އަރިއަތޮޅު ދެކުނުބުރީ ހަންޏާމީދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެކިއެކި މަސައްކަތްތަށް ކުރުމަށް މަގު ބަންދުކުރުމާއި ބެހޭ:

01 އޯގަސްޓް 2023 ވާ އަންގާރަ ދުވަހުން ފެށިގެން، އެކިއެކި މަސައްކަތް ކުރުމަށްޓަކައި މަގު ބޭނުން ކުރުމުގެ ހުއްދަ ދޫކުރާގޮތަށް ހަމަޖެހިފައިވަނީ މި އިދާރައިގެ ނަންބަރު: 2019/R5 "ވަގުތީގޮތުން މަގު ބަންދުކުރުމާބެހޭ ގަވާއިދު" އާއި ނަންބަރު: 2019/R12 " މަގުކޮނުމާއި މަގުގައި އެއްޗެތި ވަޅުލުމާބެހޭ ގަވާއިދު" ގައިވާ ގޮތުގެ މަތިން، މަގުތަކުގައި އެކިއެކި މަސައްކަތް ކުރުމަށް މި ދެންނެވި ގައިވަދު ތަކުގައިވާ ފީތައް ދައްކާގޮތަށެވެ. އަދި އެއްވެސް ސަބަބަކާހުރެ މަގު ބަންދުކުރަން ޖެހޭނަމަ، މަގު ބަންދު ކުރުމުގެ ހުއްދަ ދެވޭނީ "މަގު ބަންދު ކުރާ ބޯޑު" ބަހައްޓާގޮތަށެވެ. މި ބޯޑު ދޫކުރާނީ "ވަގުތީގޮތުން މަގު ބަންދުކުރުމާބެހޭ ގަވާއިދު" ގައި ކަނޑައަޅާފައިވާ ފީދެއްކުމުންނެވެ.

ވީމާ 01 އޯގަސްޓް 2023 ގެ ފަހުން މި އިދާރައިގެ ހުއްދަ ނުނަގައި މަގުތަކުގައި އެކިއެކި މަސައްކަތް ކުރާ ފަރާތްތަކާމެދު މި ދެންނެވި ގައިވަދުތަކުގައިވާ ގޮތުގެ މަތިން އަޅަންޖެހޭ ފިޔަވަޅު އެޅުމުގެ މަސައްކަތް ކުރާނެ ވާހަކަ އެންމެހާ ފަރާރްތަކުގެ މަޢުލޫމާތަށްޓަކައި ދަންވަނަމެވެ.

24 ޖުލައި 2023
ހޯދާ