ކ.އަތޮޅު މަދަރުސާ
ދިވެހިރާއްޖެ
އެޑްމިން އޮފިސަރ (ވޭޖް)

އިޢުލާނު

 

މަޤާމު:

އެޑްމިނިސްޓްރޭޓިވް އޮފިސަރ  (ވަގުތީ)

މަޤާމުގެ ނަންބަރު:

J-123111

ބޭނުންވާ އަދަދު:

01

މަޤާމުގެ ގިންތި:

ވަގުތީ

މަޤާމުގެ މުއްދަތު:

ކޮންޓްރެކްޓް ކުރާ ދުވަހުންފެށިގެން 6 މަސްދުވަސް

މަޤާމުގެ ރޭންކު:

GS-03

މަޤާމުގެ ކްލެސިފިކޭޝަން:

ޖެނެރަލް ސަރވިސަސް

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ކ. އަތޮޅު މަދަރުސާ ، ކ. ކާށިދޫ

މުސާރަ:

 

ރޭންކް

މަހެއްގެ މައްޗަށް ދެވޭނެ އުޖޫރައިގެ މިންވަރު (ސަރވިސް އެލަވަންސް އާއި އެކު)

ދުވާލަކަށް ދެވޭނެ އުޖޫރައިގެ މިންވަރު

1 ގަޑިއިރަށް ދެވޭނެ އުޖޫރައިގެ މިންވަރު

ޖީ.އެސް 3

5965

271.14

45.19

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

މައިގަނޑު މަސައްކަތް

 

  1. ދަރިވަރުންގެ މެއިން ރަޖިސްޓްރީގެ ސޮފްޓް އަދި ހާރޑް ކޮޕީ އަޕުޑޭޓްކޮށް ބެލެހެއްޓުން.
  2. މެމިސް އާއި ގުޅޭއެންމެހާ ކަންކަން ބަލައި އަޕްޑޭޓް ކޮށް ބެލެހެއްޓުން
  3. ޕްރިންސިޕަލްގެ ލަފާގެ މަތީން ހިންގަމުންދާ އަހަރުގެ ޑިސެމްބަރ މަހުގެ 31 ގެ ކުރިން އަހަރީ ރިޕޯޓް ނިންމުން.
  4. 10 ޕްލަސް ޝީޓް އަފްޑޭޓްކޮށް ބެލެހެއްޓުން
  5. ދަރިވަރުންނާއި ގުޅޭގޮތުން ލިޔެ ފޮނުވަންޖެހޭ ސިޓީ،މެސެޖް،ނޯޓް ފަދަ ތަކެތި ލިޔެ ފައިލްކޮށް ބެލެހެއްޓުން.
  6. ކޮންމެ އަހަރެއްގެ ކުލާސް ލިސްޓާއި ދަރިވަރުންގެ އެންރޯލްމަންޓް އަޕުޑޭޓުކޮށް ބެލެހެއްޓުން.
  7. އޯލެވެލް އާއި އޭލެވެލް އަދި އެފަދަ އިމްތިހާންތަކާ ގުޅޭ ކަންކަން ބެލެހެއްޓުން.
  8. ދަރިވަރުންގެ ލީވިންގ ސެޓުފިކެޓާ ގުޅޭ އެންމެހާ މަސައްކަތްތައް ކުރުން.
  9. ދަރިވަރުންގެ ސަލާމާއި ގުޅޭ ކަންކަން ޤަވާއިދާ އެއްގޮތަށް ބެލެހެއްޓުން.
  10. މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން އަންގާގޮތެއްގެ މަތީން އަހަރުގެ ކިޔެވުން ނިމުމުން ދަރިވަރުންގެ ޓެކްސްޓްފޮތްތައް އަނބުރާ ނެގުން.
  11. ކުރިއަށް އޮންނަ އަހަރުގެ ސްޓޭޝަނަރީޒް ވައުޗަރ ދޫކޮށް ފޮތްތައް ބެލެނިވެރިންނާއި ހަވާލުކުރުން.
  12. އިނާމްދިނުމުގެ ޖަލްސާއާއި ގުޅިގެން އިދާރީގޮތުން ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން.
  13. މެދުވެރިވާ ތަފާތު ހާލަތްތަކާ ގުޅިގެން ހަވާލުކުރެވޭ އެހެނިހެން އިދާރީ މަސައްކަތްތައް ކުރަމުން ގެންދިޔުން.
  14. މަދަރުސާއިން ކަނޑައަޅާ ގޮތެއްގެ މަތީން އޮފީސް ހުޅުވާ ލެއްޕުން.
  15. ސުކޫލާއި ސުކޫލުން ބޭރުގައި މަދަރުސާއިން  ހިންގާ ޙަރަކާތްތަކުގައި މުވައްޒަފުގެ ދާއިރާއިން ކުރެވިދާނެފަދަ މަސައްކަތްތައް މަދަރުސާއިން އަންގާ ގޮތެއްގެ މަތިން ޒިންމާދާރުކަމާއެކު ކުރަމުން ގެންދިޔުން.
  16. މަދަރުސާގެ ތަންތަނާ ތަކެއްޗަށް ގެއްލުމެއް ލިބިފައިވާކަން އެނގިއްޖެނަމަ ނުވަތަ ގެއްލުމެއް ލިބޭފަދަ ކަމެއް ހިނގާފާނެކަމަށް ބެލެވޭނަމަ އެކަމެއް ރިޕޯޓުކޮށް އެކަމަކުން ސަލާމަތްވުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއްކުރުން.
  17. މެދުވެރިވާ ތަފާތު ހާލަތްތަކާ ގުޅިގެން ހަވާލުކުރެވޭ އެހެނިހެން އިދާރީ މަސައްކަތްތައް ކުރަމުން ގެންދިޔުން.
  18. މަދަރުސާއިން ފޯރުކޮށްދޭން ޖެހޭ އެންމެހާ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި މުވައްޒަފަށް ލިބިފައިވާ ހުނަރުވެރިކަމާއި ޤާބިލްކަން ބޭނުންކުރަންޖެހޭ ހާލަތްތަކުގައި އެފަދަ ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދީ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް މަސައްކަތްކުރުން.
  19. ތަނުގެ އާއްމުމަސްލަހަތާއި ތަކެއްޗާއި އެހެނިހެން މުވައްޒަފުނާއި ޚިދުމަތް ލިބިގަންނަ ފަރާތްތަކަށް ގެއްލުން ލިބޭފަދަ ކަންކަމުން ދުރުހެލިވުމާއި އެފަދަ ކަންކަމުން މަދަރުސާގެ ތަކެއްޗާއި މުވައްޒަފުންނާއި ޚިދުމަތް ހޯދާ ފަރާތްތައް ރައްކާތެރި ކުރުމަށް މަސައްކަތްކުރުން.
  20. ސުކޫލާއި ސުކޫލުން ބޭރުގައި ދަރިވަރުންނަށް ނަމޫނާއަކަށް ވުމާއި ދަރިވަރުންގެ އަޚުލާޤު ރަނގަޅުކުރުމަށް އެމުވައްޒަފެއްގެ ލަޔާޤަތާ ޤާބިލިއްޔަތުކަން ތަންދިން އެންމެ މަތީދަރަޖައަކަށް މަސައްކަތްކުރުން.
  21. މަދަރުސާއާއި ސިވިލްސަރވިސްގެ ގަވާއިދުތަކަށް ހުރުމަތް ތެރިކޮށް ހިތުން.
  22. މަދަރުސާއިން ހާސިލްކުރުމަށް ކަނޑައަޅާ ލަނޑުދަނޑިތައް ޙާސިލްކުރުމަށް އެމުވައްޒަފެއްގެ ދާއިރާއިން ވެދޭންޖެހޭ އެހީތެރިކަން ފޯރުކޮށް ދިނުން.
  23. މަދަރުސާގެ މުވައްޒަފުންނާއި މަދަރުސާއިން ފޯރުކޮށްދޭ ޚިދުމަތާމެދު  އާއްމުންގެ އިތުބާރު ގެއްލޭފަދަ އެއްވެސް އަމަލެއް ނުކުރުން.

މަޤާމުގެ ޝަރުޠުތައް:

  1. މަގާމުގެ މަސައްކަތާއިގުޅޭ ދާއިރާ އަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއިއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

(ގުޅުންހުރި ދާއިރާތައް: އެކައުންޓިންގ، ފައިނޭންސް، ބިޒިނަސް، އިންފޮމޭޝަން ޓެކްނޮލޮޖީ)

ނުވަތަ

  1. ސާނަވީ އިމްތިހާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއިއެކު، އޭގެއިތުރުން ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މިމާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން

މަޤާމުގެ ތަޢުލީމީ ރޮނގުތައް ޝަރުޠުގެ ބައިގައި ހިމަނަންވާނެއެވެ.

-          ހިއުމަން ރިސޯސް މެނޭޖްމަންޓް

-          ބިޒްނަސް އެޑްމިނިސްޓްރޭޝަން

މަޤާމުގެ މަސައްކަތުގެ ދާއިރާތައް ޝަރުޠުގެ ބައިގައި ހިމަނަންވާނެއެވެ.

-          ހިއުމަން ރިސޯސް މެނޭޖްމަންޓް

-          ބިޒްނަސް އެޑްމިނިސްޓްރޭޝަން

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.) http://www.csc.gov.mv/dv/downloads/15151
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކް ފޯމު".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2021 (ދެވަނަ އިޞްލާޙު) ގެ 12 ވަނަ ނަންބަރުގައި ހިމަނާފައިވާނެއެވެ.

 

ހ. ޙާޞިލްކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން

ށ. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

ނ. ޤާބިލުކަން ކަށަވަރުކުރުމަށް ބާއްވާ އިމްތިހާން އަދި އިންޓަވިއުއަށް ބަލައިގެން

ނޯޓް:

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2023 ޖުލައި 20 ގެ 14:00 ގެ ކުރިން، ކ.އަތޮޅުމަދަރުސާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

 

އިންޓަރވިއު (އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ، އެ ބައި ވެސް ހިމެނުން) އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި އިމްތިޙާނު އޮންނާނީ، 2023 ޖުލައި 23 އާއި 2023 ޖުލައި 25 އާ ދެމެދު، ކ.އަތޮޅުމަދަރުސާގައެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6640036 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަންކުރުމުގެ އުޞޫލާގުޅޭ" (http://www.csc.gov.mv/recruitment-usoolu) އިން ލިބެން ހުންނާނެއެވެ.

12 ޖުލައި 2023
ހޯދާ