މިލަދުންމަޑުލު އުތުރުބުރީ ޅައިމަގު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރުއްގަހުގެ ވެރިފަރާތް ހޯދުމާއި ޝަކުވާއެއްވޭތޯ ބެލުން

ރުއްގަހުގެ ވެރިފަރާތް ހޯދުމާއި ޝަކުވާއެއްވޭތޯ ބެލުން

މިރަށު ފުޓްސަލް ދަނޑުގެ ހުޅަނގުން އައުޓްޑޯ ޖިމް ގާއިމުކުރުމަށް ހަމަޖެހިފައިވާ ބިމުގައި ހުރި ރުއްގަހުގެ ވެރިފަރާތް ހޯދުމާއި ވެރިފަރާތާމެދު އެއްވެސް ޝަކުވާއެއް ވޭތޯ ބެލުމަށް ބޭނުންވެއެވެ.

ވީމާ، އެސަރަހައްދުގައި މިއިދާރާއިން 1 ން 15 ށް ރަތްކުލައިން ކަނޑާ ނަންބަރު ޖަހާ، ރަތްބަންދު އަޅާފައިވާ ރުއްގަހުގެ ވެރިފަރާތުގެ ނަމާއި ގޭ ނަންބަރު ނުވަތަ ގޭގެ ނަން ޖެއްސެވުމަށްފަހު އެކަން 2023 ޖުލައި 03 ވާ ހޯމަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން މިއިދާރާއަށް އެންގެވުމަށް ދަންނަވަމެވެ. މިގޮތަށް އަންގަވާއިރު އެތަކެތީގެ ލިސްޓެއް މިއިދާރާއިން ޖަހާފައިވާ ކަނޑާނަންބަރު އިގޭނެގޮތަށް ހުށަހެޅުމަށްވެސް ދަންނަވަމެވެ. އަދި މިތަކެތީގެ މައްސަލައާއި ގުޅިގެން އެއްވެސް ފަރާތެއްގެ ޝަކުވާއެއްވާނަމަ 2023 ޖުލައި 03 ވާ ހޯމަ ދުވަހުގެ 13:00ގެ ކުރިން މިއިދާރާއަށް އެކަން ލިޔުމަކުން  އެންގެވުމަށް ދަނަނަވަމެވެ. އަދި މިމުއްދަތުގެ ތެރޭގައި އެތަކެތީގެ ނަންބަރު ޖަހާފައި ނުވާނަމަ އަދި ޝަކުވާއެއް ހުށަހަޅާފައި ނުވާނަމަ ބެލެވޭނީ އެތަކެތީގެ ވެރިފަރާތް ނުވަތަ ޝަކުވާއެއް ނެތީކަމުގައެވެ.

     މިހެންވެމިކަން ޢާންމުކޮށް އެންގުމަށްޓަކާ އިޢުލާންކުރީމެވެ.

22 ޖޫން 2023
ހޯދާ