މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް
ދިވެހިރާއްޖެ
ލިޔެކިޔުންތައް ފުރިހަމަނުވާ މަދަނީ ޖަމްޢިއްޔާތައް އުވާލުމާއި ގުޅޭ

މި އިޢުލާންވަނީ 27 ޖުލައި 2023 22:37 ގައި ބާތިލް ކުރެވިފައެވެ.


                                          އިޢުލާން

ލިޔެކިޔުންތައް ފުރިހަމަނުވާ މަދަނީ ޖަމްޢިއްޔާތައް އުވާލުމާއި ގުޅޭ

ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގަމުންދާ ޖަމްޢިއްޔާތަކަކީ އެޖަމްޢިއްޔާއެއް ނިސްބަތްވާ ރަށާއި، އަތޮޅަށް އަދި މުޅި ޤައުމަށް ނުހަނު ފައިދާހުރި އަގުހުރި މަސައްކަތްތަކެއް ހިލޭސާބަހަށް ކުރަމުންގެންދާ ފަރާތްތަކެއްކަން މި މިނިސްޓްރީން ޝުކުރުވެރި ކަމާއެކު ފާހަގަކުރަމެވެ.   ޤާނޫނު ނަމްބަރ 2022/3 ( ޖަމްޢިއްޔާތަކާބެހޭ ޤާނޫނު )  ގެ  69 ވަނަ މާއްދާގެ ދަށުން އިންއެކްޓިވް ޖަމްޢިއްޔާތަކުން ލިޔެކިޔުން ފުރިހަމަ ކުރުމަށްޓަކައި އިތުރު ފުރުޞަތެއް ދިނުމަށް ކޮށްފައިވާ މި މިނިސްޓްރީގެ                                     ނަންބަރު  (IUL)141-NGO/141/2022/347 (14 ޑިސެންބަރ 2022) އިޢުލާނާއި ޙަވާލާދީ ދަންނަވަމެވެ.

މިގޮތުން މި އިޢުލާނާއި އެއްކަރުދާސް ކުރެވި އާންމުކޮށް އިޢުލާނު ކުރެވިފައިވާ 1989 ޖަމްޢިއްޔާއަކީ، 2023 ވަނަ އަހަރުގެ ނިޔަލަށް ވިދިވިދިގެން 2 އަހަރުގެ އަހަރީ ރިޕޯޓް ހުށަހަޅާފައި ނުވާ އަދި / ނުވަތަ ހިންގާ ކޮމެޓީ ރަޖިސްޓްރީކޮށްފައި ނުވާތީ, އުވާލުމަށްޓަކައި ލިސްޓް ކުރެވިފައިވާ ޖަމްޢިއްޔާތަކެވެ.

އަދި މި ޖަމްޢިއްޔާތަކުގެ ތެރެއިން އެ ޖަމްޢިއްޔާއެއް އުވާލުން ހުއްޓުވައިދިނުމަށް އެދި ޤާނޫނު ނަންބަރު 2022/3 (ޖަމްޢިއްޔާތަކާބެހޭ ޤާނޫނު) ގެ 70 ވަނަ މާއްދާގައިވާ ގޮތުގެ މަތިން އެ ޖަމްޢިއްޔާގެ މެންބަރަކަށް ނުވަތަ މަޞްލަޙަތު އޮތް ތިންވަނަ ފަރާތަކަށް  ޖަމްޢިއްޔާތަކުގެ ރަޖިސްޓްރާރ އަށް ލިޔުމުން ހުށަހެޅުމުގެ ފުރުޞަތު 24 ސެޕްޓެމްބަރ 2023 ވާ އަންގާރަ ދުވަހުގެ 14:00 އާއި ހަމައަށް އޮތްކަމުގައި ދަންނަވަމެވެ. މިގޮތުން ހުށަހަޅުއްވާ ލިޔުންތައް[email protected]  އަށް މެއިލްކޮށްދެއްވުން އެދެމެވެ.  މިދެންނެވި ތާރީޚަށް ލިޔުމުން ހުށަނާޅާ ޖަމްޢިއްޔާތައް، ޖަމްޢިއްޔާތަކުގެ ރަޖިސްޓްރީން އެ ޖަމްޢިއްޔާގެ ނަން އުނިކުރެވޭނެ ވާހަކަ ދެންނެވީމެވެ. އިތުރު މައުލޫމާތު ހޯއްދެވުމަށް ރަސްމީ ގަޑީގައި 3330808 ނަމްބަރ ފޯނަށް ގުޅުއްވާ ނުވަތަ އީމެއިލް ކުރެއްވުން އެދެމެވެ.

 ވީމާ، މިކަން ޢާއްމުކޮށް އަންގައި ޢިއުލާންކުރަމެވެ.

25 ޖުލައި 2023
ހޯދާ