ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސް
ދިވެހިރާއްޖެ
ފުޓްބޯޅަ ކޯޗެއް ހޯދުމަށް

މަޤާމު:
ފުޓްބޯޅަ ކޯޗު (ފިރިހެން)
ބޭނުންވާ އަދަދު:
01
މަޤާމުގެ ބާވަތް:
01 އަހަރު ދުވަހުގެ ކޮންޓްރެކްޓް (މަސައްކަތުގެ ފެންވަރަށް ބެލުމަށްފަހު އެއްބަސްވުން އާ ކުރެވޭނެއެވެ.)
ވަޒީފާ އަދާކުރަން ޖެހޭ ތަން:
ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސް
މުސާރަ:
 5000ރ
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:
  • ހަމަޖެހިފައިވާ ތާވަލަށް ފުޓްބޯޅަ ފަރިތަކުރުންތައް ބޭއްވުން.
މަޤާމުގެ ޝަރުޠުތައް:
ފުޓްބޯޅަ ކޯޗިންގ ސެޓްފިކެޓް ދަށްވެގެން ސީ ލައިސަންސް އޮތުން ނުވަތަ ކްލަބު/ އެކަޑަމީއަކަށްވުން.
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް
  • މަސައްކަތު ތަޖްރިބާ
  • ނަފްސާނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއެކު މަސައްކަތް ކުރުމުގެ ޝައުޤުވެރިކަން އަދި މި ދާއިރާގައި މަސައްކަތް ކޮށްފައިވުން.
ވަޒީފާގެ ދާއިރާތައް:
  • ކޯޗިންގ
ހުށަހަޅަންޖެހޭ ލިޔުންތައް:
 
  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު 
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  4. ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  5. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން  ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  6. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.
މަޤާމަށް އެދެންވީގޮތާއި ސުންގަޑި:
މަޤާމަށް އެދި ހުށަހަޅަންޖެހޭ ފޯމާއި (މިގެޒެޓުގައި އެއްކަރުދާސް ކޮށްފައިވާނެ) ތަކެތި ހުށަހަޅާނީ 30 ޖުލައި 2023 ވާ އާދިއްތަ ދުވަހުގެ 00:00 ގެ ކުރިން، އެސް-އޯ މޯލްޑިވްސްގެ އޮފީހަށް ނުވަތަ އީ-މެއިލް [email protected] މެދުވެރިކޮށެވެ. 
ޝޯޓްލިސްޓް ކުރުމާއި އިންޓަވިއު ކުރުން:
  • މަޤާމުގެ ޝަރުތުތަކާ އެއްގޮތަށް، ތަޖުރިބާއަށް (ހުށަހަޅާފައިވާ ލިޔެކިއުންތައް) ބަލާ ޝަރުތު ފުރިހަމަވާ ފަރާތްތައް ޝޯޓްލިސްޓްކޮށް، އެފަރާތްތަކަށް އިންޓަވިއުއަށް ދަޢުވަތު ދެވޭނެއެވެ.
  • މަޤާމަށް ހޮވޭނީ ފުޓްބޯލަ ކޯޗިންގް ދާއިރާއިން ލިބިފައިވާ ސެޓްފިކެޓުތަކާއި މަސައްކަތު ތަޖުރިބާ އަދި އިންޓަވިއުއަށް ބަލާ (އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ، އެ ބައިވެސް ހިމެނިގެން)، އެންމެ މަތިން މާކްސް ލިބޭ ފަރާތްތަކެވެ.
  • (އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ، އެކަން އިންޓަރވިޔުއަށް ދައުވަތުދޭއިރު އެންގޭނެއެވެ.)
އެސެސްމަންޓް އަދި އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު:
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި އެސެސްމަންޓް އޮންނާނީ 31 ޖުލައި 2023 ވާ ހޯމަ ދުވަހު 13:00 ގައި އެސް-އޯ މޯލްޑިވްސް އޮފީހުގައެވެ. 
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 7939944 އަށެވެ. އީ-މެއިލް ކުރައްވާނީ [email protected]  އަށެވެ.
19 ޖުލައި 2023
ހޯދާ