ފާދިއްޕޮޅު ނައިފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޅނައިފަރު މަސްމާރުކޭޓު ގޮޅިތަކުގައި ޤަވާޢިދާ ޚިލާފަށް ބަހައްޓާފައިވާ ތަކެތި ނެގުން

ޅ.ނައިފަރު މަސްމާރުކޭޓު ގޮޅި ތަކުގައި ޤަވާޢިދާ ޚިލާފަށް ބަހައްޓާފައިވާ ތަކެތި ނަގަން ބޭނުން ވެއެވެ. ވީމާ، މި ތަކެތި 18 ޖޫން 2023 ދުވަހުގެ 12:00ގެ ކުރިން ނެންގެވުމަށް ދަންނަވަމެވެ. މުއްދަތު ހަމަވާއިރު ތަކެތި ނަންގަވައިފައިނުވާނަމަ ކައުންސިލުން އެތަކެތި ނަގާ ނައްތާލެވޭނެވާހަކަވެސް ދެންނެވީމެވެ.

މިތަކެތި ކައުންސިލުން ނަގާނަމަ، އެއްވެސް އެއްޗެއް ދޫކުރެވޭނީ ތަކެތި ނެގުމަށް ކައުންސިލުން ކުރި ޚަރަދު ދެއްކުމުންނެވެ. ތަކެތި ބޭނުންވާ ފަރާތްތަކަށް ތަކެތި ދޫކުރެވޭނީ އެތަކެތީގެ ވެރިފަރާތްކަން ލިޔުމަކުން އެއްބަސްވުމަށްފަހުގައެވެ.

12 ޖޫން 2023
ހޯދާ