ހެލްތު ޕްރޮޓެކްޝަން އެޖެންސީ
ދިވެހިރާއްޖެ
ހެލްތު ޕްރޮޓެކްޝަން އެޖެންސީ އިން ދެމުންދާ ބައެއް ޚިދުމަތްތައް "ވަންގަވް" މެދުވެރިކޮށް ދިނުމާ ގުޅޭ

އިޢުލާން  

ހެލްތު ޕްރޮޓެކްޝަން އެޖެންސީ އިން ދެމުންދާ ބައެއް ޚިދުމަތްތައް "ވަންގަވް" މެދުވެރިކޮށް ދިނުމާ ގުޅޭ 

 

ހެލްތު ޕްރޮޓެކްޝަން އެޖެންސީ އިން ދެމުންދާ ޚިދުމަތްތަކުގެ ތެރެއިން ތިރީގައިވާ ޚިދުމަތްތައް 10ޖުލައި 2023 ގައި ތަޢާރަފް ކުރެވޭ ޑިޖިޓަލް ޕަބްލިކް ސާރވިސް ޑެލިވަރީ ޕްލެޓް ފޯމް "ވަންގަވް" މެދުވެރިކޮށް ފޯރުކޮށްދިނުމަށް ނިންމާފައިވާކަން އިޢުލާން ކުރަމެވެ.  

  • ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަން ރަޖިސްޓްރީކުރުމާއި ހުއްދަ ދިނުމާއި ގުޅޭ ޚިދުމަތްތައް  
  • ކެއިން ބުއިމުގެ ޚިދުމަތްދޭ ތަންތާގައި ދުންފަތުގެ އިސްތިޢުމާލު ކުރާތަނެއް ކަނޑައެޅުމަށް ދޭ ހުއްދަ ދިނުމާގުޅޭ ޚިދުމަތްތައް  
  • ވާރކް ޕާރމިޓް މެޑިކަލް ހެދުމުގެ ތެރެއިން ރިޕޯޓް ކުރެވޭ ބަލިތަކާ ގުޅޭގޮތުންދޭ ޚިދުމަތްތައް  

"ވަންގަވް" އަކީ ސަރުކާރުންދޭ ޚިދުމަތްތައް ފަސޭހަކަމާއެކު, ޑިޖިޓަލްކޮށް ރައްޔިތުންނަށް ފޯރުކޮށްދިނުމަށްޓަކައި, ގާއިމު ކުރެވިފައިވާ ޕްލެޓްފޯމެކެވެ.  

"ވަންގަވް" ބޭނުން ކުރުމަށް 10 ޖުލައި 2023 އިން ފެށިގެން https://one.gov.mv  އަށް ޒިޔާރަތް ކުރައްވާށެވެ.  

"ވަންގަވް" ބޭނުން ކުރުމަށް އީ-ފާސް އެކައުންޓެއް އޮތުން ލާޒިމްވާނެއެވެ. އީ-ފާސް ނެތް ފަރާތްތަކުން https://efaas.egov.mv އަށް ޒިޔާރަތް ކުރައްވާ އީ-ފާސް އެކައުންޓް ހުޅުވުމަށް އެދެމެވެ. މި ވެބްސައިޓުން އީ-ފާސްއާއި އަދި އެކައުންޓް ހުޅުވުމާއިބެހޭ އެންމެހާ މަޢުލޫމާތު ލިބިވަޑައިގަންނަވާނެއެވެ.  

"ވަންގަވް" އާއި ގުޅިގެން އެއްވެސް މަޢުލޫމާތެއް ސާފުކުރުމަށް ބޭނުންފުޅުވާނަމަ "ވަންގަވް" ސަޕޯޓް ޓީމްގެ ނަންބަރު 1500 އަށް ގުޅުއްވުން އެދެމެވެ.  

                އިޙްތިރާމް ޤަބޫލު ކުރެއްވުންއެދެމެވެ.               

                21 ޛުލްހިއްޖާ 1444

                09 ޖުލައި 2023

09 ޖުލައި 2023
ހޯދާ