މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް
ދިވެހިރާއްޖެ
ޑެޕިއުޓީ ސިވިލް އޮފިސަރ

                               `

                                                                        

 މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް              

   މާލެ، ދިވެހިރާއްޖެ                                           

                               އިޢުލާން

           މިސަރވިސްގެ ދެންނެވިފައިވާ މަޤާމަށް މުވައްޒަފުން ނެގުމަށް އިޢުލާން ކުރަމެވެ.

 

މަޤާމް:

ޑެޕިއުޓީ ސިވިލް އޮފިސަރ

ބޭނުންވާ އަދަދު:

02

މަޤާމުގެ ގިންތި:

ދާއިމީ

ރޭންކް:

ސީ 3

ކްލެސިފިކޭޝަން:

ސްޕަވައިޒަރީ ސިވިލް އޮފިސަރސް

އަސާސީ މުސާރަ:

ސަރވިސް އެލަވަންސް:

މަހަކު -/6,070 ރުފިޔާ

މަހަކު -/3,500 ރުފިޔާ

ނޮން ޕްރެކްޓިސް އެލަވަންސް:

މަހަކު -/2,731.50 ރުފޔާ

މަސައްކަތް ކުރަންޖެހޭ ތަން:

(އައްސޭރި ޖުވެނައިލް ، ޕްރޮގްރާމްސް)

ފެންވަރު ނުވަތަ ޝަރުތު:                          

މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރާއި ޤާބިލްކަން ސާބިތުކޮށްދިނުމާއެކު،

  1. މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ގެ ސަނަދެއް ޙާޞިލްކޮށްފައިވުން ނުވަތަ؛
  2. މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 03 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއި އެކު މަޤާމާއި ގުޅޭ ގޮތުން 03 އަހަރު ދުވަހުގެ ތަޖުރިބާ ހުރުން.
  3. މީލާދީ ގޮތުން 18 (އަށާރަ) އަހަރު ފުރި، 35 (ތިރީސް ފަސް) އަހަރު ނުވާ މީހަކު ކަމުގައިވުން،
  4. ޖިނާއީ އެއްވެސް ބާވަތެއްގެ ކުށެއް ޝަރީއަތަށް ސާބިތުވެފައިވާ މީހަކަށް ނުވުމާއި، މަނާ ކުރެވިފައިވާ މަސްތުވާ އެއްޗަކުން އެކަހެރިވުމަށް ފަރުވާ ހޯދާފައިވާ ފަރާތަކަށް ނުވުން.

މަޤާމުގެ މަސްއޫލިއްޔަތު:

ޖުވެނައިލް:

  1. ޖުވެނައިލް ޑިޓެންޝަން ސެންޓަރުގައި ބަންދުގައި ތިބޭ ކުދިންގެ ރެކޯޑް ފައިލްތައް ހެދުމާއި އެފައިލްތައް އަދާހަމަކޮށް ރައްކާތެރިކަމާއެކު ބެލެހެއްޓުން؛
  2. ޑައިރެކްޓަރ އޮފް ޕްރިޒަން ނިންމަވާ ނިންމެވުންތައް ޖުވެނައިލް ޑިޓެންޝަން ސެންޓަރުގައި  ބަންދުގައި ތިބޭ ކުދިންނަށް ފޮނުވުން؛
  3. ޖުވެނައިލް ޑިޓެންޝަން ސެންޓަރުގައި ބަންދުގައި ތިބޭ ކުދިންނަށް އަންނަ ސިޓީތައް އެމީހުންނާ ހަވާލު ކުރުމާއި އަދި އެ ސިޓީތައް ޙަވާލުކުރިކަން ކަމާބެހޭ ފަރާތްތަކަށް ލިޔުމުން އެންގުން؛
  4. ޖުވެނައިލް ޑިޓެންޝަން ސެންޓަރުގައި ބަންދުގައި ތިބޭ ކުދިންނަށް އަންގާ އެކިއެކި ލިޔުންތައް ތައްޔާރު ކުރުން؛
  5. ޖުވެނައިލް ޑިޓެންޝަން ސެންޓަރުގެ އެކިއެކި ކަންކަން ކުރުމުގައި އެއްބާރުލުން ދެއްވުމަށް އެދިއްޖެ ކޮންމެ ޙާލަތެއްގައި އެއްބާރުލުން ދެއްވުން؛
  6. ޖުވެނައިލް ޑިޓެންޝަން ސެންޓަރަށް އަންނަ ފޯން ކޯލްތަކަށް ޖަވާބު ދިނުން.
  7. ޖުވެނައިލް ޑިޓެންޝަން ސެންޓަރަށް ލިބޭ މެއިލް ދުވަހުން ދުވަހަށް ޗެކްކޮށް، ޖަވާބުދީ ބެލެހެއްޓުން.
  8. ޖުވެނައިލް ޑިޓެންޝަން ސެންޓަރަށް ލިބޭ ލިޔެކިޔުންތައް ދުވަހުން ދުވަހަށް އެންޓްރީ ކުރުން
  9. ވަޒީފާގެ މަސްއޫލިއްޔަތުގެ ގޮތުން ދިމާވާކަންކަން ރިޕޯޓްކުރަންޖެހޭ އެންމެހާ ފަރާތްތަކަށް ރިޕޯޓް ކުރުން.
  10. އިދާރީ ގޮތުން ބަލަހައްޓާ އެކިއެކި ލިޔުންތައް ރައްކާތެރިކަމާ އެކު ބެލެހެއްޓުން.
  11. ސޮފްޓްވެއަރއަށް އެންޓަރ ކުރަންޖެހޭ ޑޮކިއުމެންޓްތައް އެންޓަރ ކުރުން
  12. ދިވެހިރާއްޖޭގައި ހަދާފައިވާ ގާނޫނުތަކާއި، މޯލްޑިވްސް ކަރެކްޝަނަލް ސަރވިގެ ގާނޫނުތަކާއި އުސޫލުތަކުގައި ގައިވާ ގޮތަށް ޢަމަލުކުރުން
  13. ހަވާލުކުރެވޭ މަސައްކަތުގެ އިތުރުން ޑައިރެކްޓަރ އޮފް ޕްރިޒަންސް ހަވާލުކުރާ ދިވެހިރާއްޖޭގެ ޤާނޫނުތަކާއި، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ޤަވާއިދުތަކާ ހިލާފުނުވާ ވަޒީފާއާ ގުޅުންހުރި މަސައްކަތް ކުރުން.

ޕްރޮގްރާމްސް

  1. ޕްރިޒަން ޕްރޮގްރާމް ކޮމާންޑަށް ލިބޭ ލިޔެކިޔުންތައް ދުވަހުން ދުވަހަށް އެންޓްރީ ކުރުން
  2. ޕްރިޒަން ޕްރޮގްރާމް ކޮމާންޑުގެ އިދާރީ ގޮތުން ބަލަހައްޓާ އެކިއެކި ލިޔުންތައް ރައްކާތެރިކަމާ އެކު ބެލެހެއްޓުން
  3. ޕްރިޒަން ޕްރޮގްރާމް ކޮމާންޑަށް ލިބޭ މެއިލް ދުވަހުން ދުވަހަށް ޗެކްކޮށް، ޖަވާބުދީ ބެލެހެއްޓުން
  4. ޕްރިޒަން ޕްރޮގްރާމް ކޮމާންޑަށް އަންނަ ފޯން ކޯލްތަކަށް  ޖަވާބު ދިނުން
  5. ވަޒީފާގެ މަސްޢޫލިއްޔަތުގެ ގޮތުން ދިމާވާ  ކަންތައްތައް ރިޕޯޓު ކުރާން ޖެހޭ އެންމެހާ ފަރާތްތަކަށް ރިޕޯޓު ކުރުން
  6. ހަވާލުކުރެވޭ މަސައްކަތުގެ އިތުރުން ޑައިރެކްޓަރ އޮފް ޕްރިޒަންސް ހަވާލުކުރާ ދިވެހިރާއްޖޭގެ ޤާނޫނުތަކާއި، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ޤަވާއިދުތަކާ ހިލާފުނުވާ ވަޒީފާއާ ގުޅުންހުރި މަސައްކަތް ކުރުން.

މަޤާމާއި ގުޅޭ ދާއިރާ:

 - އެޑްމިނިސްޓްރޭޝަން    

މަޤާމުގެ ތަޢުލީމީ ރޮނގުތައް:

- ހިއުމަން ރިސޯސް މެނޭޖްމަންޓް.

- އެޑްމިނިސްޓްރޭޝަން މެނޭޖްމަންޓް.

- ބިޒިނަސް މެނޭޖްމަންޓް

މީހުން ހޮވުމުގައި އިސްކަން ދެވޭ ކަންތައްތައް:

  • ތަޢުލީމީ ފެންވަރު.
  • މަސައްކަތާއި ގުޅިގެން ލިބިފައިވާ ތަޖުރިބާ.
  • އިންޓަވިއު މާކްސް.

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ވަޒީފާއަށް އެދޭ ފޯމު (މި ފޯމު މި ސަރވިސްގެ ވެބްސައިޓު www.corrections.gov.mv އިން ޑައުންލޯޑް ކުރެވޭނެއެވެ. އަދި މި ސަރވިސްގެ ކައުންޓަރުންވެސް ލިބެން ހުންނާނެއެވެ.)
  • ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަންއޮތް، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.
  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ސާފު ކޮޕީ

(ހ) މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ

  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު ( ސީވީ ).
  • ސިވިލް ސަރވިސްއަށް / ސަރުކަރާށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މީހަކު ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާ މެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ރަސްމީ ލިޔުމުގެ ސާފު ކޮޕީ.
  • ކުރިން ވަޒީފާ އަދާކޮށްފައިވާ މީހަކުނަމަ ވަޒީފާ އަދާކުރި ތަންތަނުން ދީފައިވާ ލިޔުމުގެ ކޮޕީ.
  • ނެގި ފަހުން ތިން މަސްދުވަސް ހަމަނުވާ އިސްކޮޅު ފެންނަ ފޮޓޯއެއް.
  • އިންޖީނުލީ އުޅަނދު ދުއްވާނަމަ ލައިސަންސްގެ ކޮޕީ.
  • ޕޮލިސް ރިޕޯޓް

ސުންގަޑި:

 

  • މި މަޤާމުތަކަށް އެދޭ ފަރާތްތަކުން ވަޒީފާއަށް އެދޭ ފޯމާއި ވަނަވަރު އަދި ލިޔެކިއުންތަކާ އެކު 2023 ޖުލައި 04 ވާ އަންގާރަ ދުވަހުގެ 15:00 ނިޔަލަށް  [email protected] އަށް އީމެޢިލް ކޮށްދެއްވުން އެދެމެވެ. ނުވަތަ މ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ހެޑް އޮފީސް (ރޭޑިއޯ ބިލްޑިން) ގެ ކައުންޓަރަށް ފޯމް ހުށައެޅުއްވުން އެދެމެވެ.
  • ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަ ނުކޮށް ހުށަހަޅާ ފޯމާއި ޝަރުޠު ހަމަނުވާ ފަރާތްތަކުން ހުށަހަޅުއްވާ ފޯމުތައް ބާޠިލް ކުރެވޭނެ ވާހަކަ ދަންނަވަމެވެ.
  • ·         ހުށަހަޅުއްވާފައިވާ ލިޔެކިއުންތައް ސައްޙަ ނޫންކަމަށް ސާބިތުވެއްޖެނަމަ ފޯމް ބާޠިލް ކުރެވޭނެ ވާހަކަ ދަންނަވަމެވެ.
  • ވަޒީފާއަށްއެދޭ ފޯމާއެކު ހުށަހަޅާ ލިޔުންތަކުގެ އަސްލު އިންޓަވިއުއަށް ހާޒިރުވާއިރު ގެންނަންވާނެ އެވެ.

އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު:

  • މިމަގާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން، މި އިޢުލާނުގެ މުއްދަތު ހަމަވާ ތާރީޚުން ފެށިގެން ރަސްމީ 10 ދުވަހުގެ ތެރޭގައި އެންގޭނެއެވެ.

ޝޯޓް ލިސްޓްކުރުން:

  • މި ވަޒީފާއަށް އެދި ހުށައަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.
  • މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކުރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތައަކީ %50 (ފަންސާސް އިންސައްތަ) އެވެ.

އިތުރު މަޢުލޫމާތު ސާފުކުރުމަށް:

 

  •  މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 3026114 ނަންބަރު ފޯނަށް، ނުވަތަ 9112451 ނަންބަރު ފޯނަށެވެ.

(ފޯމާއެކު ހުށަހަޅުއްވާ ހުރިހާ ލިޔެކިއުންތައް ހުންނަންވާނީ ފޯމާއެކު ހީރަސްޖަހާ ސަފުހާ ނަންބަރު ޖަހާފައެވެ.)

 

 

 

 

 

 

 

                                          

18 ޖޫން 2023
ހޯދާ