އައްޑޫ އިންޓަނޭޝަނަލް އެއަރޕޯޓް ޕްރައިވެޓް ލިމިޓެޑް
ދިވެހިރާއްޖެ
އައްޑޫ އިންޓަރނޭޝަނަލް އެއަރޕޯރޓް ޕވޓ ލޓޑ ގެ ސަރަހައްދުގައި ހުރި މުދާތައް ނެގުމަށް

                      ނަންބަރ:  AIA-A/IL/2023/01

ދެންނެވުނެ

އައްޑޫ އިންޓަރނޭޝަނަލް އެއަރޕޯޓް ޕްރައިވެޓް ލިމިޓެޑުން ތަރައްޤީކޮށް އޮޕަރޭޓް ކުރަމުންދާ ގަން އިންޓަރނޭޝަނަލް އެއަރޕޯޓްގައި، އެމް.ވީ.ކޭ މޯލްޑިވްސް ގެފަރާތުން ބަހައްޓާފައި ނުވަތަ ބޭނުން ނެތިގެން ދޫކޮށްލާފައިވާ ތަކެތި ބަހައްޓާފައިވަނީ މި ކުންފުނީގެ ހުއްދަނެތި އަދި އެއަރ ޕޯޓްގެ އޮޕަރޭޝަންސް އަށާއި މި ކުންފުނީގެ މަސައްކަތްތަކަށް ދަތިވާގޮތަށެވެ. މިގޮތުން ބަހައްޓާފައިވާ ތަކެތީގެ ތެރޭގައި އެމް.ވީ.ކޭ މޯލްޑިވްސް އިން ގަން އިންޓަރނޭޝަނަލް އެއަރޕޯޓްގައި ޑިއުޓީ ފްރީ ފިހާރަ ހިންގިއިރު މުދާ ބެހެއްޓުމަށް ދޫކޮށްފައިވާ 2 (ދޭއް) ގުދަނުގައިވާ މުދަލާއި ޓްރާންސްޕޯރޓް ހިދުމަތުގައި ބޭނުންކުރި 6 (ހައެއް) ބަސް ހިމެނެއެވެ.

އެހެންކަމުން، އައްޑޫ އިންޓަރނޭޝަނަލް އެއަރޕޯޓްް ޕްރައިވެޓް ލިމިޓެޑްގެ ސަރަހައްދުގައި ހުރި އެމް.ވީ.ކޭ މޯލްޑިވްސްގެ މުދާތައް މިއަދުން ފެށިގެން 30 ދުވަހުގެ ތެރޭގައި (5 އޯގަސްޓް 2023 ގެ ނިޔަލަށް) ގެންގޮސް ނިމުމަށް އެމް.ވީ.ކޭ މޯލްޑިވްސް އަށް އަންގަމެވެ. އެމް.ވީ.ކޭ މޯލްޑިވްސް އިން އައްޑޫ އިންޓަރނޭޝަނަލް އެއަރޕޯޓްގައި ބަހައްޓާފައިވާ އެއްވެސް އެއްޗެއް މި ތާރީޚުގެ ނިޔަލަށް އައްޑޫ އިންޓަރނޭޝަނަލް އެއަރޕޯޓް ޕްރައިވެޓް ލިމިޓެޑްގެ  ސަރަހައްދުން ގެންގޮސްފައި ނުވާނަމަ ބެލެވޭނީ އެ ތަކެއްޗަކީ ބޭނުން ނެތިގެން އުކާލާފައިވާ އެއްޗެއް ކަމުގައެވެ. އަދި އެފަދަ ޙާލަތެއްގައި އެފަދަ އެންމެހާ ތަކެތި އައްޑޫ އިންޓަރނޭޝަނަލް އެއަރޕޯޓް ޕްރައިވެޓް ލިމިޓެޑްގެ  ސަރަހައްދުންނެރެ، ނައްތާލެވޭނެ ކަމުގައި ޢާއްމުކޮށް އަންގާ އިޢުލާނު ކުރީމެވެ.

05 ޖުލައި 2023

05 ޖުލައި 2023
ހޯދާ