އަރިއަތޮޅު ދެކުނުބުރީ އޮމަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އދ.އޮމަދޫ ކައުންސިލްގެ އިދާރާ ތަމްސީލްކުރާނޭ ޤާނޫނީ ވަކީލަކު ބޭނުންވެއްޖެ

މި އިޢުލާންވަނީ 12 ސެޕްޓެންބަރު 2023 08:14 ގައި ބާތިލް ކުރެވިފައެވެ.


މިއިދާރާގެ ޤާނޫނީ ލިޔުންތައް ތައްޔާރުކޮށްދިނުމާއި، އެކިއެކި ފަރާތްތަކާއިއެކުވެވޭ އެއްބަސްވުންތަކާމެދު ޤާނޫނީގޮތުން ބޭނުންވާ ލަފާދިނުމާއި، ކައުންސިލަށް ކުރާ ދަޢުވާއާއި ލިބޭ ދަޢުވާތައް ދިރާސާކޮށް ކޯޓުތަކުގައާއި ޓުރައިބިއުނަލްތަކުގައި ކައުންސިލްގެ ފަރާތުން ވަކާލާތުކޮށްދިނުމަށް ލޯ ފާރމެއްގެ ޚިދުމަތް 2 އަހަރު ދުވަހުގެ މުއްދަތަށް ހޯދަން ބޭނުންވެއެވެ.

ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން، 2023 ޖުލައި 06 ވަނަ ދުވަހުގެ މެންދުރު 10:00 ގެ ކުރިން އދ.އޮމަދޫ ކައުންސިލްގައި ރަޖިސްޓްރީ ވެލެއްވުމަށް ދަންނަވަމެވެ. ރަޖިސްޓްރީ ވެލެއްވުމަށް ތިރީގައިވާ ލިންކު ނުވަތަ ކިއުއާރު ކޯޑު ބޭނުންކުރައްވާ:

 http://tiny.cc/LAW-FIRM

މި ކަމާއި ގުޅޭގޮތުން އެއްވެސް  ސުވާލެއް އޮތްނަމަ ކައުންސިލްގެ ނަމްބަރު 6680542 ފޯނަށް ގުޅައިގެން ، ކޮންމެ ރަސްމީ ދުވަހެއްގެ ހެންދުނު 8.30 ން 13.30 އާއި ދެމެދު މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.           

ބިޑުތައް ހުޅުވުން އޮންނާނީ 2023 ޖުލައި  16 ވާ އާދީއްތަ ދުވަހުގެ 10:00  ގައި އދ.އޮމަދޫ ކައުންސިލްގެ ޖަލްސާކުރާ މާލަމުގައެވެ.

22 ޖޫން 2023
ހޯދާ