ޔުނިވިޔަ ހޯލްޑިންގސް، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ޝޮޕް އެސިސްޓެންޓު (2)

ވަޒީފާގެ ފުރުޞަތު

ޝޮޕް އެސިސްޓެންޓް

މަޤާމު:

02 (ދެއެއް)

ބޭނުންވާ ޢަދަދު:

މުސާރަ އަދި އެލަވަންސް: ނެގޯޝަބަލް

މުސާރައާއި އެލަވަންސް:

-ފިހާރައަށް ވަންނަ ކަސްޓަމަރުންނަށް ހިނިތުންވުމާއެކު މަރުޙަބާ ކިޔާ ގަންނަން ބޭނުންވަނީ ކޮން އެއްޗެއްތޯ އޮޅުންފިލުވާ ދެނެގަތުން

-ފިހާރައިގައި ބެހެއްޓިފައިވާ މުދަލާއި ފިހާރައިން ދެވޭ ޚިދުމަތްތަކާ ބޭހޭގޮތުން ކަސްޓަމަރުން އޮޅުންފިލުވަން ބޭނުންވާ މަޢުލޫމާތު ފޯރުކޮށްދިނުން.

-ފިހާރައިގެ ސޭލްސް ރަނގަޅަށް ރެކޯޑް ކުރެވެމުންދާކަން ޔަޤީންކޮށް ކަށަވަރު ކުރުން

-ހަރުތަކުގައި އެކަށީގެންވާވަރަށް މުދާ ހުރިތޯ ޔަގީންކުރުމާއެކު، މުދާ ވިކެމުންދާ މިންވަރަށް ބަލައި ހަރުތަކުގައި މުދާ ރީސްޓޮކްކުރުން.

-ފިހާރައިގެ ސާފުތާހިރުކަން ޔަގީންކުރުން.

-ޝިފްޓް ފެށޭގަޑި އަދި ޝިފްޓް ނިމޭގަޑީގައި ކޭޝް ޑްރޯވަރ ޓެލީކުރުން.

-ކަސްޓަމަރ ލޯޔަލްޓީ އިތުރުކުރުމަށާއި ފިހާރަ އިސްތިހާރުކޮށް މަޝްހޫރު ކުރުމަށްޓަކާ ފިހާރައިގެ މާކެޓިންގ އަދި ޕްރޮމޯޝަނަލް ސްޓްރެޖީއާއި އެއްގޮތަށް ސޭލްސް އިތުރުކުރުމުގެ މަސައްކަތްތައް ހިންގުން.

 

މަޤާމުގެ މަސްއޫލިއްޔަތުތައް:

 

ތަޢުލީމު:

ސާނަވީ ނުވަތަ އެ އާ އެއް ފެންވަރުގެ އިމްތިޙާނަކުން 4 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި ވުން ނުވަތަ މަސައްކަތާއި ގުޅުން ހުރި ދާއިރާއަކުން ސެޓްފިކެޓް 03 ގެ ސަނަދެއް ޙާސިލުކޮށްފައިވުން.

ތަޖުރިބާ

މަސއްކަތާއި ގުޅުންހުރި ދާއިރާއެއްގައި މަދުވެގެން 01 އަހަރު އުޅެފައިވުން.

 

މަޤާމުގެ ޝަރުތުތައް:

 

ލިސްޓް ކުރެވިފައިވާ އެޕްލިކޭޝަންގެ ލިޔުންތައް ހުށަހަޅާނީ އީމެއިލް މެދުވެރިކޮށް [email protected] އަށް.

ހުށަހަޅަންޖެހޭ ލިޔުންތައް:

-ވަޒީފާއަށް އެދި ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)

-ވަޒީފާގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާ ކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތާއި، ވަޒީފާ އަދާކުރެއްވި މުއްދަތުގެ ފެށުނު ތާރީޚް އަދި ވަޒީފާއިން ވަކިވި ތާރީޚް އެނގޭނެފަދަ ލިޔުމެއް

-ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު

-ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ

-ރާއްޖެއިން ބޭރުގެ ކޮލެޖް/ޔުނިވަރސިޓީއަކުން ކޯހެއް ފުރިހަމަކޮށް ސެޓިފިކެޓް ލިބިފައިނުވާނަމަ، އެޕްލިކޭޝަނާއިއެކު އެމް.ކިއޫ.އޭގެ ކޮލިފިކޭޝަން  އެސެސްމެންޓް ރިޕޯޓެއް ހުށަހަޅަންވާނެއެވެ.

 

އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ ލިޔުންތައް:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ. 

ޝޯޓް ލިސްޓްކުރުން:

މަޤާމަށް އެދެންވީ ސުންގަޑި:

23ޖުލައި 2023 ވާ އާދިއްތަ ދުވަހުގެ މެންދުރު 13:00 ގެކުރިން  [email protected] އަށް އީމެއިލް މެދުވެރިކޮށް.

ނޯޓު :

- މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް އެންގޭނީ އިންޓަވިއުކޮށް ނިމުމަށްފަހުގައެވެ

16 ޖުލައި 2023
ހޯދާ