ހައްދުންމަތީ ގަމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ސީނިއަރ އިކޮނޮމިކް ޑިވެލޮޕްމަންޓް އޮފިސަރ

 އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް:

ސީނިއަރ އިކޮނޮމިކް ޑިވެލޮޕްމަންޓް އޮފިސަރ

ރޭންކް:

އެމް.އެސް. 2

ކްލެސިފިކޭޝަން:

ޓެކްނިކަލް އޮފިސަރ ގްރޭޑް 2

ޔުނިޓް/ ސެކްޝަން:

މިއިދާރާގެ އިކޮނޮމިކް ޑިވެލޮޕްމަންޓް ޔުނިޓް

ވަޒީފާ އަދާކުރަންޖެހޭތަން:

ހައްދުންމަތީގަމު ކައުންސިލް އިދާރާ

މުސާރަ:

-/6295 ރުފިޔާ

ސަރވިސް އެލަވަންސް:

-/2000 ރުފިޔާ

ބޭނުންވާ ޢަދަދު:

1 (އެކެއް)

މަޤާމުގެ ޝަރުޠު:

1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

3- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

4 . މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 5 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގެ މަސްއޫލިއްޔަތާއި، ވާޖިބުތައް:

  1. ރަށްރަށުގެ ތަރައްޤީއަށްޓަކައި ނޭޝަނަލް ޑިވެލޮޕްމަންޓް ޕްލޭނާ އެއްއަމާޒަކަށް ތަރައްޤީގެ ޕްލޭންތައް ރާވައިގެން ހިންގުމަށް ކުރަންޖެހޭ ކަންތައްތައް، ޑައިރަކްޓަރުގެ އިރުޝާދުގެމަތިން ކުރުން.
  2. ރަށުގައި ހިންގާ ތަރައްޤީގެ އެކިއެކި ޕްރޮޖެކްޓްތަކާބެހޭ ކަންތައްތައް ބެލެހެއްޓުން.
  3. ރަށުގެ ތަރައްޤީގެ ޕްލޭން ހެދުމާބެހޭ ކަންކަން ކައުންސިލުން އެކަށައަޅާ ގޮތެއްގެ މަތިން ރާވައި ހިންގުމަށް ކުރަންޖެހޭ ކަންތައްތައް ކުރުން. 
  4. ރަށުގެ ރައްޔިތުންގެ ނަމުގައި ޤާއިމުކުރެވިފައިވާ އިންޖީނުގެތަކާއި، އެހެނިހެން އިންވެސްޓްމެންޓްތައް ހިނގާ ނުހިނގާގޮތް ބަލައި، އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.
  5. ބޯފެން އަޅާ ހަން ދޫކުރުމަށް ހިންގޭ މަޝްރޫޢުތަކުގެ ކަންތައްތައް ބެލެހެއްޓުން.
  6. ސަރުކާރުގެ އެކިއެކި ދާއިރާތަކުން ރަށުގައި ހިންގަވާ މަރާމާތުގެ ކަންތައްތައް ބެލެހެއްޓުން.
  7. ޤުދުރަތީ ކާރިސާތަކާއި، ރަށުގައި ހިންގޭ އެކިއެކި ހަރަކާތްތައް ކޯޑިނޭޓްކޮށް ބެލެހެއްޓުން.
  8. ފައިލިންގ ސިސްޓަމް ބެލެހެއްޓުން.
  9. އިޖުތިމާޢީ ބޭނުންތަކަށާއި، އިޤްތިޞާދީ ބޭނުންތަކަށް، ބިމާއި ފަޅު ފަދަ ތަންތަން އިންވެސްޓްކުރުމާއި، ކައުންސިލްގެ ނަމުގައި މިލްކުކުރުމާބެހޭ މަސައްކަތް، ޑައިރެކްޓަރުގެ އިރުޝާދުގެމަތިން ކުރުން.
  10. ކައުންސިލްގެ އެސެޓްތައް ރަޖިސްޓްރީކުރުމާބެހޭ މަސައްކަތް ކުރުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

1 - ތަޢުލީމާއި ތަމްރީން.

2 - މަސައްކަތުގެ ތަޖުރިބާ.

3 - މަސއްކަތުގެ ހުނަރާއި، ފެންވަރާއި، ޤާބިލްކަމާއި، ސިފަތައް.

އިންޓަރވިއުއާއި ޕްރެކްޓިކަލްސް އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނެ ތާރީޚާއި ތަން، އިޢުލާނުގެ މުއްދަތު ހަމަވާތާ، މަސައްކަތުގެ 10 ދުވަހުގެ ތެރޭގައި އެންގޭނެއެވެ. 

މަޤާމަށް އެދެންވީ ގޮތާއި ސުންގަނޑި:

2015 ފެބުރުވަރީ 23 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން، ލ. ގަމު ކައުންސިލް އިދާރާ  

( މަލްޓިޕާޕަސް ބިލްޑިންގ، ލ. ގަން ތުނޑި )

އުޖޫރައާއި ޢިނާޔަތްތައް:

  • އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާއާއި، ބަންދުދުވަހުގެ ފައިސާއާއި، މަސައްކަތަށް ރަނގަޅުނަމަ، ސިވިލް ސަރވިސްގެ މުވައްޒަފުންނާބެހޭ ޤަވާޢިދުގައިވާ ގޮތުގެ މަތިން ވަޒީފާގެ ކުރިއެރުން ދެވޭނެއެވެ. އަދި އަހަރީ ޗުއްޓީގެގޮތުގައި ކޮންމެ އަހަރަކު 30 ދުވަހާއި، ޢާއިލީ ޒިންމާ ޗުއްޓީގެގޮތުގައި 10 ދުވަސް ލިބޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

1. ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމް (އެޕްލިކޭޝަން ފޯމު، ލ. ގަމު ކައުންސިލް އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓް www.csc.gov.mv ން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.)

2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިލަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ސެޓްފިކެޓްތައް (މޯލްޑިވްސް ކޮލިސިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލައި ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ)

4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް. 

5. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ.

5 - ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ).

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރަން ގުޅާނީ، މި އިދާރާގެ ނަންބަރު 6800766 ފޯނާއެވެ. ފެކްސް ނަންބަރަކީ 6800767 އެވެ.

19 ރަބީއުލްއާޚިރު 1436

09 ފެބުރުވަރީ 2015
ހޯދާ