ތިލަދުންމަތީ ދެކުނުބުރީ ކުމުންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ރައްޔިތުންގެ ބައްދަލުވުން
އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫން (ޤާނޫން ނަންބަރ: 2010/7) ގެ 107 ވަނަ މާއްދާއިން ރައްޔިތުންނަށް އާންމުކޮށް ހުޅުވައިލައިގެން ޖުލައި މަހުގައި ބޭއްވުމަށް ލާޒިމްކުރާ ބައްދަލުވުން 30 ޖުލައި 2023 ވަނަ އާދިއްތަ ދުވަހުގެ 13:00 ގައި ކުމުންދޫ ކައުންސިލް އިދާރާގެ މީޓިން ރޫމްގައި އޮއްނާނެއެވެ. މިބައްދަލުވުމަށް ކުމުންދޫގެ އެންމެހާ ރައްޔިތުންނަށް ދަޢުވަތު އަރުވަމެވެ.
އެޖެންޑާ:
- ބައްދަލުވުމުގެ ތައާރަފް
- 2024 ވަނަ އަހަރުގެ ލަފާކުރާ ބަޖެޓް ހިއްސާކޮށް ހިޔާލު ހޯދުން.
- 2024 ވަނަ އަހަރުގެ މަސައްކަތު ތާވަލު ހިއްސާކޮށް ހިޔާލު ހޯދުން.
- ސުވާލާއި ޖަވާބު
ވީމާ، މިކަން އާއްމުކޮށްއެންގުމަށްޓަކައި އިޢުލާންކުރަމެވެ.
23 ޖުލައި 2023
ހޯދާ