ގދ.ފަރެސްމާތޮޑާ މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
މި ކޯޓުގައި ކުރަން ހުރި ބައެއް މަރާމާތުތައް ކުރުން

އިޢުލާން

 

މި ކޯޓުގައި ކުރަން ހުރި ބައެއް މަރާމާތުތައް ކުރުމަށް 03 ޖުލައި 2023 ވަނަ ދުވަހު ކުރި މިކޯޓުގެ ނަންބަރު Q8C/IUL/2023/1 އިއުލާނަށް އެއްވެސް ފަރާތަކުން އަންދާސީހިސާބު ހުށަހަޅާފައިނުވާތީ، އެ އިއުލާން ބާޠިލްކޮށް އަލުން އިއުލާން ކުރަމެވެ. ވީމާ،

  1. މިބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2023 ޖުލައި 23 އިން ފެށިގެން 2023 އޮގަސްޓް 03 އަށް ބަންދުނޫން ކޮންމެ ދުވަހަކު 08:00 އިން 14:00 އަށް މިކޯޓަށް ވަޑައިގެން ރަޖިސްޓްރީކުރެއްވުން އެދެމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީކުރާ ފަރާތްތަކަށެވެ. ރަޖިސްޓްރީކުރާ ފޯމް މެއިލް މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ.
  2. މިބީލަމާ ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2023 އޮގަސްޓް 06 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
  3. މިޕްރޮޖެކްޓާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2023 އޮގަސްޓް 07 ވާ ހޯމަ ދުވަހުގެ 11:00 ގައި މިކޯޓުގައެވެ.
  4. ބީލަން ހުށަހެޅުމާއި ހުޅުވުން އޮންނާނީ  2023  އޮގަސްޓް 10 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި މިކޯޓުގައެވެ.
  5. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ގދ.ފަރެސްމާތޮޑާ މެޖިސްޓްރޭޓް ކޯޓް

ގދ. ގދ.ފަރެސްމާތޮޑާ

ފޯނު: 6840141

އީ-މެއިލް:  [email protected]

ބީލަންފޮތާއި ރަޖިސްޓްރީ ފޯމް، މިއިޢުލާނާއެކު އެޓޭޗްކުރެވިފައިވާނެއެވެ. އަދި މިކޯޓުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.

‏02‏ މުޙައްރަމް‏ 1445

‏20‏ ޖުލައި‏ 2023

      

20 ޖުލައި 2023
ހޯދާ