މާޅޮސްމަޑުލު އުތުރުބުރީ އަނގޮޅިތީމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިސްކިތްތަކަށް ވޭޖް އިމާމުން ، މުދިމުން އަދި މަސައްކަތު މީހުން ހޯދުން

 

މާޅޮސްމަޑުލު އުތުރުބުރި އަނގޮޅިތީމު މިސްކިތްތަކުގެ އިމާމުން ، މުދިމުން އަދި މަސައްކަތު މީހުން އަހަރީ ޗުއްޓީ  އާއި އާއިލީ ޒިންމާ ޗުއްޓީ ނުވަތަ ސަލާމް ޗުއްޓީ ނަންގަވާ ހާލަތްތަކުގައި ވަގުތީގޮތުން އެމަޤާމްތަކުގައި މަސައްކަތްކުރުމަށް ނެގުމަށް އެކުލަވާލެވޭ ވޭޖް ޕޫލްގައި ރަޖިސްޓްރީވުމަށް ފުރުޞަތު ހުޅުވާލަމެވެ.

ވީމާ ވޭޖް ޕޫލްގައި ރަޖިސްޓަރީވުމަށް ޝައުޤުވެރިވާ ފަރާތްތަކުން ރަޖިސްޓަރީވުމަށް ބޭނުންވާ މަޤާމް ބަޔާންކޮށް ސިޓީއަކުން ހުށައެޅުއްވުން އެދެމެވެ. މި ސިޓީއާއި އެއްކޮށް ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއް ހުށަހަޅަންވާނެއެވެ. އަދި ސިޓީ ހުށަހަޅުއްވާއިރު ހުށަހަޅުއްވާ މަޤާމާއިގުޅޭ ސަނަދު/ސަޓިފިކެޓް ލިބިފައިވާނަމަ ސަނަދު/ސަޓިފިކެޓް ގެ ކޮޕީ، އާއި ތަޖްރިބާގެ ލިޔުންއޮތްނަމަ އެ ލިޔުމުގެ ކޮޕީ ހުށަހެޅުއްވުން އެދެމެވެ.

ތިރީގައި އެވަނީ ވޭޖް / ޕޫލް މުދިމު/އިމާމު / މަސައްކަތު މަޤާމް ތަކުގެ އުޖޫރަ ހަމަޖެހިފައިވާ ގޮތުގެ ތަފްސީލެއެވެ.

މަޤާމްގެ ޝަރުޠުތައް

މުދިމް

މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލުކަން ސާބިތުކޮށްދިނުމާއެކު،

  • އިމާމުވެ ނަމާދުކުރަން އެނގޭ މީހެއްތޯ ބެލުމާއި، އިމާމުވެ ނަމާދުކުރެވޭވަރަށް ތަޖުވީދު މަގުން ކީރިތި ޤުރްއާން ކިޔަވަން އެނގޭތޯ ބެލުމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ދެއްވާ ފެންވަރު ބެލުމުގެ އިމްތިޙާނުން ފާސްވެފައިވުން، ނުވަތަ
  • ހުކުރުކުރުމުގެ ހުއްދަ ލިބިފައިވުން.

އިމާމް

  • މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު / ޤާބިލުކަން ސާބިތު ކޮށްދިނުމާއެކު،
  • މުދިމްކަމުގެ ސަނަދު ލިބިފައިވުން ނުވަތަ،
  • ހުކުރުކުރުމުގެ ސަނަދު ލިބިފައިވުން ނުވަތަ،

ދީނީ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

   މުސާރަ

އިމާމްކަމުގެ ޝަރުތު ހަމަވާނަމަ: މަސައްކަތް ކުރާ ކޮންމެ ގަޑިއަކަށް 61.00 ރުފިޔާގެ ރޭޓުން (މަހަކު 150 ގަޑިއިރަށް ވުރެ އިތުރު ނުވާގޮތަށް)

މުދިންކަމުގެ ޝަރުތު ހަމަވާނަމަ: މަސައްކަތް ކުރާ ކޮންމެ ގަޑިއަކަށް 53.00 ރުފިޔާގެ ރޭޓުން (މަހަކު 150 ގަޑިއިރަށް ވުރެ އިތުރު ނުވާގޮތަށް)

މަޤާމްގެ ޝަރުޠުތައް

މަސައްކަތު

  • ޞިއްޙަތު ސަލާމަތުން ހުރުމާއިއެކު ގިނަވަޤުތު މަސައްކަތުގައި އުޅެވޭ މީހެއްކަމުގައިވުން

   މުސާރަ

މަޤާމުގެ ޝަރުޠު ހަމަވާނަމަ: މަސައްކަތް ކުރާ ގަޑިއަކަށް  45.00 ރުފިޔާ

ހުށަހަޅަންޖެހޭ ތާރީޚާއިގަޑި

  • 03 އޮގަސްޓް 2023 (ބުރާސްފަތި) ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން އަދި [email protected] އަށް މެއިލް ކޮށް ހުށަހެޅޭނެއެވެ.
20 ޖުލައި 2023
ހޯދާ