ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ
ދިވެހިރާއްޖެ
ސްޓްރެޓަޖިކް ޕްލޭން ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް

މި އޮތޯރިޓީއަށް 3 އަހަރުގެ ސްޓްރެޓަޖިކް ޕްލޭންއެއް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. ވީމާ މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން މި އިޢުލާނާއެކު ޝާއިޢުކޮށްފައިވާ ޓަރމްސް އޮފް ރެފަރެންސް (TOR) ގައި ބަޔާން ކޮށްފައިވާ ގޮތުގެމަތިން މި އޮތޯރިޓީއަށް ޕްރޮޕޯސަލް ހުށަހެޅުއްވުމަށް ދަޢުވަތު އަރުވަމެވެ.

 
ޕްރޮޕޯސަލް ބަލައިގަތުން:
ފައިލް ފޯމެޓް: މި މަސައްކަތަށް ޕްރޮޕޯސަލް ހުށަހަޅުއްވަންވާނީ ޕީޑީއެފް ފޯމެޓް (ޕާސްވޯޑް ޕްރޮޓެކްޓަޑް) ގައި.
ޕްރޮސަލް އީމެއިލްކުރަންޖެހޭ އެޑްރެސް: [email protected] 
ސުންގަޑި : 31 ޖުލައި 2023 ދުވަހުގެ ރޭގަނޑު 23:59:59 ގެ ނިޔަލަށް.
 
ޕްރޮޕޯސަލް ހުޅުވުން
އެޑްރެސް: މއ. އުތުރުވެހި/  5 ވަނަ ފަންގިފިލާ / ކެނެރީމަގު 
ތާރީޚާއި ގަޑި: 01 އޯގަސްޓް 2023 ދުވަހުގެ ހެނދުނު 11:00ގައި
ޕާސްވޯޑް ހިއްސާކުރުން: ޕްރޮޕޯސަލް ހުޅުވުމަށް ކަނޑައަޅާފައިވާ ގަޑިއަށް އޮތޯރިޓީއަށް ހާޒިރުވެ ޕާސްވޯޑް ހިއްސާކުރަންވާނެއެވެ. 
 

ނޯޓް: އޮތޯރިޓީއަށް ވަޑައިގެން އޮތޯރިޓީއާ ހިއްސާކުރާ ޕާސްވޯޑްގައި މައްސަލައެއްޖެހިގެން ޑޮކިއުމަންޓް ނުހުޅުވިއްޖެނަމަ ބިޑް ބާތިލުކުރެވޭނެކަމުގައި ދެންނެވީމެވެ. 

އިތުރު މަޢުލޫމާތެއް ސާފުކުރެއްވުމަށް ބޭނުންފުޅުނަމަ 25 ޖުލައި 2023 ވަނަ ދުވަހު 12:00 ގެ ކުރިން [email protected] އަށް ސުވާލުތައް ފޮނުއްވުން އެދެމެވެ. ހުށަހެޅޭ ސުވާލުތަކާގުޅިގެން ދެވޭ ޖަވާބު އޮތޯރިޓީގެ ވެބްސައިޓް  (www.cmda.gov.mv) ގައި 30 ޖުލައި 2023ގެ 15:00ގެ ކުރިން ޝާއިޢުކުރެވޭނެއެވެ.

17 ޖުލައި 2023
ހޯދާ