ހުވަދުއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސްޖިދުލް ޙަތީބް އަޙްމަދުތަކުރުފާން އަދި މަސްޖިދުލް ފަލާޙަށް ދިމާވާ ކަރަންޓް މައްސަލަ ހައްލުކުރުން

           މަސްޖިދުލް ޙަތީބް އަޙްމަދުތަކުރުފާން އަދި މަސްޖިދުލް ފަލާޙަށް ދިމާވާ ކަރަންޓް މައްސަލަ ހައްލު ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

            ވީމާ، މިމަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން މިއިދާރާއަށްދުރުވެ، މަޢުލޫމާތު ސާފްކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުންއެދެމެވެ.  މި ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

          މި މަސައްކަތަށް އަގު ހުށަހަޅުއްވާނީ މިއިދާރާއިން ދޫކުރާ އަންދާސީ އަގު ހުށަހަޅާ ފޯމުގައެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާއިރު ހުށަހަޅުއްވާ ވިޔަފާރި ރެޖިސްޓްރީގެ ކޮޕީ އަދި  ބަދަލުގައި ބޭފުޅަކު ފޮނުއްވާ ނަމަ ބަދަލުގައި ފޮނުވާފަރާތުގެ ނަމާއި އެޑްރެސް އެނގޭގޮތަށް ހުށަހަޅާފަރާތުގެ ސިޓީއަކާއެކު ހުށަހެޅުއްވުންއެދެމެވެ.

 

ތާރީޚް

ގަޑި

މަޢުލޫމާތު ސާފްކުރުން (ކައުންސިލްއިދާރާގެ ހޯލްގައި)

16 ޖުލައި 2023 (އާދިއްތަ)

11:00

އަންދާސީ ހިސާބު ހުށަހެޅުން (ކައުންސިލްއިދާރާގެ ހޯލްގައި)

18 ޖުލައި 2023 (އަންގާރަ)

11:00

          މަޢުލޫމާތު ސާފްކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށާއި ގަޑިޖެހިގެން ވަޑައިގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަވެސް މަޢުލޫމާތައްޓަކާ ދެންނެވީމެވެ.  އަންދާސީ ހިސާބު ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި އިޢުލާން ނަންބަރާއި ބިޑްކުރެވޭ މަސައްކަތް ލިޔެ، އެޑްރެސްކުރެވިފައި އޮންނަންވާނެއެވެ.

          މިހެންވެމިކަން ޢާންމުކޮށް އެންގުމަށްޓަކާ އިޢުލާންކުރީމެވެ.

                  24  ޛުލްޙިއްޖާ  1444

12 ޖުލައި 2023
ހޯދާ