ޔުނިވިޔަ ހޯލްޑިންގސް، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ޝޮޕް އެސިސްޓެންޓު (2)

މި އިޢުލާންވަނީ 16 ޖުލައި 2023 13:33 ގައި ބާތިލް ކުރެވިފައެވެ.


 

ވަޒީފާގެ ފުރުޞަތު

ޝޮޕް އެސިސްޓެންޓް

މަޤާމު:

02 (ދެއެއް)

ބޭނުންވާ ޢަދަދު:

މުސާރަ އަދި އެލަވަންސް: ނެގޯޝަބަލް

މުސާރައާއި އެލަވަންސް:

  • ފިހާރައަށް ވަންނަ ކަސްޓަމަރުންނަށް ހިނިތުންވުމާއެކު މަރުޙަބާ ކިޔާ ގަންނަން ބޭނުންވަނީ ކޮން އެއްޗެއްތޯ އޮޅުންފިލުވާ ދެނެގަތުން
  • ފިހާރައިގައި ބެހެއްޓިފައިވާ މުދަލާއި ފިހާރައިން ދެވޭ ޚިދުމަތްތަކާ ބޭހޭގޮތުން ކަސްޓަމަރުން އޮޅުންފިލުވަން ބޭނުންވާ މަޢުލޫމާތު ފޯރުކޮށްދިނުން.
  • ފިހާރައިގެ ސޭލްސް ރަނގަޅަށް ރެކޯޑް ކުރެވެމުންދާކަން ޔަޤީންކޮށް ކަށަވަރު ކުރުން
  • ހަރުތަކުގައި އެކަށީގެންވާވަރަށް މުދާ ހުރިތޯ ޔަގީންކުރުމާއެކު، މުދާ ވިކެމުންދާ މިންވަރަށް ބަލައި ހަރުތަކުގައި މުދާ ރީސްޓޮކްކުރުން.
  • ފިހާރައިގެ ސާފުތާހިރުކަން ޔަގީންކުރުން.
  • ޝިފްޓް ފެށޭގަޑި އަދި ޝިފްޓް ނިމޭގަޑީގައި ކޭޝް ޑްރޯވަރ ޓެލީކުރުން.
  • ކަސްޓަމަރ ލޯޔަލްޓީ އިތުރުކުރުމަށާއި ފިހާރަ އިސްތިހާރުކޮށް މަޝްހޫރު ކުރުމަށްޓަކާ ފިހާރައިގެ މާކެޓިންގ އަދި ޕްރޮމޯޝަނަލް ސްޓްރެޖީއާއި އެއްގޮތަށް ސޭލްސް އިތުރުކުރުމުގެ މަސައްކަތްތައް ހިންގުން.

 

މަޤާމުގެ މަސްއޫލިއްޔަތުތައް:

 

ތަޢުލީމު:

  • ސާނަވީ ނުވަތަ އެ އާ އެއް ފެންވަރުގެ އިމްތިޙާނަކުން 4 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި ވުން ނުވަތަ މަސައްކަތާއި ގުޅުން ހުރި ދާއިރާއަކުން ސެޓްފިކެޓް 03 ގެ ސަނަދެއް ޙާސިލުކޮށްފައިވުން.

ތަޖުރިބާ

  • މަސއްކަތާއި ގުޅުންހުރި ދާއިރާއެއްގައި މަދުވެގެން 01 އަހަރު އުޅެފައިވުން.

 

މަޤާމުގެ ޝަރުތުތައް:

 

  • ލިސްޓް ކުރެވިފައިވާ އެޕްލިކޭޝަންގެ ލިޔުންތައް ހުށަހަޅާނީ ތިރީގައިވާ ގޫގުލް ލިންކް މެދުވެރިކޮށެވެ.
  • ގޫގުލް ލިންކް: -
  • ވަޒީފާއަށް އެދި ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)
  • ވަޒީފާގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާ ކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތާއި، ވަޒީފާ އަދާކުރެއްވި މުއްދަތުގެ ފެށުނު ތާރީޚް އަދި ވަޒީފާއިން ވަކިވި ތާރީޚް އެނގޭނެފަދަ ލިޔުމެއް
  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު
  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ
  • ރާއްޖެއިން ބޭރުގެ ކޮލެޖް/ޔުނިވަރސިޓީއަކުން ކޯހެއް ފުރިހަމަކޮށް ސެޓިފިކެޓް ލިބިފައިނުވާނަމަ، އެޕްލިކޭޝަނާއިއެކު އެމް.ކިއޫ.އޭގެ ކޮލިފިކޭޝަން  އެސެސްމެންޓް ރިޕޯޓެއް ހުށަހަޅަންވާނެއެވެ.

 

އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ ލިޔުންތައް:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ. 

ޝޯޓް ލިސްޓްކުރުން:

މަޤާމަށް އެދެންވީ ސުންގަޑި:

23 ޖުލައި 2023 ވާ އާދިއްތަ ދުވަހުގެ މެންދުރު 13:00 ގެކުރިން  [email protected] އަށް އީމެއިލް މެދުވެރިކޮށް.

 ނޯޓު :

  • އިޢުލާނުގައި ބަޔާންކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް ގޫގުލް ފޯމުގައި ހުށަހަޅަންވާނެއެވެ.
  • މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް އެންގޭނީ އިންޓަވިއުކޮށް ނިމުމަށްފަހުގައެވެ.
16 ޖުލައި 2023
ހޯދާ