ގދ.ފަރެސްމާތޮޑާ މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
ހުވަދުއަތޮޅު ދެކުނުބުރީ ފަރެސްމާތޮޑާ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅޭ ކައިވެނިތައް ކޮށްދިނުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލު 2023

ހުވަދުއަތޮޅު ދެކުނުބުރީ ފަރެސްމާތޮޑާ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅޭ ކައިވެނިތައް ކޮށްދިނުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލު 2023

 

1. ތައާރަފާއި ނަން

 

(ހ)

މި އުސޫލަކީ ދިވެހި ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 156 ވަނަ މާއްދާއަށް ރިއާޔަތްކޮށް ގަވައިދު ނަންބަރު 2022/R-99 (އާއިލާއާބެހޭ ގަވައިދު)ގެ 08 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ފަދައިން ކޯޓުގައާއި ކޯޓުން ބޭރުގައި ކައިވެނިކޮށްދިނުމަށް ހަމަޖެހިފައިވާ ގަޑިތަކާއި އެގަވައިދުގެ 6 ވަނަ މާއްދާގެ(ށ) ގައި ބަޔާންކުރާ ކޯޓުން ބޭރުގައި ކާވެނި ބާއްވާ ތަނަކީ އެކަށީގެންވާ ތަނެއްތޯ ބެލުމުގައި ކޯޓުން ރިއާޔަތްކުރާނެ ކަންކަން އާންމުކޮށް އިއުލާންކުރުމުގެ ގޮތުން އެކުލަވާލާފައިވާ އުސޫލެކެވެ. 

 

 

(ށ)

މި އުސޫލަށް ކިޔާނީ "ހުވަދުއަތޮޅު ދެކުނުބުރީ ފަރެސްމާތޮޑާ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅޭ ކައިވެނިތައް ކޮށްދިނުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލު" އެވެ.

 

2.   މަގުސަދު

 

(ހ)

މިއުސޫލުގެ މަގުސަދަކީ ގަވައިދު ނަންބަރު 2022/R-99 (އާއިލާއާ ބެހޭ ގަވައިދު)ގެ 06 ވަނަ މާއްދާގެ (ށ) އާއި 08 ވަނަ މާއްދާގެ (ނ)އާ އެއްގޮތަށް ގދ.ފަރެސްމާތޮޑާ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅޭ ކައިވެނިތައް ކޮށްދިނުމަށް ހަމަޖެހިފައިވާ ދުވަސްތަކާއި ކޯޓުން ބޭރުގައި ކާވެނި ކުރުމަށް އެދޭ ފަރާތްތަކުން ކާވެނީގެ މަޖިލިސް ބޭއްވުމަށް އެދޭ ތަނަކީ ކާވެނީގެ މަޖިލިސް ބޭއްވުމަށް އެކަށީގެންވާ ތަނެއްތޯ ކަނޑައެޅުމުގައި ބަލާނެ ބައެއް ކަންކަމުގައި ކޯޓުން އަމަލުކުރާނެ އުސޫލު އެކުލަވާލާ އާންމުކުރުމެވެ.

 

3.   ރަސްމީ ދުވަސްތަކުގައި ކޯޓުގައާއި ކޯޓުން ބޭރުގައި ކައިވެނިކޮށްދިނުން

 

(ހ)

ރަސްމީ ދުވަސްތަކުގައި ރަސްމީ ގަޑީގައި ކޯޓުގައި ކުރަންއެދޭ ކައިވެނިތައް ކޮށްދިނުމަށް ހަމަޖެހިފައިވަނީ އެދުވަހެއްގެ 10:00 ން 13:30 އާ ދެމެދުއެވެ.

 

 

(ށ)

ރަސްމީ ދުވަސްތަކުގެ ނުރަސްމީ ގަޑީގައި ކޯޓުގައާއި ކޯޓުން ބޭރުގައި ކުރަންއެދޭ ކައިވެނިތައް ކޮށްދިނުމަށް ހަމަޖެހިފައިވަނީ އެދުވަހެއްގެ 16:00 ން 22:30 އާ ދެމެދުއެވެ.

 

 

(ނ)

ރަސްމީ ދުވަސްތަކުގެ ރަސްމީ ގަޑީގައި ކޯޓުން ބޭރުގައި ކައިވެނި ކޮށްދިނުމަށް ހަމަޖެހިފައިނުވެއެވެ.

 

4.   ރަސްމީ ބަންދު ދުވަސްތަކުގައި ކޯޓުގައާއި ކޯޓުން ބޭރުގައި ކައިވެނި ކޮށްދިނުން

 

 

ރަސްމީ ބަންދު ދުވަސްތަކުގައި ކޯޓުގައާއި ކޯޓުން ބޭރުގައި ކުރަންއެދޭ ކައިވެނިތައް ކޮށްދިނުމަށް ހަމަޖެހިފައިވަނީ އެދުވަހެއްގެ 16:00 ން 22:30 އާ ދެމެދުއެވެ.

5.   ރަމަޟާންމަހާއި ޝައްވާލުމަހު ފުރަތަމަ 7 ދުވަހު ކައިވެނިކޮށްދިނުން

 

 

ރަމަޟާންމަހާއި ޝައްވާލުމަހުގެ ފުރަތަމަ 7 ދުވަހު ކައިވެނި ކޮށްދޭނީ އަންނަނިވި ގޮތްތަކުގެ މަތިންނެވެ.

 

 

(ހ)

ރަސްމީ ދުވަސްތަކުގައި ރަސްމީ ގަޑީގައި ކޯޓުގައި ކުރަންއެދޭ ކައިވެނިތައް ކޮށްދިނުމަށް ހަމަޖެހިފައިވަނީ އެދުވަހެއްގެ 10:00 ން 13:00 އާ ދެމެދުއެވެ.

 

 

(ށ)

ރަސްމީ ދުވަސްތަކުގެ ނުރަސްމީ ގަޑީގައި ކޯޓުގައާއި ކޯޓުން ބޭރުގައި ކުރަންއެދޭ ކައިވެނިތައް ކޮށްދިނުމަށް ހަމަޖެހިފައިވަނީ އެދުވަހެއްގެ 21:00 ން 23:00 އާ ދެމެދުއެވެ.

 

 

(ނ)

ރަސްމީ ބަންދު ދުވަސްތަކުގައި ކޯޓުގައާއި ކޯޓުން ބޭރުގައި ކުރަންއެދޭ ކައިވެނިތައް ކޮށްދިނުމަށް ހަމަޖެހިފައިވަނީ އެދުވަހެއްގެ 16:00 ން 17:00 އަށް، އަދި 21:30 ން 23:00 އާ ދެމެދުއެވެ.

 

6.   ކައިވެނި ކޮށްދިނުމަށް ހަމަޖެހިފައިނުވާ ދުވަސްތައް

 

 

އަންނަނިވި ދުވަސްތަކަކީ ކައިވެނިކޮށްދިނުމަށް ހަމަޖެހިފައިވާ ދުވަސްތަކެއް ނޫނެވެ.

 

 

(ހ)

ފިތުރު އީދު ދުވަސް (އީދުގެ ފުރަތަމަ ދުވަސް)

 

 

(ށ)

(ނ)

އަޟުހާ އީދު ދުވަސް (އީދުގެ ފުރަތަމަ ދުވަސް)

ޙައްޖު ދުވަސް

 

 

(ރ)

ރަމަޟާން މަހުގެ ފުރަތަމަ ދުވަސް

 

7.   ކައިވެނި ކޮށްދިނުމަށް ހަމަޖެހިފައިވާ ތަނުގައި ހުންނަންޖެހޭ ޝަރުތުތައް

 

 

ކޯޓު ނޫން އެހެންތަނެއްގައި ކައިވެނި މަޖްލިސް ބާއްވާނަމަ، ކައިވެނި މަޖްލިސް ބާއްވާ ތަނެއްގައި ތިރީގައި ބަޔާންކުރާ ކަންކަން ފުރިހަމަވާން ވާނެއެވެ.

 

 

1.

ފަސޭހަކަމާއެކު ވަދެނިކުމެވޭ ތަނަކަށްވުން

 

 

2.

ކާވެނީގެ މަޖިސްލިސް ބޭއްވުމަށް އެކަށީގެންވާ ފަދަ ތަނަކަށްވުން (ގޮނޑި، މޭޒު އަދި އެކަށީގެންވާ އަލިކަން ހުރި ތަނަކަށްވުން)

 

 

3.

ނިދުމަށް ބޭނުންކުރާ އެނދު ގޮދަނޑި ފަދަ ތަކެތި ހުރި ތަނަކަށްނުވުން.

 

 

4.

 

5.

ކާވެނީގެ މަޖިލިސް ބޭއްވޭ ތަނަކީ އާންމު އިޖުތިމާއީ މިންގަނޑުތަކާއި އެއްގޮތަށް ހުރިތަނަކަށްވުން.

ހާމަތަނެއްގައި ކުރެވޭ ކާވެންޏެއްނަމަ ކާވެނީގެ މަޖިސް އޮންނަތަން (ކާވެނީގެ ހާޒިރީން ތިބުމަށް ހަމަޖެހިފައިވާ ތަން)، އެސަރަހައްދަށް ހާޒިރުވާ އާންމުންނަށް އެތަނަކީ ކާވެނީގެ މަޖިސް ބޭއްވުމަށް ހާއްސަކުރެވިފައިވާ ތަނެއްކަން އެނގޭ ގޮތަށް ވަކިކުރެވިފައި ހުރުން.

 

8.      ކާވެނީގެ މަޖިލިހުގައި ކޮށްގެންނުވާނެ ކަންކަން

 

 

 

 

 

 

 

 

 

 

 

 

 

9.      ކާވެނީގެ މަޖިލިސް ފޮޓޯނެގުމާއި ވީޑިއޯ ކުރުން.

 

 

 

 

 

 

1.

2.

 

 

3.

 

 

(ހ)

 

(ށ)

ކާވެނީގެ މަޖިލިސް ހިނގަމުންދާ ވަގުތުގައި މަޖިލިސްގެ ހާޒިރީންގެ ތެރެއިން ނުވަތަ ހާޒިރީންނަށް ބާރުފޯރުވޭ ފަރާތަކުން އަންނަނިވި ކަންތައްތަކުގެ ތެރެއިން ކަމެއް ކޮށްފިނަމަ އެކަން އެގޮތަށް ނުކުރުމަށް އެންގުމުގެ ބާރު ކޯޓުގެ އިދާރީ މުވައްޒަފަށް ލިބިގެންވެއެވެ. އަދި މިފަދައިން އެންގުމުން އެކަމެއް ހުއްޓާލާފައިނުވާނަމަ އެކާވެނީގެ މަޖިލިހަކީ ކާވެނިކުރުމަށް އެކަށީގެންވާ މަޖިލިހެއް ނޫންކަމަށް ނިންމުމުގެ ބާރު ކޯޓުގެ އިދާރީ މުވައްޒަފަށް ލިބިގެންވެއެވެ.

އާންމު އިޖުތިމާއީ މިންގަނޑާއި ހިލާފު އަމަލެއްކުރުން.

އާންމު އިޖުތިމާއީ މިންގަނޑާއި ހިލާފުވާފަދަ ހެދުމެއް އަޅައިގެން ހުރި ފަރާތެއް ކާވެނިކުރާ މަޖިލިހުގައި ހުރުން. (ކާވެނި ކުރުމަށް ހަމަޖެހިފައިވާ ތަނުގެ ތެރޭގައި ކާވެނީގެ މަޖިލިހުގައި ބައިވެރިވުމަށް ހާޒިރުވެ ހުރި ނުވަތަ ތިބި ފަރާތްތައް)

ކާވެނީގެ މަޖިލިސް ކުރިއަށްދާ ވަގުތު ކައިވެނީގެ މަޖިލިހަށް އުނދަގޫވާގޮތަށް އަޑުގަދަކުރުމާއި މިއުޒިކް ނުވަތަ ލަވަޖެހުން.

 

ކޯޓުގެ ރަސްމީ ގަޑިއާއި ރަސްމީނޫން ގަޑިތަކުގައި ކޯޓުގައި ކުރިއަށްގެންދާ ކައިވެނިގެ މަޖިލިސްތަކުގެ، ފޮޓޯނެގުމާއި ވީޑިއޯ ކުރުން ހުއްދަކުރެވިފައިނުވެއެވެ.

ކޯޓުން ބޭރުގައި ކުރިއަށްގެންދާ ކައިވެނީގެ މަޖިލިސް ތަކުގެ ފޮޓޯނެގުމާއި ވީޑިއޯ ކުރުމަށް ކާވެނިވާ ދެފަރާތުން ހުއްދަދީފައިވާ ފަރާތްތަކަށް ކުރެވިދާނެވެ.

 

10.              އަމަލުކުރަން ފެށުން

 

 

މި އުސޫލަށް އަމަލުކުރަންފަށާނީ 2023 ޖުލައި 01 ވަނަ ދުވަހުން ފެށިގެންނެވެ.

 

 

 

19 ޖޫން 2023
ހޯދާ