ގުޅީ ސްކޫލް
ދިވެހިރާއްޖެ
2023-2024 ވަނަ ދިރާސީ އަހަރު ދަރިވަރުން ސްކޫލަށް ވެއްދުމާއި ގުޅޭ

އިޢުލާން

2023-2024 ވަނަ ދިރާސީ އަހަރު ދަރިވަރުން ސްކޫލަށް ވެއްދުމާއި ގުޅޭ

2023-2024 ވަނަ ދިރާސީ އަހަރު މި ސްކޫލަށް އަލަށް ވަންނަން އެދޭ ދަރިވަރުންނަށް، އެ ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ

އެލް.ކޭ.ޖީ، ޔޫ.ކޭ.ޖީ އަދި ގްރޭޑް 1 އަށް ދަރިވަރުން ވެއްދުމަށް ހަމަޖެހިފައިވާ އުމުރުފުރާ ތިރީގައި އެވަނީއެވެ.

ގްރޭޑް

އުމުރުފުރާ

އެލް.ކޭ.ޖީ

2023 ވަނަ އަހަރުގެ ޖުލައި 31 އަށް 4 އަހަރު ފުރި 5 އަހަރު ނުފުރުން

ޔޫ.ކޭ.ޖީ

އެލް.ކޭ.ޖީ ފުރިހަމަކޮށް، 2023 ވަނަ އަހަރުގެ ޖުލައި 31 އަށް 5 އަހަރު ފުރި 6 އަހަރު ނުފުރުން

ގްރޭޑް 1

ފައުންޑޭޝަން ސްޓޭޖް (އެލް.ކޭ.ޖީ އާއި ޔޫ.ކޭ.ޖީ) ފުރިހަމަކޮށް، 2023 ޖުލައި 31 އަށް 6 އަހަރު ފުރި 7 އަހަރު ނުފުރުން 

ނޯޓް: 2023-2022 ވަނަ އަހަރު މިސްކޫލުގެ ޔޫ.ކޭ.ޖީ ކުލާހުގައި ކިޔެވި ދަރިވަރުން ގްރޭޑް 1 އަށް ވަނުމަށް ފޯމު ހުށައަޅާކަށް ނުޖެހޭނެއެވެ. އެދަރިވަރުން އޮޓޯމެޓިކުން ގްރޭޑް 1 އަށް ޕްރޮމޯޓްވާނެއެވެ.

ވީމާ 2023-2024 ވަނަ ދިރާސީ އަހަރަށް، މިސްކޫލްގެ އެލް.ކޭ.ޖީ، ޔޫ.ކޭ.ޖީ އަދި ގްރޭޑް 1އަށް ވައްދަން ބޭނުންވާ ދަރިވަރުންގެ ފޯމް ފުރުއްވުމަށްފަހު، ރަސްމީ ދުވަސްތަކުގެ ހެނދުނު 09:00 އިން 14:00 އަށް ސްކޫލް އޮފީހަށް ހުށަހެޅުއްވުމަށް ދަންނަވަމެވެ. ދަރިވަރުން ސްކޫލަށް ވައްދަން އެދޭ ފޯމު ރަސްމީ ގަޑިގައި ސްކޫލް އޮފީހުން ލިބެން ހުންނާނެއެވެ. ފޯމް ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ 2023 ޖުލައި 06 ވާ ބުރާސްފަތި ދުވަހެވެ. ދަރިވަރުން ސްކޫލަށް ވައްދަން އެދޭ ފޯމާއެކު ތިރީގައި މިވާ ލިޔުންތައް ހުށަހެޅުއްވުން އެދެމެވެ.

  1. ދަރިވަރުގެ އައިޑީ ކާޑުގެ ދެފުށުގެ ސާފު ކޮޕީ
  2. ބެލެނިވެރިޔާގެ އައިޑީ ކާޑުގެ ދެފުށުގެ ސާފު ކޮޕީ
  3. ދަރިވަރުގެ ވެކްސިން ކާޑުގެ ކޮޕީ (ވެކްސިން ދެވިފައިވާ ތާރީޚް ހިމެނޭ ޞަފްޙާތައް ހިމެނޭގޮތަށް)

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާނަމަ ރަސްމީ ގަޑީގައި މި ސްކޫލްގެ ނަންބަރު 6642512 އަށް ގުޅުއްވުން އެދެމެވެ.

21 ޖޫން 2023
ހޯދާ