ހދ.ކުޅުދުއްފުށި ޔުނިޓް

5- ހދ.ހަނިމާދޫ ޔުނިޓް

6- ސ.ހިތަދޫ ސީޕޯޓް ޔުނިޓް

7- ގަން އެއަރޕޯޓް ޔުނިޓް

ވީމާ، މިކަން ޢާންމުކޮށް އަންގައި އިޢުލާން ކުރީމެވެ.

19 ރަބީޢުލްއާޚިރު 1436

09 ފެބުރުވަރީ 2015
ހޯދާ