ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ
ދިވެހިރާއްޖެ
ކެޕިޓަލް މާކެޓް ޝަރީޢާ އެޑްވައިޒަރީ ކައުންސިލަށް އިންޑަސްޓްރީ ތަޖުރިބާކާރެއްގެ ގޮތުގައި މެންބަރަކު އައްޔަންކުރުން

މިއޮތޯރިޓީގެ ކެޕިޓަލް މާކެޓް ޝަރީޢާ އެޑްވައިޒަރީ ކައުންސިލަކީ އޮތޯރިޓީގެ ގަވާއިދު ނަންބަރު 2020/R-63 (ކެޕިޓަލް މާކެޓް ޝަރީޢާ އެޑްވައިޒަރީ ކައުންސިލުގެ ގަވާއިދު) ގެ ދަށުން، އޮތޯރިޓީން ބޭނުންވާ ޝަރީޢާ ލަފަޔާއި ރޫލިންގ ފޯރުވައިދިނުމައްޓަކައި އުފައްދާފައިވާ ކައުންސިލެކެވެ. މި ގަވާއިދު އޮތޯރިޓީގެ ވެބްސައިޓުން ލިބިވަޑައިގަންނަވާނެއެވެ.

މި ގަވާއިދުގެ ދަށުން އިންޑަސްޓްރީ ތަޖުރިބާކާރުގެ ގޮތުގައި ކައުންސިލުގެ މެންބަރުކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކަށް މި ފުރުސަތު ހުޅުވާލަމެވެ.

އިންޑަސްޓްރީ ތަޖުރިބާކާރުގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތައް:

  • ފައިނޭންސް/ބިޒްނަސް ނުވަތަ އެކައުންޓިންގ ނުވަތަ އިކޮނޮމިކްސްގެ ރޮނގުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލްކޮށްފައިވުން.
  • ގުޅޭ ދާއިރާއަކުން މަދުވެގެން 3 (ތިނެއް) އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
  • އޮތޯރިޓީގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރެއް ނުވަތަ ދާއިމީ މުވައްޒަފެއް ކަމުގައި ނުވުން، ނުވަތަ ފާއިތުވި 1 (އެކެއް) އަހަރުދުވަހުގެ ތެރޭގައި އޮތޯރިޓީގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރެއްކަމުގައި ނުވުން، ނުވަތަ އޮތޯރިޓީން ރެގިއުލޭޓްކުރާ ފަރާތެއްގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރަކަށް ނުވުން ނުވަތަ ދާއިމީ މުވައްޒަފަކަށް ނުވުން.
  • އޮތޯރިޓީން ރެގިއުލޭޓްކުރާ ފަރާތެއްކަމުގައި ނުވުން، ނުވަތަ ފާއިތުވި 1 (އެކެއް) އަހަރުދުވަހުގެ ތެރޭގައި އޮތޯރިޓީން ރެގިއުލޭޓްކުރާ ފަރާތެއް ނުވަތަ ރާއްޖޭގައި ލިސްޓުކޮށްފައިވާ އިސްލާމިކް ސެކިއުރިޓީޒް ދޫކުރާ ފަރާތެއްގެ ޝަރީޢާ އެޑްވައިޒަރީ ކައުންސިލުގެ މެންބަރެއް ކަމުގައި ނުވުން.
  • އޮތޯރިޓީގައި ރަޖިސްޓަރީކޮށްފައިވާ ޝަރީޢާ އެޑްވައިޒަރެއް ކަމުގައި ނުވުން ނުވަތަ ފާއިތުވި 1 (އެކެއް) އަހަރުދުވަހުގެ ތެރޭގައި އޮތޯރިޓީގައި ޝަރީޢާ އެޑްވައިޒަރެއްގެ ގޮތުގައި ރަޖިސްޓަރީ ކޮށްފައިނުވުން.

ކައުންސިލްގެ ޒިންމާތައް:

  • އޮތޯރިޓީން ހުށަހަޅާ މައްސަލަތަކުގައި ޝަރީޢާ ލަފާ އަދި ރޫލިންގ ދިނުން؛
  • އޮތޯރިޓީއިން ރެގިއުލޭޓްކުރާ ފަރާތަކުން ހުށަހަޅާ މައްސަލައެއްގައި ޝަރީޢާ ލަފާ އަދި ރޫލިންގ ދިނުން؛
  • އިސްލާމިކް ކެޕިޓަލް މާކެޓް ދެމެހެއްޓުމުގައި ފޯރުވައިދޭންޖެހޭ އެހެންވެސް ޝަރީޢާ ލަފާ ނުވަތަ ރޫލިންގ ދިނުން.

ހުށަހަޅަންޖެހޭ މަޢުލޫމާތު:

  • މެންބަރުކަމަށް ޝައުޤުވެރިކަން ފާޅުކޮށް ފޮނުވާ ސިޓީ
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (މުއްދަތު ހަމަނުވާ)
  • ކަރިކިއުލަމް ވިޓާ (ސީވީ)
  • އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ
  • ފިޓް އެންޑް ޕްރޮޕަރ ފޯމް (އޮތޯރިޓީގެ ވެބްސައިޓުން ލިބެން ހުންނާނެ)

އިނާޔަތްތައް:

ފިކްސްޑް އެލަވެންސް

 ފިކްސްޑް އެލަވަންސްގެ ގޮތުގައި ކޮންމެ މަހަކު 4,000 (ހަތަރުހާސް ރުފިޔާ)

 

ސިޓިންގ އެލަވެންސް

 ސިޓިންގ އެލަވަންސްގެ ގޮތުގައި ކައުންސިލް ކޮންމެ ބައްދަލުވުމަކަށް 1,000   (އެއްހާސް ރުފިޔާ). އެހެންނަމަވެސް އެންމެ ގިނަވެގެން ސިޓިންގ އެލަވަންސް ގޮތުގައި   މެންބަރަކަށް މަހަކު ދޭނީ  2,000(ދެހާސް ރުފިޔާ) އެވެ.

ވީމާ، ކެޕިޓަލް މާކެޓް ޝަރީއާ އެޑްވައިޒަރީ ކައުންސިލުގެ މެންބަރުކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 17 ޖުލައި 2023 ވާ ހޯމަ ދުވަހުގެ 12:00 ނިޔަލަށް ފުރުސަތު ހުޅުވާލާފައިވާތީ، ޝައުޤުވެރިވާ ފަރާތްތަކުން، މަތީގައިވާ މަޢުލޫމާތުތައް ހިމެނޭ ލިޔެކިޔުންތައް މިއޮތޯރިޓީގެ އީމެއިލް ([email protected])  އަށް ހުށަހެޅުއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު ހޯއްދެއްވުމަށް މިއޮތޯރިޓީގެ ނަންބަރު 3336619 ފޯނަށް ގުޅުއްވުން އެދެމެވެ.

 

05 ޖުލައި 2023
ހޯދާ