ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަން
ދިވެހިރާއްޖެ
ސީނިއަރ އެކައުންޓްސް އޮފިސަރ

 (IUL)462/HR/1/2023/13 :ނަންބަރު

ވަޒީފާގެ ފުރުޞަތު

މަޤާމް:

ސީނިއަރ އެކައުންޓްސް އޮފިސަރ

ކްލެސިފިކޭޝަން:

އެމް.އެސް 1

ބޭނުންވާ އަދަދު:

01

ބާވަތް

ދާއިމީ

މަސައްކަތް ކުރަންޖެހޭ ތަން:

ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން / ކ. މާލެ

އަސާސީ މުސާރަ:

7,100.00 ރުފިޔާ

ލިވިންގ އެލަވަންސް:

4,000.00 ރުފިޔާ

ނޮންޕްރެކްޓިސް އެލަވަންސް:

އަސާސީ މުސާރައިގެ %45 (3,195.00ރުފިޔާ)

ކޮމިޝަނުގެ މުވައްޒަފުންނަށް ލިބިދެވޭ އެހެނިހެން އިނާޔަތްތައް:

 

  • ޤާނޫނު ނަންބަރު 2008/2 (ވަޒީފާއާ ބެހޭ ޤާނޫނު) ގައި ބަޔާންކޮށްފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ހަމަޖައްސައި ދެވޭނެއެވެ.

މަޤާމުގެ މައިގަނޑު މަސައްކަތް

  1. ކޮމިޝަނުން ފައިސާ ދައްކަންޖެހޭ ފަރާތްތަކަށް ޤަވާއިދުން ފައިސާދެއްކުމާގުޅޭ އެންމެހައި މަސައްކަތް ކުރުމާއި ކޮމިޝަނުން ރާއްޖޭން ބޭރަށާއި އަތޮޅުތަކަށް ކުރަންޖެހޭ ދަތުރުތަކަށް ބޭނުންވާ ފައިސާގެ އިންތިޒާމު ހަމަޖެއްސުމާއި ސެކްޝަނުގެ ވެރިޔާގެ އިރުޝާދާ އެއްގޮތަށްކޮމިޝަނުގެ ބަޖެޓް ތައްޔާރުކޮށް ކަނޑައެޅިފައިވާ ދުވަހަށް ސިސްޓަމަށް އެޅުން.
  2. ކޮމިޝަނުގެ އަހަރީ ފައިނޭޝަލް ސްޓޭޓްމަންޓް ތައްޔާރުކުރުމާއި ކަމާބެހޭ އިދާރާތަކަށް ފޮނުވުމާއި، ބަޖެޓުން ޚަރަދުކުރެވޭ ފައިސާގެ ރިޕޯޓްތައް ތައްޔާރުކޮށް، ރިކޮންސައިލްކުރުމާއި ތިޖޫރީ ރިޕޯޓު އަދި އާމްދަނީ ރިޕޯޓު ތައްޔާރުކޮށް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.
  3. ފައިސާ ބަލައިގަތުމާއި ޖަމާކުރުމާއި ދުވަހު ހިސާބު ތައްޔާރުކުރުމާއި، ޕެޓީކޭޝް ފައިސާގެ ރެކޯޑު ބެލެހެއްޓުމާއި ފައިސާ މެނޭޖުކުރުން
  4. ފައިނޭންޝަލް އޮޑިޓާއި ގުޅިގެން ކުރަންޖެހޭ އެންމެހާ މަސައްކަތްކުރުން.
  5. ބަޖެޓުން ޚަރަދުކުރެވޭ ފައިސާގެ ބާކީ ބެލެހެއްޓުން (ބަޖެޓް ތަފްސީލް ބެލެހެއްޓުން)، އަދި ބަޖެޓުން ޚަރަދުކުރެވޭ ފައިސާގެ މަސް ދުވަހުގެ ރިޕޯޓާއި އާމްދަނީ ރިޕޯޓް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވަންޖެހޭ ތާރީޚުތަކުގެ ކުރިން ފޮނުވުން.
  6. މަސްދުވަހުގެ ބަޖެޓް ބާކީ ރިޕޯޓާއި، ސެޕްގެ ބާކީއާ ދިމާވޭތޯ ބަލާ ރިކޮންސައިލް ކުރުން ފޮނުވުން.
  7. ފިނޭންސް މިނިސްޓްރީގެ އެކައުންޓިންގ ސޮފްވެއަރ (ސެޕް) މެދުވެރިކޮށް ކުރާ ފައިސާއާއި ބެހޭ އެންމެހާ މުއާމަލާތްތައް ބެލެހެއްޓުން.
  8. ކޮމިޝަންގެ ބަޖެޓްއާއި ބެހޭ ގޮތުން ފިނޭންސް މިނިސްޓްރީ އާއި ކުރަންޖެހޭ މުއާމަލާތްތައް ކުރުމާއި  ފޮނުވަންޖެހޭ، ސިޓީ ރިޕޯޓް ފަދަ ތަކެތި ފޮނުވުން.
  9. ބަޖެޓް ކޮންޓްރޯލް ފޯމްތައް ހަދާ މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީއަށް ފޮނުވައި، ފޯމްތަކުގެ ސްޓޭޓަސް ބެލެހެއްޓުން.
  10. މަޤާމުގެ މަސްއޫލިއްޔަތާގުޅޭ ގޮތުން ޙަވާލުކުރެވޭ އެހެނިހެން މަސައްކަތްތައް ކުރުން.

މަޤާމުގެ އަސާސީ ޝަރުޠު:

  1. މަގާމުގެ މަސައްކަތާގުޅޭ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ޙާޞިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއެއްގައި މަސައްކަތްކޮށް 3 އަހަރު ދުވަހުގެ މަސައްކަތުގެ  ތަޖުރިބާ ލިބިފައިވުން. ނުވަތަ

2. މަގާމުގެ މަސައްކަތާގުޅޭ ދާއިރާއަކުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ޙާސިލް ކޮށްފައިވުމާއެކު މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި މަސައްކަތްކޮށް 5 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. 

ގުޅޭ ތައުލީމީ ދާއިރާތައް:

  • ފައިނޭންސް
  • އެކައުންޓިންގ
  • ބިޒްނަސް މެނޭޖްމެންޓް

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަކޮށްފައިވާ ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުގެ ވަޒީފާއަށް އެދޭ ފޯމް. (މި ފޯމު ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުގެ ވެބްސައިޓުން ޑައުންލޯޑްކުރެވެން ހުންނާނެއެވެ. https://v2.nic.gov.mv/downloads)
  2. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ. (ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ގޮތަށް(
  3. މަޤާމަށް އެދޭފަރާތުގެ ވަނަވަރު (ސީވީ). (ގުޅޭނެ ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  4. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ. (އަދި ކޯސް ފުރިހަމަކުރިކަމުގެ ލިޔުން ހުށަހަޅާ ނަމަ، ފުރިހަމަކޮށްފައިވާ ކޯހުގެ ފެންވަރު ބަޔާންކޮށް އެ އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓް ހުށަހަޅަން ވާންވާނެއެވެ.)    

  1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ދައުލަތުގެ އަދި ސިވިލް ސަރވިސްގެ އިދާރާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި ވަޒީފާގެ މަސްއޫލިއްޔަތު ނުވަތަ ވާޖިބުތައް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

 (ށ)   ދިވެހިރާއްޖޭގައި ހިންގާ ރިޒޯޓުތަކާއި އެ ރިޒޯޓުތަކުގެ މައި އޮފީހުން ދޫކޮށްފައި ހުންނަ ތަޖުރިބާ އަންގައިދޭ ލިޔުންތަކާއި، މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖްގައި ލިސްޓުކޮށްފައިވާ އަމިއްލަ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައި ވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި ވަޒީފާގެ މަސްއޫލިއްޔަތު ނުވަތަ ވާޖިބުތައް ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން.

(ނ)  އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް، އެ ތަނަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްޢިއްޔާ ނުވަތަ ޖަމާޢަތެއްގައި މަސައްކަތްކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް، އެ ތަނަކުން ދޫކޮށްފައިވާ ލިޔުން.

މަގާމަށް  ކުރިމަތިލާ ފަރާތްތަކަށް ޕޮއިންޓްދޭނެ މިންގަނޑު:

  1. އަސާސީ ޝަރުތު ހަމަވުން: 30 ޕޮއިންޓް
  2. އަސާސީ ޝަރުތަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ: 10 ޕޮއިންޓް
  3. އިމްތިހާނު ނުވަތަ ޕްރެކްޓިކަލް : 20 ޕޮއިންޓް
  4. އިންޓަރވިއު: 40 ޕޮއިންޓް

ޝޯޓްލިސްޓް ކުރުން

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ވަޒީފާއާގުޅޭ މަސައްކަތުގެ ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓް ލިބޭ 10 ފަރާތް ޝޯޓުލިސްޓް ކުރެވޭނެއެވެ.

އިންޓަރވިއު، ޕްރެޒެންޓޭޝަން އަދި އިމްތިޙާނު އޮންނާނެ ތަނާއި، މުއްދަތު:

މި މަގާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއުއާއި އިމްތިޙާނު އޮންނާނީ 2023 ޖުލައި 30 އިން އޮގަސްޓް 17 އާ ދެމެދު ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަންގައެވެ. ވުމާއެކު، އެ މުއްދަތުގައި އިންޓަރވިއުއާއި އިމްތިޙާނަށް ތައްޔާރުވެގެން ތިބުމަށްވެސް ދަންނަވަމެވެ.

މަގާމަށް އެދެންވީ ގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2023 ޖުލައި 23 ވާ އާދިއްތަ ދުވަހުގެ 14:00 ގެ ކުރިން، ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުގެ އިދާރާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް ([email protected]) މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އީމެއިލް މެދުވެރިކޮށް ފޮނުވާ އެޕްލިކޭޝަން ފޯމާއި ލިޔެކިޔުންތައް ބަލައިގަނެވޭނީ ކަނޑައަޅާފައިވާ ސުންގަޑީގެ ނިޔަލަށް ހުށަހަޅާފައި ވާނަމައެވެ.  ސުންގަޑީގެ ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

ނޯޓް: މި މަގާމަށް މުވައްޒަފަކު ހޮވުމުގައި ސަރުކާރުގެ އެކައުންޓިންގ ސޮފްޓްވެއަރ "އެސްއޭޕީ" ބޭނުން ކުރުމުގެ އަމަލީ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.

 

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 3001343 ނަންބަރު ފޯނާއެވެ. މިކޮމިޝަނުގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަނުކުރުމުގެ މިންގަނޑުތަކާއި އުޞޫލު އަދި ކޮމިޝަނުގެ ވަޒީފާއަށް އެދޭ ފޯމު ކޮމިޝަނުގެ ވެބްސައިޓް(https://v2.nic.gov.mv/downloads)އިން ލިބެން ހުންނާނެއެވެ.އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ނަންބަރު 3001343 ފޯނާ ގުޅުއްވުން އެދެމެވެ.

 

   

23 ޛުލްހިއްޖާ 1444

11 ޖުލައި 2023

11 ޖުލައި 2023
ހޯދާ