މާޅޮސްމަޑުލު އުތުރުބުރީ ދުވާފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބަނދަރުން ދޫކުރާ ކަރަންޓުންނަގާ އަގުބަދަލު ކުރުން:

ރ. ދުވާފަރު ބަނދަރުގައި ޢާއްމު ފަރާތްތަކަށް އެކިއެކި ބޭނުންތަކަށް ކަރަންޓު ދޫކުރުމަށް ބަހައްޓާފައިވާ ފޮށިތަކުންނާއި ފެރީޓާމިނަލުން ކުރިން ކަރަންޓު ދޫކުރަމުންއައި އަގަކީ ދުވާލަކަށް -/75ރ (ހަތްދިހަ ފަހެއް) ރުފިޔާ އެވެ.

                  ނަމަވެސް، ދުވާފަރު ކައުންސިލްގެ މި ދައުރުގެ 13 ވަނަ ޢާއްމު ބައްދަލުވުމުން އެ އަގަށް ބަދަލު ގެނައުމަށް ނިންމުމާއި ގުޅިގެން 16 ޖުލައި 2023 ވަނަ ދުވަހުން ފެށިގެން ބަނދަރުގައި ބަހައްޓާފަހުރި ފޮށިތަކުންނާއި ފެރީޓާމިނަލުން މިހާރު ދުވާލަކަށް ނަގާ އަގަކީ -/35ރ (ތިރީސް ފަހެއް) ރުފިޔާ ކަމުގައިވަނީ ހަމަޖައްސާފައެވެ.

 

               ވީމާ، މިކަން ޢާއްމުކޮށް އަންގާ އިޢުލާނު ކުރީމެވެ.

23 ޖުލައި 2023
ހޯދާ