އަރިއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
"އދ. ލޮނުބޮއި" އަށް ދަތުރު ދިއުމާގުޅޭ

އިޢުލާން

"އދ. ލޮނުބޮއި" އަށް ދަތުރު ދިއުމާގުޅޭ

 

މިއަތޮޅު ރައްޔިތުންނަށް ދަތުރު ދިޔުމަށް ޚާއްޞަކޮށްގެން އދ. ލޮނުބޮއި ވަނީ ހުޅުވާލެވިފައެވެ.

  • ދަތުރުދިއުމަށް ޚާއްސަ ކުރެވިފައިވާ ދުވަސްތައް: ހުކުރު، ހޮނިހިރު (ސްކޫލް ޗުއްޓީގައި އާދީއްތަ ދުވަސް ހިމަނައިގެން)
  • ރަށުގައި މަޑުކުރެވޭނެ ވަގުތު: ހެނދުނު 6:00 އާއި ހަވީރު 6:00 އާއި ދެމެދު
  • ދުވާލަކު ހުއްދަދެވޭ މީހުންގެ ޖުމްލަ ޢަދަދު: 50 (ކުޑަކުދިންނާއި، ބޮޑެތިމީހުން ހިމަނައިގެން)
  • ދަތުރުދާން ބޭނުންވާފަރާތްތަކުން ތިރީގައިވާ ލިންކް ނުވަތަ ކިޔު،އާރު،ކޯޑް މެދުވެރިކޮށް އެހަފްތާއެއްގެ ބުދަދުވަހުގެ 8.00 އިން ބުރާސްފަތި ދުވަހުގެ ހެނދުނު 11:00 އަށް ރަޖިސްޓްރީ ކުރުން،
  • ދަތުރު ދިއުމަށް ފުރުސަތު ދެވޭނީ ރަޖިސްޓްރީ ކުރާ ފަރާތްތަކުގެ ތަރުތީބުން.
  • އަތޮޅު ރައްޔިތުންނަށް ދަތުރު ދިއުމަށް ޚާއްސަކުރެވިފައިވާ ވަގުތުތަކުގައި ޓޫރިސްޓުންނާއި، ޓޫރިސްޓް ރިސޯރޓް ތަކަށް ދަތުރު ދިޔުމުގެ ހުއްދަ ނުދެވޭނެއެވެ.
  • ދަތުރު ދިޔުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލު މި އިޢުލާނާއެކު ޢާއްމު ކޮށްފައި،

ވީމާ، ލޮނުބޮއި އަށް ދަތުރުދިޔުމަށް ބޭނުންވާ ފަރާތްތަކުން އިޢުލާނުގައިވާ ގޮތުގެ މަތިން ރަޖިސްޓްރީވެ ޖާގަ ހަމަޖެހިފައިވާކަން ޔަގީން ކުރެއްވުމަށްފަހު ދަތުރު ފެށުން އެދެމެވެ.     

       

https://bit.ly/Lonubo

 

13 ޖޫން 2023
ހޯދާ