އަރިއަތޮޅު އުތުރުބުރީ ހިމަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފަގީރުންނާއި މިސްކީނުންގެ ދަފްތަރު އެކުލަވާލުން

1444 ވަނަ އަހަރުގެ މިނިސްޓްރީން އެކުލަވާލާފައިވާ ފަޤީރުންނާއި މިސްކީނުންގެ ދަފްތަރު އަތޮޅު ތެރެއިން އަލަށް ރަޖިސްޓްރީވުމަށް އެދޭ ފަރާތްތަކަށް ފޯމް ހުށައެޅުމުގެ ފުރުސަތު 15 ޖޫން 2023 އިން 22 ޖޫން 2023 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލެވިފައެވެ. ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓްރީ ވުމަށް އެދި ހުށައަޅާ ފޯމު 15 ޖޫން އިން ފެށިގެން  ހިމަންދޫ ކައުންސިލްގެ އިދާރާއިން އަދި ކައުންސިލްގެ ވެބްސައިޓްއިން ލިބެންހުންނާނެއެވެ.

ވީމާ، ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވާން އެދޭ ފަރާތްތަކުން 15 ޖޫން 2023 އިން 22 ޖޫން 2023 ވަނަ ދުވަހުގެ ނިޔަލަށް ފޯމް ހިމަންދޫ ކައުންސިލްގެ އިދާރާއަށް ހުށައެޅުމަށް ދަންނަވަމެވެ.

މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

15 ޖޫން 2022މ.

25 ޛުލްޤައިދާ 1444ހ.

  

15 ޖޫން 2023
ހޯދާ