އަރިއަތޮޅު ދެކުނުބުރީ ކުނބުރުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިޖްތިމާޢީ ސަރަޙައްދު ސާފުކުރާނެ ފަރާތެއް ހޯދުން

މިރަށު އިޖްތިމާޢީ ސަރަޙައްދު ސާފުކުރުމުގެމަސައްކަތަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 17 ޖުލައި 2023 ވާ ހޯމަ ދުވަހު ކައުންސިލްގެ އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 20 ޖުލައި 2023 ވާ ބުރާސްފަތި ދުވަހު 13:30 އަށް ކައުންސިލްގެ އިދާރާއަށް ދުރުވެ، ބިޑް ހުށަހެޅުއްވުން އެދެމެވެ.

              މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް އަދި ބިޑް ހުށައެޅުއްވުމަށް ބަދަލުގައި އެހެން ފަރާތެއް ފޮނުވާނަމަ، އެކަން ބަޔާންކޮށް ވެރިފަރާތުގެ ސިޓީއަކާއި، ވެރިފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑްގެ ކޮޕީ ބަދަލުގައި ހާޒިރުވާ ފަރާތުން  ގެންނަވަންވާނެއެވެ. އަދި މިމަސައްކަތައް ބިޑް ހުށައެޅޭނީ މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިވާ ފަރާތްތަކަށް އެކަންޏެވެ.

            އިޖްތިމާޢީ ސަރަޙައްދު ބިޑްކުރުމަށް މިފަހަރުވެސް ހަމަޖެހިފައިވަނީ އިޖްތިމާޢީ ސަރަޙައްދު ދެބަޔަކަށް ބަހާލުމަށްފަހު ދެބައި ދެފަރާތަކަށް ދޭ އުސޫލުންނެވެ.

މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހެޅުއްވޭނީ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު 18/2014 ގެ ދަށުންރަޖިސްޓްރީވެފައިވާ ކުންފުނިތަކަށާއި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު 19/2014 ގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ. އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ ރަސްމީ ގަޑީގައި 6680053 ފޯނަށް ގުޅުއްވުން އެދެމެވެ.

13 ޖުލައި 2023
ހޯދާ