މިލަދުންމަޑުލު އުތުރުބުރީ ކަނޑިތީމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފަޤީރުންނާއި ، މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީ ކުރުން

 

މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން އެކުލަވާލައިފައިވާ ފަޤީރުންނާއި ، މިސްކީނުންގެ ދަފްތަރުގައި އަތޮޅުތެރެއިން އަލަށް ރަޖިސްޓްރީ ވުމަށް އެދޭ ފަރާތްތަކަށް ފަޤީރުންނާއި، މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީ ވުމަށް އެދޭ ފޯމް 12 ޖޫން 2023 އިން 22 ޖޫން 2023 އަށް ހުށައެޅުމުގެ ފުރުޞަތު  ހުޅުވާލަމެވެ .

ވީމާ،ފިޠުރު ޒަކާތާއި،މުދަލުޒަކާތް ލިބިގަތުމަށް ފަޤީރުންގެ ގޮތުގައި އަލަށް ރަޖިސްޓަރީވުމަށް އެދޭ ފަރާތްތަކުންނާއި ،މިހާރު ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ޙާލަތު ބަދަލުވެފައިވާ ފަރާތްތަކުން ފަޤީރުންނާއި، މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވުމަށް ފޯމް  ފުރިހަމަ ކުރައްވާ 22  ޖޫން 2023 ވަނަ ދުވަހުގެ  13.00   ގެ ކުރިން މިއިދާރާއަށް ފޯމް ހުށައެޅުމަށް ދަންނަވަމެވެ .

12 ޖޫން 2023 ވާ ހޯމަ ދުވަހުންފެށިގެން މި އިދާރާގެ ކައުންޓަރުން ފޯމް ދޫކުރަމުން ދާނެވާހަކަ ދަންވަވަމެވެ .

                   ވީމާ ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

 

22 ޛުލްޤައިދާ 1444

12 - 06 - 2023  

12 ޖޫން 2023
ހޯދާ