ފާދިއްޕޮޅު އޮޅުވެލިފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިޖުތިމާޢީ ސަރަޙައްދު ބެލެހެޓުމުގެ މަސައްކަތައް މުވައްޒަފުން ހޯދުން!

އިޢުލާން

 

އިޖުތިމާޢީ ސަރަޙައްދު ބެލެހެޓުމުގެ މަސައްކަތައް މުވައްޒަފުން ހޯދުން!

  

މަޤާމް

ކައުންސިލް އެސިސްޓެންޓް( ވޭޖް)

ބޭނުންވާ އަދަދު

1

މަޤާމުގެ ގިންތި

(ވޭޖް އެމްޕްލޯއިމެންޓް)

މަޤާމްގެ ރޭންކް

އެސް.އެސް1

މަޤާމް ކްލެސިފިކޭޝަން

ސަޕޯޓް ސްޓާފް ގްރޭޑް1

ވަޒީފާ އަދާކުރަންޖެހޭ ތަން

ޅ.އޮޅުވެލިފުށީ ކައުންސިލް އިދާރާ

މުސާރަ

-/3000 ރުފިޔާ (މަހަކު)

 

މަޤާމްގެ މައިގަނޑު މަސްއޫލިއްޔަތު

 

  • ކައުންސިލުން އަންގާ ގޮތުގެ މަތިން ދުވާލަކު 3 ގަޑިއިރު ކައުންސިލުން އަންގާ އިޖުތިމާއީ ސަރަޙައްދުތައް ކުނިކަހާ ސާފުކޮށް ބެލެހެއްތުން.

 

 

މަޤާމްގެ ޝަރުތުތައް

 

1)    އުމުރުން 18 އަހަރާއި ، 60 އަހަރާއި ދެމެދުގެ މީހެއްކަމުގައިވުން.

2)    ގިނަވަގުތު ވަޒީފާގައި އުޅެވޭ ފުރިހަމަ ސިއްޙަތުގައިހުރި މީހެއްކަމުގައި ވުން

3)    ވޭތުވެދިޔަ 5އަހަރު ދުވަހުގެ ތެރޭގައި ޖިނާއީ ކުށެއް ސާބިތުވެފައިވާ މީހެއްކަމުގައި ނުވުން.

4)    އިތުރު ވަޒީފާއެއްގައި އުޅޭ ފަރާތަކައް ނުވުން.

 

 

 

ހުށަހަޅަންޖެހޭ ލިޔުންތައް

  • ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭފޯމް
  • ވަޒީފާއަށް އެދޭފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ،ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ އަދި ލިޔެވިފައިވާ ލިޔުންތައް ކިޔަންއެނގޭ ފަދަ ކޮޕީއެއް.
  •  

 

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

  • އިންޓަވިއު  0

މަޤާމްއަށް އައްޔަން ކުރެވޭނީ ހުރިހާ ބަޔަކުން ލިބުނު ޕޮއިންޓްގެ ޖުމްލަ އިންސައްތަ މަދުވެގެން %40 އިންސައްތަ އަށް ވުރެ މަތިނަމައެވެ.

 

މަޤާމް އެދެންވީގޮތާއި ސުންގަޑި:

 

  • މަޤާމަށް އެދި ހުށަހަޅަންޖެހޭ ލިޔުންތައް ހުށަހަޅާނީ 5 ޖުލައި 2023 ވާ ބުދަދުވަހުގެ 10:00 ކުރިން ކައުންސިލް އިދާރާއަށްށެވެ. ގަޑިޖެހުމުން ހުށަހަޅާ ފޯމްތައް ބަލައި ނުގަނެވޭނެވާހަކަ ހިތާމަޔާއެކު ދަންނަވަމެވެ.
  • މަޤާމަށް އެދޭފޯމް ލިބިވަޓައި ގަންނަވާނީ ކައުންސިލް އިދާރާއިންނެވެ.

 

 

 

 

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު

މިމަޤާމަށް ބޭނުންވާ އަދަދަށް ނުވަތަ އެއައްވުރެއް މަދުން ހުށަހަޅާފި ނަމަ އިންޓަވިއުއަކާ ނުލައި ވަޒީފާ ހަމަޖައްސައި ދެވޭނެއެވެ.އަދި އެއަށްވުރެއް ގިނައިން ހުށަހަޅާފިނަމަ އިޢުލާނުގެ މުއްދަތު ހަމަވާ ތާރީޚުން ފެށިގެން 01 ހަފްތާގެ ތެރޭގައި ވަޒީފާއަށް މީހުން ނެގުމަށް އިންޓަވިއު ކުރުން ޅ.އޮޅުވެލިފުށީ ކައުންސިލް އިދާރާގައި އޮންނާނެއެވެ. އަދި 01 ދުވަސްކުރިން އިންޓަވިއު އޮންނަތަނާއި ގަޑި އަންގާނެއެވެ.

03 ޖުލައި 2023
ހޯދާ