މިނިސްޓްރީ އޮފް ޓޫރިޒަމް
ދިވެހިރާއްޖެ
ޑިރެކްޓަރ

އިޢުލާނު

މަޤާމު:

ޑިރެކްޓަރ

މަޤާމުގެ ނަންބަރު:

J-326213

އޮފީސް ސެކްޝަން:

ޑިވެލޮޕްމަންޓް އެންވަޔަރމެންޓް އަދި މޮނިޓަރިންގ ސެކްޝަން

ބޭނުންވާ އަދަދު:

01

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

އީ. އެކްސް. 1

މަޤާމުގެ ކްލެސިފިކޭޝަން:

ޓެކްނިކަލް ޑިރެކްޓަރ

ވަޒީފާ އަދާކުރަން ޖެހޭ ތަން:

މިނިސްޓްރީ އޮފް ޓޫރިޒަމް (ވެލާނާގެ 5 ވަނަ ފަންގިފިލާ)

މުސާރަ:

8835.00

ސަރވިސް އެލަވަންސް:

2000.00

އެހެނިހެން އެލަވަންސް:

  1. ސްޕެޝަލް ޑިއުޓީ އެލަވަންސް: މުސާރައިގެ %35 (މަހަކު)
  2. މި މަޤާމަކީ ޓެކްނިކަލް ކޯ އެލަވަންސް ދެވޭ މަޤާމަކަށްވާތީ، މި މަޤާމަށް ޓެކްނިކަލް ކޯ ދޭ ކޯ ޑިސިޕްލިންއަކީ ޓޫރިޒަމް، ސިވިލް އިންޖިނިއަރިންގ އަދި ސްޓްރަކްޗަރަލް އިންޖިނިއަރިން އެވެ. ޓެކްނިކަލް ކޯ އެލަވަންސްގެ ގޮތުގައި ދެވޭނީ މުސާރައިގެ %28 އެވެ.
  3. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  4. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

1- ފަތުރުވެރިކަން ތަރައްގީކުރުމަށް ކުއްޔަށްދީފައިވާ ބިން ތަކުގައި ހެދިފައިވާ /ހަދަމުންދާ އެންމެހާ ފެސިލިޓީތަކުން އިމާރާތްކުރުމުގެ ސްޓޭޖްގައި ކުރާ އެފަދަ އެންމެހާ މަސައްކަތްތައް ހެދިފައިވާ ގަވާއިދްތަކާއި އަދި އެފަދަތަންތަނުގެ ތަރައްގީކުރުމުގެ ހުއްދަތައް ކުއްޔަށްދިނުމަށް އެއްބަސްވެފައިވާ އެގްރީމަންޓްތަކުގައި ބަޔާންކޮށްފައިވާކަންކަމަށްރިއާޔަތް ކޮށް ހުއްދަތައްދިނުމުގެ އެންމެހާ މަސައްކަތްކުރުން. މީގެ އިތުރުން އިމާރާތް ކުރުމުގެ ކަންކަން ކުރިއަށްދަނީ ދީފައިވާ ހުއްދަތަކާއި އެއްގޮތަށްތޯ ބަލާ ޗެކްކުރުން އަދި ސުޕަވައިޒްކުރުމާއި މިކަންކަމުގެ ރިކޯޑްބެލެހެއްޓުން.

2- ފަތުރުވެރިކަން ތަރައްގީކުރުމަށް ކުއްޔަށްދީފައިވާ ބިންތަކުގައި ހެދިފައިވާ /ހަދަމުންދާ އެންމެހާ ފެސިލިޓީތަކުގެ ތިވެއްޓާއި ގުޅޭ މަސައްކަތްތައް، ފެނާއި ނަރުދަމާ، ކުނި މެނެޖްކުރުން އަދި ކަރަންޓަގެ ޙިދްމަތްތައް ދިނުމުގެ ވަސީލަތްތައް ތަރައްގީކުރެވެމުންދަނީ ކަނޑައެޅިފައިވާ ގަވާއިދުތަކަށްތޯ ބަލާފާސްކުރުން އަދިމިހުއްދަދިނުމުގައި ބޭނުންވާ ހިނދު ކަމާއިގުޅޭ ސަރުކާރުގެ އިދާރާތަކާއިއެކު ވިލަރެސްކުރުން. އަދި އެފިޔަވަޅުއަޅަންޖެހޭ ހާލަތްތަކުގައި އެފަރާތަކާއި މެދު ފިޔަވަޅު އެޅުމަށް އޮންނަ އެޅުންކަމާއި ބޭހޭ ސެކްޝަންތަކަށް އަދި ކަމާއި ބެހޭ ވުޒާރާތަކާއި އެކު ވިލަރެސް ކުރުން

3- ފަތުރުވެރިކަން ތަރައްގީކުރުމަށް ކުއްޔަށްދީފައިވާ ބިން ތަކުގައި ހެދިފައިވާ /ހަދަމުންދާ އެންމެހާ ތަންތަން ތަރައްޤީ ކުރުމަށް ފާސްކޮށް މިނިސްޓްރީއަށް ހުށަހަޅާ ވާރކް ޕްލޭން، ޑިވެލޮޕްމެންޓް މާސްޓަރޕްލޭން، ކޯސްޓަލް މޮޑިފިކޭޝަން ކޮންސެޕްޓް އަދި ޑީޓެއިލް ޑްރޮވިންގްސް އިވެލުއޭޓުކޮށް ފާސްކުރުމުގެ މަސައްކަތްތައް ކުރުން، އަދި މަސައްކަތް ކުރިއަށް ދާގޮތް ސުޕަވައިޒުކުރުންއަދި އެކަމާއިބެހޭ ރިކޯޑްތައްބެލެހެއްޓުން         

4- ފަތުރުވެރިކަން ތަރައްގީކުރުމަށް ކުއްޔަށްދީފައިވާ ބިން ތަކުގައި ހެދިފައިވާ /ހަދަމުންދާ އެންމެހާ ތަންތަން އިމާރާތް ކުރުމުގެ ހުއްދަ ދޫކޮށްފައިވާ މަޝްރޫޢުތައް ކުރިއަށްދާގޮތް މޮނިޓަރކުރުމަށާއި ހުއްދަތައްދިނުމަށް އިންސްޕެކްޟަންތައް ރޭވުމާއި، ޕްރޮގްރެސް މޮނިޓަރިންގ އަދި އިންސްޕެކްޟަން ތަކުގެ ރިޕޯޓަތައް ތައްޔާރު ކުރުމުގެ ވިލަރެސްކުރުމާއި ރިޕޯޓުތައް ޗެކުކޮށް ބޭނުންވާ މުއާމަލާތްތައްކޮށް ހުއްދަ ދޫކުރަންޖެހޭފަރާތްތަކަށް ހުއްދަދިނުން އަދި މިކަމާއިބެހޭގޮތުން ބޭނުންވެއްޖެ ހާލަތުތަކުގައި ކަމާއި ބޭހޭ ސެކްޝަންތައް އަދި ކަމާއި ބެހޭ އިދާރާތަކާއި ވިލަރެސްކުރުން އަދި ސުޕަވައިޒުކުރުން.

5- ފަތުރުވެރިކަމަށް ތަރައްޤީ ކުރެވޭ ރިޒޯޓްތަކާއި ރަށްރަށް ޢިމާރަތް ކުރަމުންދާ ފިޔަވަހީގައި ބަލަންޖެހޭ ކަންތައް ބަލާ މިކަމާއި ގުޅިގެން މިނިސްޓްރީއިން ކުރަންޖެހޭ ކަންތައްތައް ކުރުން އަދި ސުޕަވައިޒްކުރުން.         

6- ފަތުރުވެރިކަމާއި ގުޅުންހުރި މަޝްރޫޢުތަކާއި ގުޅިގެން ޑިއުޓީ މަޢާފު ކުރަންޖެހޭ ޕްރޮޖެކްޓްތަކުގެ އެންމެހާ ކަންކަން ކަޑައެޅިފައިވާގަވާއިދު އަދި އުސޫލްތަކާއިއެއްގޮތަށް ކުރުމާއި އެ ޕްރޮޖެކްޓްތަކުގެ ކަންކަން ބެލެހެއްޓުން އަދި ރިކޯޑްބަލަހައްޓާ މޮނިޓަރ ކުރުން.       

7- ފަތުރުވެރިކަމަށް ތަރައްޤީކުރެވޭ ތަންތަނަށް ދިމާވާ ދިމާވެފައިވާ އެކިއެކި މައްސަލަތައް ބަލާ އެކަންކަމުގެ ރިކޯޑްބަލަހައްޓާ އެކަންކަމަށް ބޭނުންވާހައްލު ގެނައުމަށްޓަކާ ކުރަންޖެހޭ އެންމެހާ މަސައްކަތްކުރުން  

ސެކްޝަންގެ މަސައްކަތާއިގުޅުންހުރި އެކިއެކި ކަންކަމާއިބެހޭ ހިސާބުތައްބެލެހެއްޓުމާއި ޑޮކިއުމަންތައް ތައްޔާރުކުރުން. (އެސް،އޭ.ޕީ އަޕްޑޭޓް ކުރުން، ސެކްޝަންގެ ބަޖެޓް އެކުލަވާލުމާބެހޭ  މަސައްކަތް ކުރުން އަދި އަހަރީ ރިޕޯޓް ތައްޔާރުކުރުން)

8- ޑިވެލޮޕްމަންޓް އެންވަޔަރމެންޓް އަދި މޮނިޓަރިންގ ސެކްޝަންގެ މަސައްކަތް ރާވާ، ހިންގާ އަދި މުވައްޒަފުން ސުޕަވައިޒްކޮށް މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބެލުން.          

9- ފަތުރުވެރިކަން ތަރައްގީކުރުމަށް ކުއްޔަށްދީފައިވާ ބިން ތަކުގައި ހެދިފައިވާ /ހަދަމުންދާ އެންމެހާ ތަންތަން ތަރައްޤީ ކުރުމަށް ހުށަހަޅާ ތިމާވެއްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓުތަކުގެ ސްކޯޕިންގ މީޓިންގ ތަކުގައި ބައިވެރިވުމުގެ އެންމެހާ މަސައްކަތްތައް ކުރުން / ސުޕަވައިޒުކުރުން. އަދި އީ.އައި.އޭ އަދި ތިމާވެއްޓާއި ގުޅޭގޮތުން މިނިސްޓްރީގައި ބޭއްވުމަށް ހުށަހަޅާ ސްޓެކްހޯލްޑަރ މީޓިންގތަކުގެ އިންތިޒާމުތައް ސުޕަވައިޒު ކުރުމާއި ބައްދަލުވުންތަކުގައި ބައިވެރިވުން. އޭގެ ނަތީޖާ ވިލަރެސްކޮށް އެކަމާއިގުޅިގެން ކުރަންޖެހޭއެންމެހާކަންކަންކުރުން.

10- ރާއްޖޭގެ ޓޫރިޒަމް ތަރައްޤީކޮށް ދެމެހެއްޓެނިވި ގޮތުގައި ކުރިޔަށް ގެންދިޔުމަށްޓަކައި ކުރެވޭ ތިމާވެއްޓާއިބެހޭ ދިރާސާތަކުގައި މިނިސްޓްރީއިން ބައިވެރިވުމަށްކުރަންޖެހޭކަންކަންއިނތޮޒާމްކުރުން އަދި މިފަދަ އެއްކުރެވޭ މަޢުލޫމާތުތައް ދިރާސާކޮށް ކަމާއި ބޭހޭ ސެކްޝަންތަކަށް ލަފާދިނުން އަދި ފަތުރުވެރިކަމުގެ މަޝްރޫއުތަކާއި ފެންވަރު މަތިކުރުމުގެ މަޝްރޫޢުތަކަށް ބޭނުންވާ ފަންނީ މަޢުލޫމާތު ފޯރުކޮށްދިނުން.          

11- ފަތުރުވެރިކަމަށް ދޫކުރެވިފައިވާ އަދި ތަރައްޤީ ކުރެވިފައިވާ ރަށްރަށާއި ބިންބިމުގެ ބިމުގެ ބޮޑުމިން ބަލައި އަލުން ރަޖިސްޓްރީ ކުރުމަށް އިދާރީގޮތުން ކުރަންޖެހޭ މަސައްކަތްތައް ރާވާ ހިންގުން އަދި ރިކޯޑްބެލެހެއްޓުން ހިންގުން.    

މަޤާމުގެ ޝަރުޠުތައް:

1- މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ބެޗްލާރސް ޑިގްރީއެއް ނުވަތަ ބެޗްލާރސް އޮނަރސް ޑިގްރީއެއް ޙާޞިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 4 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

 ނުވަތަ

 2- މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ މާސްޓަރސް ޑިގްރީ އިން ފެށިގެން މަތީގެ ސަނަދެއް ޙާޞިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގަ އި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ ތަޢުލީމީ ރޮނގުތައް:

  • ޓުއަރިޒަމް 
  • އެޕްލައިޑް މެތަމެޓިކްސް  
  • ސިވިލް އިންޖިނިއަރިންގ   
  • އެންވަޔަރަންމެންޓަލް މެނޭޖުމަންޓު  
  • އެންވަޔަރަންމެންޓަލް ސައިންސް  
  • އިންޓަނޭޝަނަލް ރިލޭޝަންސް  
  • މެރިން ސައިންސް  
  • ޕަބްލިކް ޕޮލިސީ  
  • ސްޓެޓިސްޓިކްސް  
  • ސްޓްރަކްޗަރަލް އިންޖިނިއަރިންގ  

މަޤާމުގެ ޕްރިފަރޑް ޑިސިޕްލިން:

  • ނެތް

މަޤާމުގެ ކޯ ޑިސިޕްލިން:

  • ޓުއަރިޒަމް 
  • ސިވިލް އިންޖިނިއަރިންގ
  • ސްޓްރަކްޗަރަލް އިންޖިނިއަރިންގ  

މަޤާމުގެ މަސައްކަތުގެ ދާއިރާތައް:

  • ޓުއަރިޒަމް 
  • ސިވިލް އިންޖިނިއަރިންގ

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)  https://www.csc.gov.mv/download/2021/84/1e148c34-bc04-4150-9537-29309c104aa7.docx
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

   6. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2021 (ތިންވަނަ އިޞްލާޙު) ގެ 12 ވަނަ ނަންބަރުގައި ހިމަނާފައިވާނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ އޮގަސްޓް 2023 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން، އީ-މެއިލް މެދުވެރިކޮށް [email protected] އަށެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ނޯޓް: އެޕްލިކޭޝަން އާއިއެކު ހުށަހަޅާ ހުރިހާ ޑޮކިއުމަންޓެއް އެއްފައިލް އަކަށް ޕީ.ޑީ.އެފް ކުރުމަށްފަހު މެއިލް ކުރައްވާއިރު މެއިލްގެ ސަބްޖެކްޓްގެ ގޮތުގައި މަޤާމުގެ ނަން ޖެއްސެވުން އެދެމެވެ.

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

އިންޓަރވިއު އާއި އިމްތިޙާނު އަދި ޕްރެޒެންޓޭޝަން އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އާއި އިމްތިހާނު އޮންނާނީ 7 އޮގަސްޓް އާއި 31 އޮގަސްޓް 2023 ޢާއި ދެމެދު މިނިސްޓްރީ އޮފް ޓޫރިޒަމްގައެވެ. އަދި މިމުއްދަތުގެ ތެރޭގައި އިންޓަރވިއު ނުބޭއްވޭނަމަ ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އިންޓަރވިއު ކުރަންޖެހޭ ފަރާތްތަކަށް މުއްދަތު ހަމަވުމުގެ ކުރިން އެކަން އެންގޭނެއެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3022226 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް > "ރެކްރޫޓްމެންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.

25 ޖުލައި 2023
ހޯދާ