ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހއ.އިހަވަންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީގެ ލޯގޯ ފަރުމާކޮށްދިނުމަށް ރަޖިސްޓްރީވުމުގެ މުއްދަތު އިތުރު ކުރުން

  1. މިއިދާރާގެ ނަމްބަރު (IUL)248-PRU/248/2023/56 (18 ޖުލައި 2023 ) އިޢުލާނާއި ގުޅިގެން ހއ.އިހަވަންދޫ އަންހެނުންގެ ތަރއްޤީއަށް މަސައްކަތް ކުރާކޮމެޓީގެ ލޯގޯ ފަރުމާކޮށްދިނުމަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ރަޖިސްޓީ ވުމުގެ މުއްދަތު އިތުރު ކޮށްފީމެވެ.
  2. މި ޕްރޮޕޯސަލް ހުށަހެޅޭނީ ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނު (ޤަނޫނު ނަންބަރު: 2014/18) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/19) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
  3. މި ޕްރޮޖެކްޓްގައި ރަޖިސްޓްރީ ކުރުމަށް ‏2023‏ ޖުލައި 18 އިން ‏2023‏ ޖުލައި‏ 30 ގެ ނިޔަލަށް [email protected] މެއިލްކުރައްވައިގެން ނުވަތަ 6500256 ނަންބަރަށް ގުޅުއްވައިގެން ރަޖިސްޓްރީ ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.
  4. މިޕްރޮޕޯސަލްއާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ ‏2023‏ ޖުލައި‏ 30‏ ވާ އާދީއްތަ ދުވަހުގެ ކުރިން މި އިޢުލާންގެ 3 ވަނަ ނަންބަރުގައިވާ އެޑްރެހަށް އީމެއިލް މެދުވެރިކޮށް ފޮނުއްވުންއެދެމެވެ.
  5. ލޯގޯ ޕްރޮޕޯސަލް ހުށަހެޅުމަށް ‏2023‏ އޮގަސްޓް 10 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން އިހަވަންދޫ ކައުންސިލް އިދާރާގެ [email protected]  އަށް މެއިލް ކުރެއްވުއެދެމެވެ.
  6. މިޕްރޮޕޯސަލާއި ބެހޭ މަޢުލޫމާތު ފޮތް މިއިޢުލާނާއެކު އާންމު ކުރެވިފައިވާނެއެވެ.
  7. ޕްރޮޕޯސަލާއި ގުޅޭ އިތުރު މަޢުލޫމާތު ތިރީގައިވާ ފަރާތާއި ގުޅުމުން ލިބިވަޑައިގަންނަވާނެއެވެ.

ނަޝީދާ ޢަބުދުﷲ

 އިހަވަންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ނައިބް ރައީސާ

ހއ. އިހަވަންދޫ، ދިވެހިރާއްޖެ

ފޯން:  9126464

މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

 

‏06‏ މުޙައްރަމް‏ 1445

24 ޖުލައި 2023
ހޯދާ