ހައްދުންމަތީ އިސްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހައްދުންމަތީ އިސްދޫ ކައުންސިލުން ރައްޔިތުންނަށް މަޢުލޫމާތު ދިނުމަށް ބާއްވާ ބައްދަލުވުންތަކާއި، ރައްޔިތުންނާއި މަޝްވަރާކުރުމަށް ބާއްވާ ބައްދަލުވުންތަކާއި، ރައްޔިތުންގެ ފަރާތުން އެދިގެން ރައްޔިތުންނާއި އެކު ބާއްވާ ބައްދަލުވުންތަކުގައި ޢަމަލުކުރާނެގޮތުގެ އުޞޫލް

 

ތަޢާރަފް

1

(ހ)

މިއީ ޤާނޫނު ނަންބަރު: 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 107 ވަނަ މާއްދާގައިވާ މަޤްޞަދުތައް ޙާޞިލުކުރުމަށް އެކުލަވާލާފައިވާ އުސޫލެކެވެ.

ނަން

2

(ހ)

މިއުޞޫލަށް ކިޔާނީ،" ހައްދުންމަތީ އިސްދޫ ކައުންސިލުން ރައްޔިތުންނަށް މަޢުލޫމާތު ދިނުމަށް ބާއްވާ ބައްދަލުވުންތަކާއި، ރައްޔިތުންނާއި މަޝްވަރާކުރުމަށް ބާއްވާ ބައްދަލުވުންތަކާއި، ރައްޔިތުންގެ ފަރާތުން އެދިގެން ރައްޔިތުންނާއި އެކު، ބާއްވާ ބައްދަލުވުންތަކުގައި ޢަމަލުކުރާނެގޮތުގެ އުޞޫލް" އެވެ.

ޢަމަލުކުރަން ފަށާ ތާރީޚް

3

(ހ)

މި އުސޫލަށް ޢަމަލުކުރަން ފަށާނީ، މި އުޞޫލް ކައުންސިލުން ފާސްކުރާ ދުވަހުން ފެށިގެންނެވެ.

ކުރީގައި ހިނގާފައިވާ ކަންކަމަށް މި އުސޫލް ހިންގުން

4

(ހ)

މި އުސޫލަށް ޢަމަލުކުރަން ފެށުމުގެ ކުރިން، ހިނގާފައިވާ ކަންކަމުގެ މައްޗަށް، މި އުސޫލެއް ނުހިނގާނެއެވެ. ނަމަވެސް މި އުސޫލަށް ޢަމަލު ކުރަން ފެށުމަށްފަހު، މި އުސޫލުގައި ވަކިކަމެއް ލާޒިމްކޮށްފައިވާނަމަ، އެކަމެއް މި އުސޫލުގެ ދަށުން ހިނގާނެއެވެ.

ބައްދަލުވުން ބާއްވާނެ ތަން ކަނޑައެޅުން

5

(ހ)

ކައުންސިލްގެ އިސްނެގުމަށް ރައްޔިތުންނާއިއެކު ބާއްވާ ބައްދަލުވުންތަކާއި، ރައްޔިތުންގެ ފަރާތުން އެދިގެން ބާއްވާ ބައްދަލުވުންތައްވެސް އިންތިޒާމްކޮށްދޭނީ، ކައުންސިލުންނެވެ.

(ށ)

މިގޮތަށް ބާއްވާ ބައްދަލުވުން އިންތިޒާމު ކުރުމުގައި އަންނަނިވި ކަންކަން ކައުންސިލުން ކުރަންވާނެއެވެ.

(ނ)

ބައްދަލުވުމަށް އަންނަ މީހުންނަށް އިށީންދެގެން ތިބެވޭނެ އިންތިޒާމް ހަމަޖެއްސުން.

(ރ)

ބައްދަލުވުމުގެ ބައިވެރިންނަށް ފަސޭހައިން އެތަނަށް ވަދެ ނިކުމެވޭނެ ގޮތް އިންތިޒާމުވެފައި އޮތުން.

(ބ)

ބައްދަލުވުމުގެ ރިޔާސަތު ބެލެހެއްޓުން.

(ޅ)

ބައްދަލުވުމުގެ އިދާރީ ކަންކަން ބަލަހައްޓައި ޔައުމިއްޔާ ލިޔެ ބެލެހެއްޓުން.

(ކ)

ބައްދަލުވުން 1 ގަޑި އިރަށްވުރެ އިތުރަށް ކުރިޔަށް ގެންދަންޖެހޭ ޙާލަތެއް މެދުވެރިވާނަމަ، 15 މިނިޓްގެ ހުސްވަގުތުކޮޅެއް ދީ ބައްދަލުވުން މެދުކަނޑާލުން އަދި އަލުން ފަށަން އިޢުލާންކުރި ގަޑީގައި ބައްދަލުވުން ފެށުން.

ރައްޔިތުންގެ ބައްދަލުވުން ބޭއްވުމަށް އިޢުލާންކުރުން

6

(ހ)

ރަށުގެ ރައްޔިތުންނާއި ގުޅުންހުންނަ މުޙިއްމު ނިންމުންތައް ނިންމުމުގައި، ކައުންސިލުން ރައްޔިތުންނާއިއެކު، ބާއްވާ ބައްދަލުވުންތަކުގައި ބައިވެރިވުމަށް އެދި، ކައުންސިލްގެ ފޭސްބުކު ޕޭޖްއާއި، ކައުންސިލްގެ ރަސްމީ ވައިބާ ގުރޫޕްގައި އެ ބައްދަލުވުން އޮންނަ ތަނާއި، ތާރީޚާއި، ގަޑިއާއި، ބައްދަލުވުމުގެ އެޖެންޑާ އިޢުލާން ކުރުމުގެ އިތުރަށް، ރަށުގެ މީހުން ދިރިއުޅޭ ގެތަކަށް ފޮނުވާ ބައްދަލުވުމުގެ ނޯޓިސް ފޮނުވަން ވާނެއެވެ.

ބައްދަލުވުމުގެ ޙާޟިރީއާއި، ކޯރަމް

7

 

(ހ)

ކައުންސިލުން ރައްޔިތުންނާއިއެކު، ބާއްވާ ބައްދަލުވުންތަކުގައި ބައިވެރިވުމަށް އެދި، ކައުންސިލްގެ ފޭސްބުކު ޕޭޖްއާއި، ކައުންސިލްގެ ރަސްމީ ވައިބާ ގުރޫޕްގައި އެ ބައްދަލުވުން އޮންނަ ތަނާއި، ތާރީޚާއި، ގަޑިއާއި، ބައްދަލުވުމުގެ އެޖެންޑާ އިޢުލާން ކުރުމުގެ އިތުރަށް ރަށުގެ މީހުން ދިރިއުޅޭ ގެތަކަށް ފޮނުވާ ބައްދަލުވުމުގެ ނޯޓިސް ފޮނުވުމުން، އެ ބައްދަލުވުމަކަށް ޙާޟިރުވާ ރައްޔިތުންނަކީ، ބައްދަލުވުމުގެ ކޯރަމްގެ ގޮތުގައި ކަނޑައަޅައި، ބައްދަލުވުން ފަށާވަގުތު ބައްދަލުވުމަށް ޙާޟިރުވި ރައްޔިތުންގެ ޢަދަދު ރިޔާސަތުން ޢާއްމު ކުރަން ވާނެއެވެ.

ވޯޓަށް އެހުން

8

(ހ)

ބައްދަލުވުމުގައި ޢާއްމު ރައްޔިތުންގެ ޚިޔާލުހޯދައި، ވޯޓަށް އަހަންޖެހޭފަދަ ކަމެއް އެޖެންޑާ ކޮށްފައިވާނަމަ، އެކަމެއްގައި ވޯޓަށް އެހުމުގެ ކުރިން ވޯޓުގެ ކަންތައް ކުރިޔަށް ގެންދަން ޤަސްދުކުރާގޮތް ރިޔާސަތުން އިޢުލާން ކުރަން ވާނެއެވެ. އަދި

(ށ)

ވޯޓަށް އަހަންޖެހޭ ކަމެއް އެޖެންޑާކޮށްފައިވާނަމަ، ވޯޓަށް އެހުމުގެ ކުރިން ވޯޓު ލާނީ ސިއްރު ވޯޓެއް ގޮތުގައިތޯ ނުވަތަ އަތް އުފުލައިގެންތޯ ބެލުމަށް ބައްދަލުވުމުގެ ބައިވެރިންގެ މެދުގައި އަތް އުފުލައިގެން ނަގާ ވޯޓަކުން ކަނޑައަޅަން ވާނެއެވެ.

(ނ)

މިގޮތަށް ނަގާ ވޯޓުން ފާސްވާ ގޮތަކަށް، އެބައްދަލުވުމުގައި ވޯޓުނެގުމުގައި ޢަމަލުކުރަން ވާނެއެވެ.

(ރ)

އަދި ފާސްވި ގޮތް އެއީ ރަށުގެ މުޅި ރައްޔިތުންގެ ނިންމުމެއްގެ ގޮތުގައި ކަނޑައަޅައި، އެ ބައްދަލުވުމުގަ އެކަން އިޢުލާން ކުރަން ވާނެއެވެ.

މާނަކުރުން:

 

(ހ)

ކައުންސިލް: މިއުސޫލުގައި ވަކިތަނެއްގައި، ވަކިގޮތަކަށް ބަޔާންކުރެވިފައި ނުވާނަމަ، ކައުންސިލްގެ މާނައަކީ، "ހައްދުންމަތީ އިސްދޫ ކައުންސިލް އެވެ".

(ށ)

ރައްޔިތުން: މިއުސޫލުގައި ވަކިތަނެއްގައި، ވަކިގޮތަކަށް ބަޔާންކުރެވިފައި ނުވާނަމަ، "ރައްޔިތުން" ކަމަށް ބަޔާންކޮށްފައިއެވަނީ، ރަށުގެ ރައްވެހިންގެ ދަފްތަރުގައި ހިމަނާފައިވާ މީހުންގެ ތެރެއިން މީލާދީ ގޮތުން ޢުމުރުން 18 އަހަރު ފުރިފައިވާ މީހުންނަށެވެ.

(ނ)

ބައްދަލުވުން" މިއުސޫލުގައި ވަކިތަނެއްގައި، ވަކިގޮތަކަށް ބަޔާންކުރެވިފައި ނުވާނަމަ، "ބައްދަލުވުން" ކަމަށް ބަޔާންކޮށްފައި އެވަނީ، ޤާނޫނު ނަންބަރު: 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 107 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ، ރައްޔިތުންގެ އެންމެހައި ބައްދަލުވުންތައް ހިމެނޭގޮތަށެވެ.

 

08 ޖޫން 2023
ހޯދާ