ކޮޅުމަޑުލު ހިރިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފައިބަރ އޮޕްޓިކް ކޭބަލް ނެޓްވޯކް އެޅުމަށް މަގު ކޮނުން

ފައިބަރ އޮޕްޓިކް ކޭބަލް ނެޓްވޯކް އެޅުމަށް ކޯރު ކޮނުން

މި ރަށުގައި ކައުންސިލުން އަޅާ ފައިބަރ އޮޕްޓިކް ކޭބަލް ނެޓްވޯކު އެޅުމަށް މަގު ކޮނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މި މަސައްކަތް ކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 19 ޖުލައި 2023 ވަނަ ދުވަހުގެ 14:00 ގެ ކުރިން މި އިދާރާއިން ބީލަންފޯމު ބައްލަވައިގަތުމަށްފަހު، 20 ޖުލައި 2023 ވާ ބުރާސްފަތި ދުވަހުގެ 10:30 އަށް މި އިދާރާއަށް ބީލަން ހުށަހެޅުއްވުން އެދެމެވެ.

ބީލަމާއި ގުޅިގެން އިތުރު މަޢުލޫމާތު ދިނުމަށް ބާއްވާ ޕްރީ ބިޑް މީޓިން އޮންނާނީ 19 ޖުލައި 2023 ވާ ބުދަ ދުވަހުގެ 10:30 ގައި މި އިދާރާގެ ޖަލްސާ ކުރާ މާލަމުގައެވެ.

 

 ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރަމެވެ.

11 ޖުލައި 2023
ހޯދާ