ކ.އަތޮޅު މަދަރުސާ
ދިވެހިރާއްޖެ
ލީޑިންގ ޓީޗަރކަމުގެ މަސްއޫލިއްޔަތު އަދާކުރާނެ ފަރާތެއް ހޯދުން

  ލީޑިންގ ޓީޗަރކަމުގެ މަސްއޫލިއްޔަތު އަދާކުރާނެ ފަރާތެއް ހޯދުން

މި މަދަރުސާގެ ތިރީގައިމިވާ މަސްއޫލިއްޔަތު އަދާކުރާނެ ފަރާތެއް ހޯދުމަށް އިޢުލާނު ކުރަމެވެ.

މަޤާމު:

ލީޑިންގ ޓީޗަރ 

ބޭނުންވާ އަދަދު:

6

 

ބޭނުންވާ ދާއިރާތައް:

ބަލަހައްޓަންޖެހޭ ގްރޭޑުތައް

އަދަދު

ގްރޭޑް 1،2

1

ގްރޭޑް 3،4

1

ގްރޭޑް 5،6

1

ގްރޭޑް 7،8

1

ގްރޭޑް 10

1

ފައުންޑޭޝަން ސްޓޭޖް އަދި ގްރޭޑް 9

1

 

މީގެ އިތުރުން ހަވާލުކުރެވޭ މައްދާތައް ކޯޑިނޭޓްކުރުން

 

މަޤާމުގެ ގިންތި:

ވަގުތީ

 ހަވާލު ކުރެވޭ މުއްދަތު:

4 އަހަރު

 އެޑަޑް ރެސްޕޮންސިބިލިޓީ އެލަވަންސް ދެވޭނެ މިންވަރު:

ޓެނުއަރޝިޕް އެލަވަންސް -/2000 (ދެހާސް ރުފިޔާ)

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ކ. އަތޮޅު މަދަރުސާ، ކ. ކާށިދޫ

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. މިނިސްޓްރީގެ ސިޔާސަތުތައް ސްކޫލްގައި ތަންފީޒު ކުރުމަށް ޕްރިންސިޕަލަށް އެހީތެރިވެދިނުން.
  2. ޕްރިންސިޕަލް ނެތް ޙާލަތެއްގައި، އެބޭފުޅުންގެ މަސައްކަތް ނުވަތަ މަސައްކަތުން ބައެއް ހަވާލު ކުރެވިއްޖެނަމަ، އެ މަސައްކަތް ކުރުން.
  3. ކިޔަވައިދެމުންދަނީ ގައުމީ މަންހަޖުގައި ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ޙާސިލްވާގޮތަށްތޯ ބަލައި ކިޔަވައި ދިނުން ތަރައްޤީ ކުރުމަށް ޓީޗަރުންނަށް އިރުޝާދު ދިނުން.
  4. ހަވާލުކުރެވޭ ޑިޕާޓްމަންޓުގެ ކޯޑިނޭޝަން މީޓިންތައް ޕްރިންސިޕަލްގެ ލަފައާއި އެއްގޮތަށް ރާވައި ކުރިއަށް ގެންދިއުން.
  5. ޓީޗަރުން ތައްޔާރުކުރާ ލެސަން ޕްލޭންތަކަކީ ގައުމީ މަންހަޖުގައި ކަނޑައަޅާފައިވާ ލަނޑުދަނޑިތައްކަން ކަށަވަރު ކުރުމުގެ ގޮތުން ބަލަންޖެހޭ ކަންކަން ބެލުމާއެކު ޓީޗަރުންނަށް އެހީތެރިވެދިނުން.
  6. ދަރިވަރުންގެ ނަތީޖާ ރަނގަޅު ކުރުމަށް ދަރިވަރުންގެ އެސަސްމަންޓުތަކުގެ އެނަލަސިސް ހަދައި ޓީޗަރުންނަށް ދޭންޖެހޭ އިރުޝާދު ދިނުން.
  7. ސްކޫލްގެ މާހައުލަކީ ދަރިވަރުންނަށް ރައްކާތެރިކަމާއި އަމާންކަން ލިބިގެންވާ މާހައުލެއްކަން ކަށަވަރުކުރުން.
  8. ދަރިވަރުންނަށް ތަޢުލީމީ ލަނޑުދަނޑިތައް ޙާސިލްވަމުންދާކަމާއި، ދަރިވަރުންގެ ކިބައިގައި ދީނީ، އަދި ރަނގަޅު އަޙްލާޤީ އާދަތައް ހަރުލެއްވެމުންދާކަން ކަށަވަރުކުރުން.
  9. ވަކިވަކި މާއްދާތަކުން ދަރިވަރުން ޙާސިލްކުރާ މިންވަރާއި ކުރިއެރުމުގެ ރެކޯޑްތައް ބެލެހެއްޓުން.
  10. ދަރިވަރުންގެ ކިޔެވުމާއި އަޙްލާޤަށް ހެޔޮ ބަދަލުތައް ގެނައުމަށް ބޭނުންވާ ކަންކަން ދެނެގަނެ އެކަންކަން ޓީޗަރުންނާއި ބެލެނިވެރިން އަދި ސްކޫލްގެ ވެރިންގެ ސަމާލުކަމަށް ގެނައުމާއި، އެކަންކަމާ ގުޅޭގޮތުން އަޅަންޖެހޭ ފިޔަވަޅުތަކާއި ހިންގަންޖެހޭ ޕްރޮގްރާމްތައް ވިލަރެސްކޮށް ހިންގުން.
  11. ދަރިވަރުންގެ ކުރިއެރުމާއި ބެހޭގޮތުން ބެލެނިވެރިންނާއި، ސްކޫލްގެ ވެރިންނާއި ތަޢުލީމީ ދާއިރާގެ ފަރާތްތަކަށް ބޭނުންވާނެ މައުލޫމާތު ހިއްސާކުރުން.
  12. ކުލާހާއި ކުލާހުން ބޭރުގައި ހިންގާ، ކިޔަވައިދިނުމާއި ގުޅުންހުރި ކަންތައްތައް ހިންގުމުގައި ސްކޫލަށް އެހީތެރިވެ އެއްބާރުލުން ދިނުން.
  13. ރިލީފް ގަޑި ނެގުން.
  14. ސްކޫލްގައި ހިންގާ ވިލަރެސް ހަރަކާތްތައް ވިލަރެސްކުރުން.
  15. ކިޔަވައިދިނުމާއި ގުޅޭގޮތުން އިތުރު މުއްސަނދިކަމެއް (ރިސޯސް) ބޭނުންވާ ޙާލަތުގައި ސްކޫލުގެ ވެރިންގެ ލަފަޔާއި އިރުޝާދުގެ މަތިން އެފަދަ ކަންތައްތައް ކޯޑިނޭޓްކުރުން.
  16. ސްކޫލްގެ ފަރާތުން އިންތިޒާމުކުރާ ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ޙަރަކާތްތަކުގައި ބައިވެރިވުން.
  17. މުދައްރިސުންގެ ފަންނީ ޤާބިލްކަން އިތުރުކުރުމަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަނާއި ދާއިރާގެ މުއައްސަސާތަކުން ބާއްވާ ހަރަކާތްތަކުގައި ބައިވެރިވުމަށް ލިބޭ ފުރުސަތުތަކުގައި ބައިވެރިވުން.
  18. ތައުލީމީ ދާއިރާ ހަރުދަނާ ކުރުމަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ކުރާ މަސައްކަތްތަކުގައި ބައިވެރިވެ، އެއްބާރުލުން ދިނުން.
  19. ކޮންޓެކްޓް ގަޑީގެ ގޮތުގައި މަދުވެގެން ހަފްތާއަކު 35 މިނިޓްގެ 6 ގަޑި، ނުވަތަ 45 މިނިޓްގެ 5 ގަޑި ނަގައި ޓީޗަރެއްގެ މަސްއޫލިޔަތު އަދާކުރުން.
  20. ހަވާލު ކުރެވޭ ގްރޭޑްތަކުގެ ދަރިވަރުންގެ އަޚުލާގާއި ސުލޫކީ މައްސަލަތައް ހައްލުކުރުމަށް މަސައްކަތް ކުރުން، ދަރިވަރުންގެ ހާޒިރީތައް ބެލެހެއްޓުން، އެސަމްބުލީތައް އިންތިޒާމް ކުރެވިފައިވާގޮތަށް ކުރިއަށް ގެންދިއުން.
  21. ބަލަހައްޓަން ހަވާލުކުރެވޭ ރެކޯޑްސްތައް ( ލެސަން އޮބްޒަވޭޝަން، ކޯޑިނޭޝަން މީޓިން ރެކޯރޑްސް، ދަރިވަރުންގެ ހާޒިރީ، އަޚްލާގީ މައްސަލަ ތަކުގެ ރެކޯޑް) ކަނޑައެޅިފައިވާ ފޯމެޓްގައި ގަވައިދުން އަދާހަމަކުރުމަން ދިއުން.
  22. ސްކޫލްގައި ކުރިއަށްގެންދެވޭ އެކިއެކި ޙާއްސަ ހަރަކާތްތަކުގައި ސްކޫލްގެ އިސްވެރިން އަންގާވާ ގޮތުގެ މަތިން ފަރުވާތެރިކަމާއެކު ހަވާލުކުރެވޭ ކަންކަން ނިންމުން.
  23. އިސްވެދިޔަ ކަންތައްތަކުގެ އިތުރަށް ޚާއްސަ ގޮތެއްގައި އަދި ކުއްލި ގޮތެއްގައި ހަވާލު ކުރެވޭ އަވަސް ކަންތައްތަކުގައި އިސްވެރިން އަންގަވާ ގޮތެއްގެމަތިން ފަރުވާތެރިކަމާއެކު ބަރާބަރަށް ޢަމަލުކުރުން.

މަޤާމުގެ ޝަރުޠުތައް:

ޓީޗަރެއްގެ ދާއިމީ މަގާމުގައި ހުރި އަދި "ސްކޫލް ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑު" ގައި ބަޔާންކުރާ ޝަރުތު ހަމަވުމާއެކު، ޓީޗަރެއްގެ މަޤާމުގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

 

1. ލީޑިންގ ޓީޗަރުންގެ ޒިންމާ ހަވާލުކުރުމަށް ކުރެވޭ އިޢުލާނަށް އިޖާބަދީ، މަޤާމަށް ކުރިމަތިލުމަށް އެދި އިދާރާއަށް ހުށަހަޅާ އެޕްލިކޭޝަން ފޯރމް.

2. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓު ތަކުގެ ކޮޕީ.

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު / ލެވަލް ކަނޑައަޅާފައިވާ، ރާއްޖޭން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓުތަކާއި ޓްރާސްކްރިޕްޓުގެ ކޮޕީ، ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

(ށ) މަތީ ތަޢުލީމު ދޭ، ރާއްޖޭގެ މަރުކަޒުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާސްކްރިޕްޓުގެ ކޮޕީ، ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމުގެ ކޮޕީ.

  3. ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީން ސެޓްފިކެޓްތަކުގެ ކޮޕީ.

  4. ސިވިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓްފިކެޓުގެ ކޮޕީ.

  5. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ)ދައުލަތުގެ މުއައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްޢޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންނެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާއަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާ ކުރި މުއްދަތާއި، ވަޒީފާގެ މަސްޢޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯރމް.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 21 ޖޫން 2023 ގެ 14:00 ގެ ކުރިން، ކ.އަތޮޅު މަދަރުސާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ޝޯޓްލިސްޓުކުރުން:

 

މި އިޢުލާނަށް ކުރިމަތިލުމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކުސް ލިބޭފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި އެސެސްމަންޓް އޮންނާނީ، 02 ޖުލައި 2023 އާއި 06 ޖުލައި 2023 އާ ދެމެދު، ކ.އަތޮޅު މަދަރުސާގައެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6640036 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

15 ޖޫން 2023
ހޯދާ