ކޮޅުމަޑުލު އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނޫސް ބަޔާން

          ޤާނޫނު ނަމްބަރު: 2010/7 (ދިވެހިރާއްޖޭގެ އިދާރީދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 105ވަނަ މާއްދާގެ ގައިވާ ގޮތުގެމަތިން، ކޮންމެ އަހަރެއްގެ ޖުލައި މަހުގެ 10ވަނަ ދުވަހުގެ ކުރިން، އެއަހަރެއްގެ ފުރަތަމަ 6 (ހައެއް) މަސްދުވަހު ކައުންސިލުން ހިންގި ހަރަކާތްތަކުގެ ތަފްޞީލް ރިޕޯޓު ރަށު ކައުންސިލްތަކުން އަތޮޅު ކައުންސިލަށް ހުށަހެޅުމަކީ ޤާނޫނުން ރަށު ކައުންސިލްތަކަށް މަތިކިށްފައިވާ ޒިންމާއެކެވެ.  

         ދިވެހިރާއްޖޭގެ އިދާރީދާއިރާތައް ލާމަރުކަޒީ އަސޫލުން ހިންގުމުގެ ގާނޫނުގައި ބަޔާން ކޮށްފައިވާ ގޮތަށް 2023 ވަނަ އަހަރުގެ ފުރަތަމަ ހަ މަހު ކައުންސިލުން ހިންގި ހަރަކާތްތަކުގެ ތަފްސީލު ރިޕޯޓް ހުށަހަޅުއްވާފައިވާ، މި އިދާރީ ދާއިރާގެ 11 ރަށު ކައުންސިލްގެ މަޢުލޫމާތު ތިރީގައި މިވަނީއެވެ. 

  1. ކޮޅުމަޑުލު ބުރުނި ކައުންސިލްގެ އިދާރާ
  2. ކޮޅުމަޑުލު ވިލުފުށި ކައުންސިލްގެ އިދާރާ
  3. ކޮޅުމަޑުލު ދިޔަމިގިލި ކައުންސިލްގެ އިދާރާ
  4. ކޮޅުމަޑުލު ގުރައިދޫ ކައުންސިލްގެ އިދަރާ
  5. ކޮޅުމަޑުލު ކަނޑޫދޫ ކައުންސިލްގެ އިދާރާ
  6. ކޮޅުމަޑުލު ވަންދޫ ކައުންސިލްގެ އިދާރާ
  7. ކޮޅުމަޑުލު ހިރިލަންދޫ ކައުންސިލްގެ އިދާރާ
  8. ކޮޅުމަޑުލު ތިމަރަފުށި ކައުންސިލްގެ އިދާރާ
  9. ކޮޅުމަޑުލު ވޭމަންޑޫ ކައުންސިލްގެ އިދާރާ
  10. ކޮޅުމަޑުލު ކިނބިދޫ ކައުންސިލްގެ އިދާރާ
  11. ކޮޅުމަޑުލު އޮމަދޫ ކައުންސިލްގެ އިދާރާ

ދެންނެވުނު ކައުންސިލްތަކުން، އެކައުންސިލްތަކުގެ ޤާނޫނީ ޒިންމާ އަދާކޮށްފައިވާތީ ކައުންސިލްތަކުގެ މަސައްކަތްތައް ފާހަގަކޮށް، މިކައުންސިލްގެ ފަރާތުން މަރުޙަބާ ދަންނަވަމެވެ.

25 ޖުލައި 2023
ހޯދާ