ކުޅުދުއްފުށީ ޕޯޓް ޕްރައިވެޓް ލިމިޓެޑް
ދިވެހިރާއްޖެ
މި ކުންފުނީގެ ބައުވެފައިވާ ތަކެތި ނީލަމުގައި ވިއްކާލުމާއި ގުޅޭ.

    މި ކުންފުނީގައި ބޭނުންކޮށްފައި ހުރި ބައު ތަކެތި ނީލަމުގައި ވިއްކާލުމަށް ވަނީ ހަމަޖެހިފައެވެ.

 

    ނީލަންކިޔުމުގެ ކުރިން މި ތަކެތި ބައްލަވާލެއްވުމަށް ބޭނުންފުޅުވާ ފަރާތްތަށް 03 ޖުލައި 2023 ވާ ހޯމަ ދުވަހުގެ 12:00 އާއި 16:00 އާ ދެމެދު މި ބަނދަރަށް ވަޑައިގަތުމުން ތަކެތި ބައްލަވާލެއްވުމުގެ ފުރުޞަތު ލިބިވަޑައިގަންނަވާނެއެވެ. ނުވަތަ،

ލިންކް މެދުވެރިކޮށް ނީލަމުގައި ވިއްކާ ތަކެތި ބައްލަވާލެއްވުމަށް : https://shorturl.at/fzGU5

ނޯޓް: މި ލިންކް މެދުވެރިކޮށް ނީލަންކިޔާ ތަކެތީގެ މަޢުލޫމާތާއި، ނީލަމުގައި މިތަކެތި ވިއްކުމަށް ކަނޑައަޅާފައިވާ އަގުގެ މަޢުލޫމާތު ހިމެނިފައި ވާނެއެވެ.

    މިތަކެތި ނީލަމުން ބައްލަވައިގަތުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން، ނީލަމުގައި ބައިވެރިވެވަޑައިގަތުމަށް 03 ޖުލައި 2023 ވާ ހޯމަ ދުވަހުގެ ހަވީރު 16:00 އަށް މިބަނދަރަށް ޙާޟިރުވެވަޑައިގެން ދެއްވުން އެދެމެވެ. ނީލަމުގައި ބައިވެރިވެލެއްވުމަށް ވަޑައިގަންނަވާއިރު  ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއް ގެންނަވަން ވާނެއެވެ.

 

    ނީލަން ކާމިޔާބުކުރާ ފަރާތްތަކުން، 03 ޖުލައި 2023 ވާ ހޯމަ ދުވަހުގެ 18:00 ގެ ކުރިން ފައިސާ ދެއްކެވުމަށްފަހު، 21:00 ގެ ކުރިން ތަކެތި ސަރަޙައްދު ތެރެއިން ގެންގޮސް ނިންމެވުން އެދެމެވެ.

22 ޖޫން 2023
ހޯދާ