މާޅޮސްމަޑުލު އުތުރުބުރީ އަނގޮޅިތީމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުޑަކުދިންގެ ޕާކް ހެދުމަށް ބޭނުންވާތަކެތި ހޯދުމަށް

          ރ. އަނގޮޅިތީމު ކުޑަކުދިންގެ ޕާކު ހެދުމަށް މި އިޢުލާނާއި އެޓޭޗުކުރެވިފައިވާ ތާވަލްގައި ހިމެނޭތަކެތި މި އިދާރާއިން ގަތުމަށް ބޭނުންވެއެވެ.

         މިކަމަށް ކުރިމަތިލެވޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަމްބަރު 2014/18) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކާއި، އަމިއްލަ ފަރުދުންގެ ޤާނޫނު (ޤާނޫނު ނަމްބަރު 2014/19) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

         ވީމާ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން މިޢުލާނާއެކު މިއިދާރާއިން ފޯރުކޮށްދީފައިވާ މަޢުލޫމާތާއި އެއްގޮތަށް އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ.

އަންދާސީ ހިސާބު ހުށައެޅުން:

        އަންދާސީ ހިސާބު، 2023 ޖުލައި 04 ވާ އަންގާރަދުވަހުގެ 14:00 ގެ ކުރިން [email protected] އަށް މެއިލް ކޮށްދެއްވުން އެދެމެވެ.

މަސައްކަތް ހަވާލުކުރުމުގައި ބެލޭނެ މިންގަނޑުތައް.

  • އަގު %95
  • މަސައްކަތުގެ މުއްދަތު

(މިކަމާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ހޯދެއްވުމަށް މިއިދާރާގެ ނަންބަރު 6580071 ފޯނަށް ގުޅުއްވުމަށް ދަންނަވަމެވެ. ނުވަތަ [email protected]  އަށް މެއިލް ކުރެއްވުމަށް ދަންނަވަމެވެ.)

          ވީމާ، މިކަން  އާއްމުކޮށް އެންގުމަށްޓަކައި  އިޢުލާން ކުރީމެވެ.              

18 ޖޫން 2023
ހޯދާ