ޖުޑިޝަލް ސަރވިސް ކޮމިޝަން
ދިވެހިރާއްޖެ
ޑިރެކްޓަރ ބިއުރޯ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލުން

 

ވަޒީފާގެ ފުރުޞަތު

ނަންބަރު:(IUL)195-A-HR/195/2023/28  

ތާރީޚް: 18 ޖުލައި 2023

މި ކޮމިޝަނުން ހުސްވެފައިވާ، ތިރީގައިވާ މަޤާމަށް ކުރިމަތިލުމުގެ ފުރުސަތު  ހުޅުވާލަމެވެ.

މަޤާމް

ޑިރެކްޓަރ ބިއުރޯ

ރޭންކް

އީ.އެކްސް 1

ބޭނުންވާ އަދަދު

01 (އެކެއް)

ކްލެސިފިކޭޝަން

ޑިރެކްޓަރ/ އެގްޒެކެޓިވް

މަސައްކަތް ކުރަންޖެހޭ ތަން

ޖުޑީޝަލް ސަރވިސް ކޮމިޝަން / ބިއުރޯ ސެކްޝަން

އަސާސީ މުސާރަ

-/11642 ރުފިޔާ

އެލަވަންސާއި އިތުރު ގަޑި

- ލިވިންގ އެލަވަންސް : -/3000 ރުފިޔާ

- ނޮން ޕްރެކްޓިސް އެލަވަންސް (އަސާސީ މުސާރައިގެ %50) : -/5821 ރުފިޔާ

- ހާޟިރީ އެލަވަންސް (ހާޟިރީ އެލަވަންސް ދިނުމަށް ކަނޑައަޅާފައިވާ އުސޫލުން) -/200 ރުފިޔާ

އިތުރު ގަޑީގެ މަސައްކަތް ކުރާ ނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ މަސައްކަތަށް އުޖޫރަ ދެވޭނެއެވެ.

 

 

 

އަސާސީ ޝަރުޠު

  1. މަޤާމަށް ބޭނުންވާ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު  މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއެއްގައި 1 އަހަރު ދުވަހުގެ  ތަޖުރިބާ ލިބިފައިވުމާއެކު MS3 ރޭންކުން ފެށިގެން މަތީ ރޭންކެއްގައި މަދުވެގެން 4  އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން  ނުވަތަ،
  2. މަޤާމަށް ބޭނުންވާ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 8 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއެއްގައި 1 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުމާއެކު MS3 ރޭންކުން ފެށިގެން މަތީ ރޭންކެއްގައި މަދުވެގެން 3 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން ނުވަތަ،
  3. މަޤާމަށް ބޭނުންވާ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއެއްގައި 1 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުމާއެކު MS3 ރޭންކުން ފެށިގެން މަތީ ރޭންކެއްގައި މަދުވެގެން 2  އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން ނުވަތަ،
  4. މަޤާމަށް ބޭނުންވާ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 10 ގެ ސަނަދެއް ހާސިލްކޮށްފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު

  1. ކޮމިޝަންގެ ނިންމުންތައް ތަންފީޒްވާ މިންވަރާއި ނިންމުންތައް ތަންފީޒް ކުރުމުގައި ދިމާވާ ގޮންޖެހުންތައް ދެނެގަނެ، އެކަން ސެކްރެޓަރީ ޖެނެރަލްގެ ސަމާލުކަމަށް ގެނައުން.
  2. ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލް ނިންމަންޖެހޭ ނިންމުންތަކުގައި ލިބިފައިވާ އެންމެހާ ލިޔެކިޔުންތައް ފުރިހަމަތޯ ބެލުމާއިއެކު، ނިންމުންތައް ނިންމަންޖެހޭ ވަގުތައް ސެކްރެޓަރީ ޖެނެރަލްއަށް އެރުވުން.
  3. ކޮމިޝަންގެ ޖަލްސާގެ ހާޒިރީ، ޔައުމިއްޔާ، އަދި އެންމެހާ އިދާރީ ކަންތައްތައް ތަރުތީބުން، ކަނޑައެޅިފައިވާ ވަގުތައް ނިންމާތޯ ކަށަވަރުކުރުން އަދި ނުނިމި ހުރި ކަންކަމުގެ ތަފްސީލް ބަލާ އެ މައުލޫމާތު ކަމާގުޅޭ ފަރާތްތަކާ ހިއްސާކުރުން.
  4. ކޮމިޝަންގެ މެމްބަރުން ބައިވެރިވެ ވަޑައިންނަވާ ބައްދަލުވުންތަކުގެ އެންމެހާ ޕްރޮޓޮކޯލްތައް ފުރިހަމައަށް އިންތިޒާމްވެފަވޭތޯ ޗެކްކުރުމާއެކު އެބައްދަލުވުމުގެ ލިޔެކިޔުންތައް ފުރިހަމަކުރުން.
  5. ކޮމިޝަނުގެ ޕީއާރ އަދި މީޑިއާ މަސައްކަތްތަކާއި މިފަދަ ކެމްޕެއިންތައް ރާވާ، އެކަންކަން ހިންގާ ގޮތް ސުޕަވައިޒްކުރުމާއެކު މީޑިއާގައި ކޮމިޝަން އިންޑެކްސް ކުރުމާއެކު މީޑިއާ ރިޕޯޓްއިން ސެކްރެޓަރީ ޖެނެރަލްގެ ސަމާލުކަމަށް ގެންނަންޖެހޭ ކަމެއް ފާހަގަވެއްޖެނަމަ އެކަމެއް ސަމާލުކަމަށް ގެނައުން.
  6. މީޑިއާ އަރކައިވް ބެލެހެއްޓުމުގެ އެންމެ އިސް ރޯލް އަދާކުރުން.
  7. ކޮމިޝަން މެމްބަރުން އެކިއެކި ޖަލްސާތަކުގައި ދައްކާވާހަކަ ރިވިއުކޮށް، ޕަބްލިޝްކޮށް އާރކައިވް ކުރުން.
  8. ކޮމިޝަންގެ ކޮމިއުނިކޭޝަން ފްރޭމްވާރކްގެ ދަށުން ކުރަންޖެހޭ އެންމެހާ ކަންކަން ތަންފީޒް ކުރުން އަދި ކޮމިއުނިކޭޝަން ސިޔާސަތު ހަރުދަނާކުރުން
  9. ދޭ ދޭ ޤައުމުތަކާއި ބައިނަލްއަޤްވާމީ މުއައްސަސާތަކާ އެކު އޮންނަ ގުޅުންތައް ހަރުދަނާކޮށް، ޖުޑީޝަރީއަށް ލިބެމުންދާ އެހީތަކާއި ހިންގާ ޕްރޮޖެކްޓްތަކުގެ ރިކޯޑްތައް ބެލެހެއްޓުން.
  10. ހިލޭ އެހީގެ ދަށުން ހިންގާ ޕްރޮޖެކްޓްތައް ހޯދުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް.
  11. ކޮމިޝަން މެމްބަރުންނާއި ރައީސްގެ ޕްރޮޓޮކޯލް އެންމެހާ ކަންކަން ރަނގަޅަށް ކުރިއަށްދާނެހެން އިންތިޒާމް ކުރުން.
  12. ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ކޮމިޓީގެ ސެކްރެޓޭރިއޭޓް ބެލެހެއްޓުމާއި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންއާ ގުޅިގެން ކުރަންޖެހޭ އެންމެހާ ކަންކަން ވިލެރެސް ކުރުމާ ބެލެހެއްޓުން.

މި ޢިއުލާނުގައިވާ މަޤާމަށް ކުރިމަތިލާ ފަރާތްތަކުން ހުށަހަޅަންޖެހޭ ތަކެތި

  1. ފުރިހަމަކޮށްފައިވާ ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ވަޒީފާއަށް އެދި ހުށަހަޅާ ފޯމް
    1. ވަޒީފާއަށް އެދޭމީހުންގެ ޢިޤްރާރު
    2. މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
    3. ކުރިމަތިލާ ފަރާތުގެ ވަނަވަރު
    4. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ ޓްރާންސްކްރިޕްޓާއެކު
    5. ނޯޓް: ދިވެހި ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒުތަކުން ހިންގާ ތައުލީމާއި ތަމްރީނު ޕްރޮގްރާމްތަކުގެ ތެރެއިން ދިވެހިރާއްޖޭގެ ތައުލީމީ ސަނަދުތަކުގެ އޮނިގަނޑުގައި ކަނޑައެޅިފައިވާ ގިންތިތަކަށް ފެތޭގޮތަށް، އެމް.ކިއު.އޭގެ ހުއްދައާއެކެ 1 ސެޕްޓެމްބަރ 2016 ގެ ފަހުން ހިންގާ ޕްރޮގްރާމްތައް ފުރިހަމަ ކުރުމުން ދޭ ލޯކަލް ސަނަދުތައް އެކްރެޑިޓް ކުރަން ނުޖެހޭނެއެވެ.
    6. މަޤާމަށް ކުރިމަތިލާ ފަރާތަކީ ޤައުމީ ސަނަދުތަކުގެ ލެވެލް ކަނޑައަޅާފައިވާ ފެންވަރުގެ ކޯހެއް ފުރިހަމަކޮށް ސެޓްފިކެޓް ނުލިބޭ ފަރާތެއް ނަމަ، ސެޓްފިކެޓް ލިބުން ލަސްވަމުންދާ ސަބަބު ބަޔާންކޮށް، ކޯސް ފުރިހަމަ ކުރެއްވި ކަމުގެ ރަސްމީ ލިޔުމާއި ނުރަސްމީ ޓްރާންސްކްރިޕްޓް ހުށަހެޅުން.
    7. ކުރު މުއްދަތުގެ ޓްރެއިންގ ޕްރޮގްރާމްތަކާއި، ކޯސްތަށް ފުރިހަމަކޮށްފައިވާނަމަ އެ ލިޔުންތަކުގެ ކޮޕީ
    8. އަދާކޮށްފައިވާ އަދި އަދާކުރަމުންދާ ވަޒީފާތަކާއި، އެމަޤާމުތަކުގެ ކްލެސިފިކޭޝަނާއި، ރޭންކް، މަޤާމުގައި ވީ މުއްދަތު އަދި މަސްޢޫލިއްޔަތު އިނގޭނެ ލިޔުންތަކުގެ ކޮޕީ

ސުންގަޑި

31 ޖުލައި 2023 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން ޖުޑީޝަލް ސަރވިސް ކޮމިޝަން (ހ.ސަކީނާމަންޒިލް / ގްރައުންޑް ފްލޯ) އަށް ހުށަހެޅުއްވުން އެދެމެވެ. ނުވަތަ   [email protected] އަށް މެއިލް ކޮށްދެއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު

  1. ކޮމިޝަންގެ ވަޒީފާއަށް އެދި ހުށަހަޅާ ފޯމް ފުރިހަމަކޮށް އަދި ފޯމާއެކު ހުށަހަޅަންޖެހޭކަމަށް ބަޔާންކޮށްފައިވާ ތަކެތި ބަޔާންކޮށްފައިވާގޮތަށް ހުށަހަޅާފައިނުވާނަމަ އެ ފޯމް ބާތިލްވާނެއެވެ.
  2. މި މަޤާމަށް ކުރިމަތިލާންވާނީ، ކުރިން މަސައްކަތްކޮށްފައިވާ އޮފީސްތަކުންނާއި، އަދި މިހާރުވެސް މަސައްކަތްކުރާ އޮފީހަކުން އެމީހެއްގެ މަސައްކަތާމެދު ދެކޭގޮތް ބަޔާންކޮށްދޭ ރެފްރީޒް ރިޕޯޓު މި ކޮމިޝަނުން ހޯދުމާމެދު އިޢުތުރާޒް ނުކުރާނަމައެވެ.
  3. މެއިލް މެދުވެރިކޮށް އެޕްލިކޭޝަން ފޮނުވާނަމަ، މަޤާމާށް ކުރިމަތިލައްވާ ފަރާތުގެ ފުރިހަމަ ނަމާއި ގުޅޭނެ ފޯނު ނަންބަރު މެއިލްގައި ލިޔަންވާނެއެވެ.
  4. މި އިޢުލާނާ ގުޅިގެން އީމެއިލް މެދުވެރިކޮށް ފޮނުވާ އެޕްލިކޭޝަންއާއެކު ފޮނުވާ ލިޔެކިޔުންތައް ހުންނަންވާނީ ޕީ.ޑީ.އެފް (pdf) ފޯމެޓްގައެވެ. އަދި ފޮނުވާ ލިޔެކިޔުންތައް އޮންލައިން ޑްރައިވްއެއްގައި ފޮނުވާނަމަ، މިކޮމިޝަނަށް ހުޅުވޭ ގޮތަށް އެކްސެސް ދެވިފައިވާންވާނެއެވެ.
  5. މި މަޤާމަށް އެޕްލައިކުރައްވާ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ ހުރިހާ ކެންޑިޑޭޓުންނަށް، މަސައްކަތަށް ބޭނުންވާ ހުނަރު ހުރިތޯ ބެލުމަށް އިމްތިހާނެއް ދިނުމަށް ޕެނަލް މެންބަރުންނަށް ފެންނަ ނަމަ، އިމްތިހާނެއް ދެވޭނެއެވެ. އަދި އޭގެ ފަހުގައި އެ ފަރާތްތައް އިންޓަރވިއަށް ޝޯޓްލިސްޓް ކުރެވޭނެއެވެ.
  6. ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ޤާބިލުކަން ވަޒަންކުރުމަށްޓަކައި ޕްރެޒެންޓޭޝަނެއް ހުށަހަޅަން ޖެހޭނެކަމަށް ޕެނަލްއިން ނިންމައިފިނަމަ، ހުށަހަޅަންޖެހޭ ޕްރެޒެންޓޭޝަންގެ ތަފްޞީލު މަޢުލޫމާތާއެކު، ޕްރެޒެންޓޭޝަން ހުށަހަޅަން ހަމަޖެހިފައިވާ ދުވަހުގެ 2 ދުވަސް ކުރިން ވަޒީފާއަށް އެދިފައިވާ ފަރާތަށް އަންގާނެއެވެ.
  7. އިންޓަރވިއުއަށް ޝޯޓްލިސްޓްކުރެވުނުކަން އަންގާނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވުނު ފަރާތްތަކަށެވެ. އެނޫން ކެންޑިޑޭޓުންނަކަށް އެ ކަމެއް ލިޔުމަކުން ނާންގާނެއެވެ. އިންޓަރވިއުއަށް ޝޯޓްލިސްޓްކޮށް ނިމުމުން އެކަން މި ކޮމިޝަނުގެ ވެބްސައިޓުގައި އާންމުކުރެވޭނެއެވެ.
  8. އިންޓަވިއު ކުރެވުނު ފަރާތްތަކަށް ލިބުނު ޖުމްލަ މާކުސް ދާދި އެއްވަރެއްގައި ހުރި ނަމަ، އިންޓަވިއު ޕެނަލްގެ މެންބަރުންނަށް ފެންނަނަމަ، އެންމެ މަތިން މާކްސް ލިބޭ ފަރާތްތަކުގެ މެދުގައި 2 ވަނަ އިންޓަވިއުއެއް ކުރިއަށް ގެންދެވިދާނެއެވެ.
  9. މި ވަޒީފާއަށް ކުރިމަތިލެއްވުމަށްފަހު ޝޯޓްލިސްޓްކުރެވި އިންޓަރވިއުއަށް ޙާޟިރުވުމަށް ދެންނެވުމުން އިންޓަރވިއުއަށް ޙާޟިރު ނުވާ ފަރާތްތައް ޑިސްކޮލިފައި ކުރެވޭނެއެވެ.

10. ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ވަޒީފާއަށް އެދޭ މީހެއްގައި ހުންނަންޖެހޭނެކަމަށް ބަޔާންކޮށްފައިވާ އިތުރު ޝަރުޠުތައް ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ހިންގާ ޤަވާއިދުގައި ބަޔާންކޮށްފައިވާނެއެވެ. ހިންގާ ޤަވާއިދު www.jsc.gov.mv ވެބްސައިޓުން ލިބެން ހުންނާނެއެވެ.

11. މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަންބަރަކީ 3303501 އެވެ.  ވަޒީފާއަށް އެދޭ ފޯމް، www.jsc.gov.mv ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ. އަދި މި ކޮމިޝަންގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.

18 ޖުލައި 2023
ހޯދާ