މިނިސްޓްރީ އޮފް ޓޫރިޒަމް
ދިވެހިރާއްޖެ
މިނިސްޓްރީއިން ދެމުންދާ ޚިދުމަތްތައް "ވަންގަވް" މެދުވެރިކޮށް ދިނުމާ ގުޅޭ:

އިޢުލާން

މިނިސްޓްރީ އޮފް ޓޫރިޒަމް އިން ދެމުންދާ ގިނަ ޚިދުމަތްތައް 10 ޖުލައި 2023 ގައި ތަޢާރަފް ކުރެވޭ ޑިޖިޓަލް ޕަބްލިކް ސަރވިސް ޑެލިވަރީ ޕްލެޓް ފޯމް "ވަންގަވް" މެދުވެރިކޮށް ފޯރުކޮށްދިނުމަށް ނިންމާފައިވާކަން އިޢުލާން ކުރަމެވެ. "ވަންގަވް" އަކީ ސަރުކާރުންދޭ ޚިދުމަތްތައް ފަސޭހަކަމާއެކު، ޑިޖިޓަލްކޮށް ރައްޔިތުންނަށް ފޯރުކޮށްދިނުމަށްޓަކައި، ގާއިމް ކުރެވިފައިވާ ޕްލެޓްފޯމެކެވެ. މި ގެނެވޭ ބަދަލުގެ ސަބަބުން މިނިސްޓްރީން ފޯރުކޮށްދޭ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުވެ، ފަސޭހަކަމާއި އެކީ މި ޚިދުމަތްތައް ލިބުން އަވަސްވެގެންދާނެއެވެ.

"ވަންގަވް" ބޭނުން ކުރުމަށް 10 ޖުލައި 2023 ގެ ފަހުން https://one.gov.mv އަށް ޒިޔާރަތް ކުރައްވާށެވެ. "ވަންގަވް" ބޭނުންކުރުމާ ގުޅޭ އިރުޝާދުތައް މި އިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ.

"ވަންގަވް" ބޭނުންކުރުމަށް އީ-ފާސް އެކައުންޓެއް އޮތުން ލާޒިމްވާނެއެވެ. އީ-ފާސް އެކައުންޓެއް ނެތް ފަރާތްތަކުން https://efaas.egov.mv އަށް ޒިޔާރަތްކުރައްވާ އީ-ފާސް އެކައުންޓެއް ހުޅުވުމަށް އެދެމެވެ. މި ވެބްސައިޓްއިން އީ-ފާސް އާއި އަދި އެކައުންޓް ހުޅުވުމާބެހޭ އެންމެހާ މަޢުލޫމާތު ލިބިވަޑައިގަންނަވާނެއެވެ.

"ވަންގަވް" އާއި ގުޅިގެން އެއްވެސް މަޢުލޫމާތެއް ސާފުކުރެއްވުމަށް ބޭނުންފުޅުވާނަމަ "ވަންގަވް" ސަޕޯޓް ޓީމް ގެ ނަންބަރު 1500 އަށް ގުޅުއްވުން އެދެމެވެ.

08 ޖުލައި 2023
ހޯދާ